22:15

ޚުލާޞާ:

މިދިޔަ މަހުގެ 23 ވަނަ ދުވަހު، ތައިލެންޑުގެ އުތުރުގައި ހުންނަ ތަމް ލުއާންގ ހޮހޮޅައިގައި ތާށިވި ފުޓުބޯޅަ ޓީމުގެ 12 ކުދިންނާއި ކޯޗު، މިއަދުވަނީ ސަލާމަތްކޮށްފައި. އެތައް ދުވަހެއްގެ ތައްޔާރީއަށް ފަހު، އޮޕަރޭޝަން ރަސްމީކޮށް ފެށީ އާދީއްތަ ދުވަހު. އެދުވަހު ހަތަރު ކުދިން ސަލާމަތްކޮށް، އިއްޔެވެސް ވަނީ ހަތަރު ކުދިން ސަލާމަތްކޮށްފައި. އޭގެފަހުން، މިއަދުވަނީ ހަތަރު ކުދިންނާއި ކޯޗު ސަލާމަތްކޮށްފައި. ސަލާމަތްކުރި ފަރާތްތައް މިހާރު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން. މި މަސައްކަތުގައި ގިނަ ޤައުމުތަކެއްގެ ޑައިވަރުން ބައިވެރިވި.

17:44

ޓީމުގެ މެންބަރުން ހޮހޮޅައިން ނެރެ ސަލާމަތްކޮށްފައިވީނަމަވެސް، ތައި ނޭވީ ސީލްގެ ތިން ޑައިވަރުންނާއި ޑޮކްޓަރު އަދި ހުރީ ހޮހޮޅައިގައިކަމަށް މައުލޫމާތު ލިބޭ.

17:41

ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވި ފަރާތްތައް މިހާރު ދަނީ ހޮހޮޅަ ސަރަޙައްދުގައި އުފާ ފާޅު ކުރަމުން

17:23

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު،

17:22

ހޮހޮޅައިގައި ތާށިވި ކުދިންނަށާއި އެކުދިން ސަލާމަތްކޮށްދިން މީހުން، މެންޗެސްޓަރ ޔުނައިޓެޑުގެ ދަނޑަށް ޒިޔާރަތްކުރުމަށް، އެޓީމުން ދައުވަތު ދީފި

17:17

ދެންމެ ސަލާމަތްކުރި ކުއްޖާއަށާއި ކޯޗަށް އަދި ފަރުވާ ދެމުން ދަނީ ވަގުތީ ހޮސްޕިޓަލުގައި

17:13

އޮޕަރޭޝަނަށްފަހު، ޑައިވަރުންވެސް ވަނީ މިހާރު ހޮހޮޅައިން ނިކުމެފައިކަމަށް މައުލޫމާތު ލިބޭ

17:10

16:57

ޓީމުގެ ކޯޗުވެސް ހޮހޮޅަތެރެއިން ސަލާމަތްކޮށްފި

16:53

ހޮހޮޅައިން 12 ކުދިން ސަލާމަތްކުރެވިފައިވީނަމަވެސް، އަދި ކޯޗު ސަލާމަތްކުރެވިފައި ނުވޭ. ކޯޗުގެ އިތުރުން ތައިލެންޑް ނޭވީ ސީލްގެ ޑައިވަރުންނާއި ޑޮކްޓަރަކުވެސް ހޮހޮޅައިގެ ތެރޭގައި އެބަ ހުރި

16:51

ހޮހޮޅައިން 12 ވަނަ ކުއްޖާ ސަލާމަތްކޮށްފި. މިއީ ހޮހޮޅައިގައި ހުރި އެންމެ ފަހު ކުއްޖާ

16:41

ސަލާމަތް ކުރި ކުއްޖަކު ގޮވައިގެން ހެލިކޮޕްޓަރެއް، ހޮސްޕިޓަލަށް ދިއުމަށް ނައްޓާލައިފި. މި މަންޒަރުތައް ތައިލެންޑުގެ ދައުލަތުގެ މީޑިޔާއިން ދައްކާފައިވޭ

16:40

ތަމް ލުއާންގ ހޮހޮޅަ ހުންނަ ސަރަޙައްދަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެދާނެކަމުގެ ބިރުވަނީ ހީވެފައި. މިހާރުވެސް ހޮހޮޅައިން ފެން ހިންދުމަށް ޕަމްޕު ދަނީ ބޭނުންކުރަމުން.

