މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ ކޮވިޑް-19ގެ އާ ވައްތަރުކަމަށްވާ "އޮމިކްރޮން" ނޭޕާލުންވެސް ފެނިއްޖެއެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނީ އެ ގައުމުން އާ ވޭރިއެންޓްގެ ދެ ވޭދަނަ ފެނިފައިވާ ކަމަށެވެ.

އެއީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެ ގައުމަށް އެތެރެވި އުމުރުން 66 އަހަރުގެ އެހެން ގއުމަކަށް ނިސްބަތްވާ ފިރިހެނަކާއި، އޭނާއާ ގާތުން އެއްތާވި އުމުރުން 71 އަހަރުގެ މީހެެއް ކަމަށެވެ.

އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއްކަން ހާމަކޮށްފައެއް ނުވެއެވެ.

"ދެ މީހުންވެސް ވަނީ އެކަހެރިކޮށްފައި، ދެ މީހުންނަށްވެސް ސިއްހީ ގޮތުން ދޭން ޖެހޭ ފަރުވާ ދަނީ ދެމުން"

އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނީ، އެ މީހުންނާއި ގާތުން އެއްތާވި 66 މީހަކު މިހާތަނަށް ފެނިފައިވާއިރު، އިތުރު މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެެވެ.