އެމެރިކާ އާއި އިސްރާއިލުން ގުޅިގެން އަސްކަރީ ހަރަކާތެއް ފަށައިފިނަމަ ނަތީޖާ ވަރަށް ހިތިވެދާނެ ކަމުގެ އިންޒާރު އިރާނުން ދީފިއެވެ.

އިރާނުން މި އިންޒާރު ދީފައިވަނީ ޑިޕްލޮމެސީ ފެއިލްވެއްޖެނަމަ އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ޙަމަލާދިނުމަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާއާއި އިސްރާއީލުން އަސްކަރީ ޑްރިލްތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާކަމަށް ރިޕޯޓު ލިބުމާއި ގުޅިގެންނެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން އިއްޔެ ނެރުނު ކުރު ރިޕޯޓެއްގައި އަސްކަރީ އޮފިޝަލަކާ ހަވާލާދީ ބުނެފައި ވަނީ، "އީރާނުގެ މިސައިލްތައް ޓެސްޓު ކުރާނެ ފުރުސަތެއް ދީފިނަމަ އިދިކޮޅު ފަރާތްތަކަށް އެކަމުގެ ނަތީޖާ ވަރަށް ހިތިވެ، ބޮޑު އަގެއް ދައްކަން ޖެހިދާނެ،" ކަމަށެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 8 ވަނަ ދުވަހު އީރާނުގެ އައިން އަލް އަސަދު ބޭސްއަށް ދިން ބެލިސްޓިކް މިސައިލް ޙަމަލާއާއި، އެމެރިކާގެ ސަތޭކައަށްވުރެ ގިނަ ސިފައިންނަށް ލިބުނު ހަމަލާގެ ވާހަކަ ވެސް އޮފިޝަލުން ފާހަގަ ކުރައްވާފައިވެއެވެ. އިތުރަށް އޭނާ ވިދާޅުވީ, އީރާނަށް ހަމަލާދޭން ތައްޔާރަށް ސިފައިން ތިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު މީޑިއާއަށް ދިން އިންޓަވިއުއެއްގައި އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ މަޝްވަރާތައް ނާކާމިޔާބުވެ އެންމެ ގޯސް ހާލަތަކަށް ދާ ދަނޑިވަޅެއްގައި އީރާނުގެ ނިއުކްލިއާ ވަސީލަތްތައް ނައްތާލަން ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޯކާ1

    އީރާން އަކާ.ނުކުޅޭނެ //

    13
    2
  2. ރަބަރޭ

    އިޒުރޭލު އަތުގައި ރައްކާކޮށްފައި ހުރި ނިއުކްލިއަރ ހަތިޔާރު ތައް ނަންތާލަބަލަ އެވާހަކަ ނުދައްކާ ކޮންވާހަކައެއް ދައްކާކަށް ދުނިޔޭގެ މީޑިޔާ