16:36

މިއަދު ސަލާމަތްކުރި ކުދިން، ހޮސްޕިޓަލަށް ގެންދިޔުމަށް ދަނީ ތައްޔާރުވަމުން. މިހާރު ހޮސްޕިޓަލް ސަރަޙައްދުގެ މަގުތައްވަނީ ތައްޔާރީ ޙާލަތަށް ގެނެސްފައި

16:22

ހޮހޮޅަ ހުންނަ ސަރަޙައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ

16:05

އިވާން ކަރަޑްޒިކް، ޑައިވަރ: ދުނިޔޭގެ އެއްވެސް ތަނެއްގައި އަދި އެއްވެސް ކުއްޖަކު، މި ގޮތަށް ޑައިވް ކޮށްފައި ނުވޭ

16:02

އޮޕަރޭޝަނާ ގުޅިގެން މިއަދު ބޭއްވި ނޫސް ކޮންފަރެންސް

15:52

ކުދިން ސަލާމަތްކުރުމުގެ އޮޕަރޭޝަނުގައި 90 ރެސްކިއު ޑައިވަރުން ހަރަކާތްތެރިވޭ. އެއީ ބައިނަލްއަޤުވާމީ 50 ޑައިވަރުންނާއި ތައިލެންޑުގެ 40 ޑައިވަރުން.

15:43

މިއަދު ސަލާމަތްކުރި ތިން ކުދިން ހޮސްޕިޓަލަށް ގެންދިޔަކަމުގެ މައުލޫމާތު އަދި ލިބިފައި ނުވޭ.

15:14

މިއަދުގެ އޮޕަރޭޝަނުގައި، ކުރީ ދެ ދުވަހުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވ ފަރާތްތަކަށް ވުރެ ގިނަ މީހުން ބައިވެރިވާކަމަށް މައުލޫމާތު ލިބޭ.

15:10

ހޮހޮޅަ ހުންނަ ސަރަޙައްދުން، އެމްބިއުލާންސްތައް ސައިރަން އަޅާފައި ދާ މަންޒަރު ފެނިފައިވާކަމަށް މައުލޫމާތު ލިބޭ

15:02

ހޮހޮޅައިން 11 ވަނަ ކުއްޖަކު ސަލާމަތްކުރެވިފައިވާކަމަށް އަލް ޖަޒީރާ އިން ބުނެފި

14:58

ހޮހޮޅައިގައި ބާކީ ތިބި އެންމެންވެސް އެންމެ ނުރައްކާތެރި ހިސާބު މިހާރުވަނީ ހުރަސްކޮށްފައި.

އަލްޖަޒީރާ އިން ބުނާގޮތުގައި އެ ހުރިހާ ފަރާތްތައްވެސް މިހާރު ތިބީ ޗެމްބަރ 3 ގައި. އެތަނުގައި މެޑިކަލް ޕޯސްޓެއް ހުންނަކަމަށް މައުލޫމާތު ލިބޭ.

14:56

މައުލޫމާތު ލިބޭ ގޮތުގައި ދެންމެ ސަލާމަތްކުރި ކުދިންނަށް އަދި ފަރުވާ ދެމުން ދަނީ ހޮހޮޅައިގެ ކައިރީގައި ހުންނަ ވަގުތީ ހޮސްޕިޓަލުގައި.

