އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ބިޖްނޫރު ޑިސްޓްރިކްޓްގައި އަލަށް ތާރު އެޅި މަގު އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ތާރުގަނޑުގައި ކާއްޓަކުން ޖެހުމުން ވަރަށް ބޮޑަށް ރެނދުލައި، މަގުގައި ބާނޑެއް ހެދިއްޖެއެވެ.

މިކަން ހިނގާފައިވަނީ ބީޖޭޕީގެ އެމްއެލްއޭ ސުޗީ ޗައުދަރީގެ ހާޒިރުގައެވެ. އެ މަގު ހެދުމަށް ސަރުކާރުން 1،16،3800 ރުޕީސް(2.4 މިލިއަން ރުފިޔާ)ގެ ފައިސާގެ އެހީއެއް ދިނެވެ.

މިކަން ހިނގުމުން އެމްއެލްއޭ ރުޅިގަދަވެ، މަގުގެ މަސައްކަތް ކުރި މުވައްޒަފުން އިމާރާތް ކުރުމުގައި ފެންވަރު ދަށް ސާމާނު ބޭނުން ކުރި ކަމަށް ތުހުމަތު ކުރެއްވި އެވެ.

މި ހާދިސާއަށްފަހު ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރުމުން އަވަށުގެ މެޖިސްޓްރޭޓް ވަނީ އެ މަގުގެ މަސައްކަތް ބަލަން އަމުރުކޮށްފައެވެ. 700 މީޓަރުގެ މި މަގުގެ މަސައްކަތް ނިންމާލާފައިވަނީ ވަރަށް ފަރުވާކުޑަކޮށް ކަމަށް ބުނެ އެތައް ބައެއްގެ ކަންބޮޑުވުން ސަރުކާރަށް ވަނީ އަމާޒުކޮށްފައެވެ.

”އަޅުގަނޑު އެތަނަށް ގޮސް ކާއްޓެއް ތަޅާލަން މަސައްކަތް ކުރުމުން އެ ކާށި ނުފެޅުނު. އޭގެ ބަދަލުގައި މަގުގެ ބައިތައް އައީ،" ހިންދުސްތާން ޓައިމްސްނޫހުން ދިން އިންޓަވިއުއެއްގައި ޗައުދަރީ ވިދާޅުވިއެވެ.

އޭނާގެ ފިރިކަލުން މައުސަމް ޗައުދަރީ ވެސް މަގު ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެން އެތަނުގައި ހުންނެވި އިރު، އަލަށް ހެދި މަގުގައި ކާށި ޖެހުމާއި އެކު ތާރުގަނޑުގައި ލޯވަޅެއް ހެދި ކައިރި ހަލާކުވާން ފެށިއެވެ.

އިރިގޭޝަން ޑިވިޝަންގެ އެގްޒެކެޓިވް އިންޖިނިއަރވިކާސް އަގަރްވާލް ވިދާޅުވީ، މަގުގެ މަސައްކަތް ތަހުލީލުކުރުމަށް މަގުން ސާމްޕަލެއް މިހާރު ނަގާފައިވާ ކަމަށެވެ.

ބިޖްނޫރު ޑިސްޓްރިކްޓްގެ އޮފިސަރު އުމޭޝް ކުމާރު އެކުލަވާލި ޓީމަކުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަންނި

    ތިލަ މާލެ ބުރިޖް ކިހާވަރަކުން ދާނެބާ؟؟؟

    43
    1
    • މަމެން

      ޙުޅުމާލޭ ފޭސް2 ގައި މިހާރު އަލައް ހަދާ މަގުތައް ހަދަނީ އިންޑިއާގެ ކުންފުންޔަކުން،
      އަދި މިތާގައޮތް އިންޑިއާ ސަރުކާރުން ރައްރަށުގެ މަގުތައްވެސް ހަދަނީ ހަމަ ތިޔަ ފެންވަރައް.
      އިންޑިއާގެ އަވަށެއް ވިއްޔާ މިތަނަކީ ކީއްތަ ކުރާނީ.

  2. Anonymous

    ތިލަމާލެ ބުރިޖު ދާނީ ވަޔަށް ބުރައިގެން ކަންނޭނގެ ހަހަހަހހހ..

    20
  3. އަހުމަދު

    ތިމީހުން ލައްވާވިއްޔަ މި އިންޑިޔާ ޕަޕެޓް ސަރުކާރުން ތިލަ މާލެ ބުރިޖް އަޅަން އެއުޅެނީ...

    19
  4. ކޮއްޔާ

    އިންޑިޔާގެ ފެންވަރު // ދިވެހީންނަށް އަޅާދޭ ބްރިޖްވާނީ ކިހިނެތްބާ ! ޢިންޑިޔާ އައުޓް //

    7
    1