މިޔަންމާގެ މަދަނީ ސަރުކާރުގެ އިސްވެރިޔަކަށް ހުއްޓާ މަގާމުން ދުރުކޮށް، ހައްޔަރުކޮށްފައިވާ އަންސަން ސޫކީ ހަތަރު އަހަރު ދުވަހަށް ޖަލަށް ލާން މިއަދު މިޔަންމާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ސޫކީ މިޔަންމާގެ ވެރިކަމުގެ ބާރުތައް ހިއްސާ ކުރެވޭފަދަ މަގާމަކަށް އައީވެސް ސިޔާސީ ބަންދުތަކުގައި އެތައް ދުވަހެއް ހޭދަކުރުމަށް ފަހުއެވެ. ޑިމޮކްރަސީ ހޯދަން އެތައް ގުރުބާނީއެއްވި އަދި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމުގައި ނަމޫނާއެއްގެ ގޮތުގައި ބެލެވުނު ސޫކީއަށް ވެރިކަމުގެ ބާރުތައް ލިބުމުން ހާއްސަކޮށް މުސްލިމުންގެ ހައްގުގައި އެއްވެސް މަސައްކަތެއް ނުކުރުމުން އިންސާނީ ހައްގުތަކަށް ގޮވާލާ މީހުންގެ ކުރިމަތީގައި އޭނާގެ އަގުވަނީ ވެއްޓިފައެވެ.

ސޫކީގެ މައްޗަށް މިއަދު ސާބިތުވި ކޮވިޑް-19 އިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅާފައި ވަނިކޮށް އެފިޔަވަޅުތަކާއި ހިލާފުވުމުގެ ކުށެވެ. މިއީ މިއަހަރުގެ ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހު ސިފައިން ގެނައި ބަޣާވާތައް ފަހު ސޫކީގެ މައްޗަށް ސާބިތުވި ފުރަތަމަ ކުށެވެ.

ސޫކީގެ މައްޗަށް އަދިވެސް ގިނަ ދައުވާތަކެއް އުފުލާފައިވެއެވެ. އޭގެތެރޭގައި ކޮވިޑް ޕްރޮޓޮކޯލްތަކާއި ހިލާފުވުމުގެ ދައުވާތަކުގެ އިތުރުން މިޔަންމާގެ ސިއްރުތަކާއި ބެހޭ ގާނޫނާއި ހިލާފުވުމުގެ ދައުވާ ވެސް ހިމެނެއެވެ. އޭނާގެ މައްޗަށް މިހާރު އުފުލާފައިވާ ދައުވާތައް ސާބުތުވެއްޖެނަމަ 100 އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.

އުމުރުން 76 އަހަރުގެ ސޫކީ ގެންދަނީ އޭނާގެ މައްޗަށް ކުރަމުންދާ ހުރިހާ ތުހުމަތުތަކެއް ވެސް ދޮގު ކުރަމުން ކަމަށް ގާނޫނީ ވަކީލުން މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ. ބަޣާވާތައް ފަހު ސޫކީ އަށް އަދި ނޫސްވެރިންނާއި ބައްދަލު ކުރެވިފައެއް ނުވެއެވެ.

މިޔަންމާ އަށް ގެނައި ބަޣާވާތާއި ދެކޮޅު ހެދުމުގެ ގޮތުން އެގައުމުގައި އަދިވެސް މުޒާހަރާތައް ކުރިއަށް އެބަގެންދެއެވެ. ސިފައިން ގެންދަނީ މުޒާހަރާތަކުގެ ބައިވެރިންނާއި ދެކޮޅަށް ބަޑި ވެސް ޖަހަމުންނެވެ.

މިޔަންމާގެ މައްސަލަތަކަށް ހައްލެއް ގެނައުމަށް ބައިނަލްއަޤުވާމީ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތުގައި މިހާތަނަށް އެއްވެސް ކާމިޔާބެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފަސްފަހެތިން ފަޑައި

    ހެހެހެހެހެހެހެ.ވަރަށް އުފާވެރި ހަބަރެއް.

    27
    2
  2. ރަބަރޭ

    ތިޔަ އަންސަންސޫކިީ އަކީ މުސްލިމުންގެ ލޭބޯ އެއްޗެއް އަބަދުގެ އަބަދަށް ތިޔަކަލޭގެ ޖަލުގައި ބާއްވާ

    6
    1
  3. Anonymous

    الحمدلله
    ހިންގި ލާއިންސާނީ ޢަމަލުތަކާއި ބަލާފައި ކުޑަ އަދަބެއް

    16
    1
  4. ރާއިފް

    އުފާވެރި ހުކުމެއް. އެހެން ހުކުމްތައްވެސް ޖަހާލާ އަދި

    17
    1
  5. ބިން މުހައްމަދު

    ރަނގަޅު...މީމޮޅުވާހަކަދައްކައިގެން ދުނިޔެއަށް ހަގީގަތް އޮޅުވާލާ މީހެއް. ދިވެހިންގެތެރޭ މިވައްތަރަކީ އަންނި އާ އެމްޑީޕީ. އުމުރަށް ގޮޅިޔަށް ލާންވީ.

    16
    3
  6. މާލެ

    މިއީ ރޮހިންގާ މުސްލިމުންނަށް އަނިޔާކުރިއިރު ވެރިއަކަށް ހުރި ދައިތަ

    16
    1
  7. ހ

    ބެސްޓް

    8
    1