14:39

ހޮހޮޅަ ތެރެއިން 10 ވަނަ ކުއްޖާ ސަލާމަތްކޮށްފި

14:36

މިއަދު އަދި އެއް ކުއްޖަކު ސަލާމަތްކުރެވިފައިވާއިރު، ކުރިން ލަފާކޮށްފައިވަނީ އެންމެން އެއްކޮށް، އެއް ވަގުތެއްގައި ސަލާމަތް ކުރެވޭނެ ކަމަށް.

14:35

ހޮހޮޅައިން އެއް ކުއްޖަކު ނެރެވިފައިވާއިރު، އަދި އިތުރު އަށް މީހުން ނެރެޖެހޭ. އެއީ، ތިން ކުދިންނާއި ކޯޗު، ޑޮކްޓަރު އަދި ނޭވީ ސީލްގެ ތިން މީހުން.

14:34

14:22

އިތުރު ކުއްޖަކު ސަލާމަތްވެފައިވާކަމަށް ބައިނަލްއަޤުވާމީ ނޫސްތަކުން ބުނެފައިވިޔަސް، ރަސްމީ ފަރާތަކުން އަދި ކަށަވަރު ނުކޮށްދޭ

14:21

ހޮހޮޅައިން އިތުރު ކުއްޖަކު ސަލާމަތްކޮށްފި. އެހެންކަމުން، ޖުމުލަ ސަލާމަތްކުރެވުނު ކުދިންގެ އަދަދު 9 އަށް އަރައިފި

 

13:49

ކުދިން ސަލާމަތްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ އެމްބިއުލާންސެއް

13:24

ހޮހޮޅައިގެ އިތުރު މައުލޫމާތެއް އަދި، ތައިލެންޑުގެ ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވޭ.

12:46

12:14

މިހާރު ހޮހޮޅަތެރޭގައި ތިބި ހަތަރު ކުދިންނާއި ކޯޗުގެ ޞިއްޙީ ޙާލަތު ވަރަށް ދަށްކަމަށް މައުލޫމާތު ލިބޭ. އެފަރާތްތަކާ އެކު ހޮހޮޅައިގައި ޑޮކްޓަރެއް ދަނީ ހަރަކާތްތެރިވަމުން.

12:09

މައުލޫމާތު ލިބިފައިވާ ގޮތުގައި ވައިލްް ބޯރ ފުޓުބޯޅަ ޓީމުގައި ހިމެނޭ އުމުރުން އެންމެ ހަގު ކުއްޖާ އަދި ސަލާމަތް ނުކުރޭ. އޭނާގެ އުމުރަކީ 11 އަހަރު

11:52

11:43

ކުރީ ދެ ދުވަހުގެ އޮޕަރޭޝަނަށް ނެގި ވަގުތަށްވުރެ، މިއަދުގެ އޮޕަރޭޝަނަށް ނަގާ ވަގުތު ގިނަ ވާނެކަމަށް، ތައިލެންޑުގެ ނޭވީ ސީލް އިން ބުނެފި

11:29

ކުދިން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޓީމެއް

11:19

 

11:08

ހޮހޮޅައިން ސަލާމަތްކުރި ކުދިންނަށް ފަރުވާ ދެމުންދާ ހޮސްޕިޓަލްގެ ބޭރު

10:55

ހޮހޮޅައިގައި ތިބި ކުދިންގެ ތެރެއިން އެންމެ ފުރަތަމަ ހަތަރު ކުދިންނާ ބައްދަލުކުރުމުގެ ފުރުޞަތު، އެކުދިންގެ އާއިލާތަކަށް ދީފި.

އެހެންނަމަވެސް، އެކުދިންނާ އާއިލާތަކަށް ބައްދަލުކުރެވިފައިވަނީ ބިއްލޫރިގަނޑެއްގެ ދެ ފަރާތުގައި ތިބެގެން. މި ފިޔަވަޅު އަޅާފައިވަނީ އަދި އެކުދިންގެ ފަރާތުން އެއްވެސް ބައްޔެއް ފެތުރުނަ ނުދިނުމަށް.

