މިޔަންމާގެ ވެރިރަށް ޔަންގޮންގައި ބަޣާވާތާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި އެ ގައުމުގެ ސަލާމަތީ ބާރުތަކުން ވެހިކަލަކުން ޖައްސައި އެތައް ބަޔަކު މަރާލައިފިއެވެ.

މި ހާދިސާގައި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު އާދީއްތަ ދުވަހުގެ މި މުޒާހަރާއަކީ މިޔަންމާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ޔަންގޮންގައި ބޭއްވި މަދުވެގެން ތިން އެއްވުންތަކުގެ ތެރެއިން އެއް މުޒާހަރާއެވެ. ބަޣާވާތަށްފަހު އިދިކޮޅު ފަރާތްތަކާއި ދެކޮޅަށް އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގައި މިހާތަނަށް 1300 އަށްވުރެ ގިނަ މީހުން މަރުވެފައިވީނަމަވެސް، މުޒާހަރާތައް އަދިވެސް ދަނީ ކުރިޔަށެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އަސްކަރީ ވެހިކަލެއް މަގުމަތިން ބާރަށް ދުއްވާ، މުޒާހަރާގެ ބައިވެރިންގެ ގައިގައި ތަޅައި، މީހުން ދުރައްޖައްސާ ފޮނުވާމަންޒަރު ފެނެއެވެ.

މިޔަންމާގެ ރިޕޯޓްތަކުން ބުނެފައިވަނީ، މިޔަންމާ ނައުއިން މަދުވެގެން 5 މީހުން މަރުވެ، އިތުރު 15 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. މަންޒަރު ދުށް މީހުން ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނީ އިތުރު އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ.

"އެމީހުން މުޒާހަރާގެ ބައިވެރިންނާ ކައިރިއަށް ދިއުމުން ސްޕީޑް އިތުރުކުރި - އެއީ އެމީހުން އެމީހުންގެ ތެރެއަށް ދުއްވައިގަތް ކަހަލަ ކަމެއް،" ސަލާމަތީ ސަބަބުތަކަށްޓަކައި އޭނާގެ ނަން ދިނުމަށް ދެކޮޅު ހަދަމުން އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދިން ނޫސްވެރިޔަކު ބުންޏެވެ.

”އަންގް ސަން ސޫޗީއަށް ތާއީދުކޮށް ބެނަރތައް ހިފައިގެން ތިބި ބައެއް މީހުން، އަނެއްބަޔަކު އެތަނުން ފިލަން ދުވާތީ، ބިންމައްޗަށް ވައްޓާލާ، ބައެއް މީހުން ޒަޚަމްކޮށް، ދެން އަސްކަރިއްޔާއިން ކާރުން ފުންމާލައި ގެން ގޮސް ބަޑިޖަހަން ފެށި،" އޭނާ އިތުރަށް ބުންޏެވެ.

އާދީއްތަ ދުވަހު އަސްކަރިއްޔާގެ ބަހެއް ހޯދުމަށް ކުރި ކޯލްތަކަށް އަސްކަރިއްޔާގެ ތަރުޖަމާނަކު ޖަވާބެއް ނުދޭކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރެއެވެ. ހެނދުނުގެ ތަޅާފޮޅުންތަކާ އެކު ވެސް ޔަންގޮންގައި އިތުރު މުޒާހަރާއެއް މެންދުރު ފަހު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ބަޣާވާތަށްފަހު އުތުރާއި އިރުމަތީގެ ދުރު ހިސާބުތަކުގައި ނަސްލީ މައިނޯރިޓީ ހަނގުރާމަވެރިންނާ އެކު ކުރާ ހަނގުރާމަތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އޭގެ ސަބަބުން އެތައް ހާސް އާއްމުން ގެދޮރު ދޫކޮށް ހިޖުރަކޮށްފައިވާ ކަމަށް އދ.ގެ އަންދާޒާތަކުން ދައްކަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މިޔަންމާގެ އަންގް ސަން ސޫޗީ ގެ މައްސަލަ ހައްލު ކުރަން
    ރަތް ރޮނގު ރައީސް ފޮނުވުމަށް ގޮވާލަން.

    6
    1
  2. ކައުންސެލަރު

    މުސްލިމުންނަށް ހެދިގޮތް ހިތަށް އަރާތަ މިހާރު؟