ޣައްޒާ-އިސްރާއީލު ވަކިކުރާ އިމުގައި ބޮޑު ފާރެއް ރާނައި ނިމިފައިވާކަމަށް އިސްރާއީލުގެ ދިފާއީ ވުޒާރާގެ އިސް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

1.1 ބިލިއަން ޑޮލަރުގެ މި މަޝްރޫއު ނިންމަން ތިން އަހަރު ޔަހޫދީން ހޭދަކުރިއެވެ. މި ފާރު ރާނަން ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ. މި މަޝްރޫއުގެ ދަށުން ފާރުގެ ބައެއް ބައިތައް ރާނާއި ބާކީހުރި ބައިތަކުގައި ދަގަނޑުދާ ޖަހައި ކެމެރާއާއި ރާޑަރު ހަރުކޮށް ބިންގަރާސް ކޮނެ ބިމު އަޑީގައި ސެންސަރު ހަރުކޮށްފައިވެއެވެ.

އަދި އުސްމިނުގައި 20 ފޫޓު ހުންނަ މި ފާރުގައި ޔަހޫދީންވަނީ ރިމޯޓު ބޭނުންކޮށްގެން ހަމަލާދެވޭނެ ހަތިޔާރުތައްވެސް ހަރުކޮށްފައެވެ. އެތައް ސަތޭކަ ކެމެރާއާއި ރާޑަރާއި އެހެނިހެން ސެންސަރުތައް ހިމެނޭ މި ފާރުގެ ދިގުމިނުގައި 65 ކިލޯމީޓަރު ހުރެއެވެ. އިސްރާއިލުގެ ދިފާއީ ވުޒާރާއިން ބުނީ އެ ފާރު ރޭނުމަށް 140،000 ޓަނުގެ ދަގަނޑު ބޭނުންކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ބިމުއަޑީގައި ހުރި ފާރުގެ ފުންމިން މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

Israel completes construction of Gaza wall – Middle East Monitor

އިސްރާއީލުގެ ދިފާއީ ވަޒީރު ބެނީ ގަންޓްޒް ވިދާޅުވީ، މި ކޮންކްރީޓް ފާރުގެ މަސައްކަތަކީ އީޖާދީ އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މަޝްރޫއެއް ކަމަށެވެ. އަދި އެއީ ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން ޔަހޫދީންނާއި ދެކޮޅަށް ހަމަލާދިނުމަށް އެޅުުނު ހުރަހެއްކަމަށް ވިދާޅުވިއެވެ.

ޣައްޒާ ވަށައިގެން ވަރުގަދަ ފާރެއް ނޭރުމަށް އިސްރާއިލުން ނިންމާފައިވަނީ ހަމާސް ޖަމާއަތާއި ދެކޮޅަށް 2014ވަނަ އަހަރުގެ ތެރޭގައި ކުރި ހަނގުރާމައިގައި އެ ޖަމާޢަތުގެ މުޖާހިދުން ބިންގަރާސް ކޮނެގެން އިސްރާއީލުގެ ފައުޖުތަކާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަން

    އިސްރާއީލުގެ ދިފާއީ ވަޒީރު ބެނީ ގަންޓްޒް ވިދާޅުވީއޭ އެކަހަލަ ހަޔާތް ކުދަ މީހުން ބުނާނީ
    ވިދާޅުވާނީ މާތް މީހުން

    14
    2
  2. ހަވާސާ އިބޫ

    އިސްރާއީލުވަށާ ފާރުލިޔަސް ޔަހޫދީން ބަލިކުރާ ދުވަހު ތިޔަ ފާރުޔވެސް ބުނާނެ ޔަހޫދީން ތިބިތަންތަން އިންޝާﷲ އެދުވަސް ވަރަށްގާތް!

    19
    1