10:32

ތަމް ލުއަންގ ހޮހޮޅައިގައި ތާށިވެފައި ތިބި ކުދިން ސަލާމަތްކުރުމުގެ ތިންވަނަ ފިޔަވަހި ފަށާފައިވާކަމަށް، އޮޕަރޭޝަންގެ ކޮމާންޑަރ އަދި އެ ސަރަޙައްދުގެ ގަވަރުނަރު، ނަރޮންސަކް އޮސޮޓަނަކޯން ވިދާޅުވެއްޖެ. އޭނާ މިހެން ވިދާޅުވެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި

10:23

ބާކީ ތިބި ހަތަރު ކުދިންނާއި ކޯޗު ސަލާމަތްކުރުމަށް ޑައިވަރުން ހޮހޮޅަ ތެރެއަށް ވަދެފައިވާއިރު، ވަރަށް ބޯކޮށް ވާރޭ ވެހެމުންދާކަމަށް ޚަބަރު ލިބޭ

10:02

ރޮއިޓަރސް: ޝިއަންގ ރާއީ ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި ސަލާމަތްކުރި ހުރިހާ ކުދިންގެ ހާލުވެސް ރަނގަޅު. އެކުދިން ދަނީ ވާހަކަ ދައްކަމުން އަދި ނަފްސާނީ ގޮތުންވެސް ދުޅަހެޔޮ.

އެހެންނަމަވެސް، އެއް ކުއްޖެއްހެ ފުއްޕާމޭގައި އިންފެކްޝަން އުފެދިފައިވާއިރު އެހެން ކުއްޖެއްގެ ހިތުގެ ވިންދު ވަރަށް ދަށް، އެކަމަކު އެކުދިންގެ ހާލުވެސް އަންނަނީ ރަނގަޅުވަމުން

09:30

ހޮހޮޅައިގައި ބާކީ ތިބި ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ފަށައިފި.

00:11

ހޮހޮޅައިން ސަލާމަތްކުރި ކުރި އަށް ކުދިންނަށް އަދިވެސް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގައި. އެކުދިންނަށް ފަރުވާ ދެނީ ހޮސްޕިޓަލުގެ ޚާއްޞަ ބައެއްގައިކަމަށް މައުލޫމާތު ލިބޭ.

00:05

ތައިލެންޑުގެ ބޮޑުވަޒީރު، ތާށިވި ކުދިންގެ އާއިލާތަކާ ބައްދަލުކުރައްވަނީ

00:03

ހޮހޮޅައިގައި ތާށިވެފައިވާ ކުދިންގެ އާއިލާތަކާ، ތައިލެންޑުގެ ބޮޑުވަޒީރު، ޕްރަޔުތު ޗަން-އޮ-ޗާ ބައްދަލުކުރައްވައިފި. މި ބައްދަލުކުރެއްވުން އޮތީ ރޭ، ހޮހޮޅަ ހުންނަ ސަރަޙައްދުގައިކަމަށް، އެޤައުމުގެ ބޮޑުވަޒީރުގެ އޮފީހުން ބުނޭ.

މިހާރު ސަލާމަތްކުރެވިފައިވާ ކުދިންނާވެސް، ބޮޑުވަޒީރު ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައި.

ތައިލެންޑުގެ އުތުރުގެ ސަރަޙައްދެއްގައި ހުންނަ ތަމް ލުއަންގ ހޮހޮޅައިގައި ތާށިވެފައިވާ "ވައިލްޑް ބޯރ" ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާ ކޯޗު ސަލާމަތްކުރުމަށް، އެޤައުމުގެ ކަމާ ބެހޭ ފަރާތްތަކުން، އެހެން ގިނަ ފަރާތްތަކެއްގެ މަދަދާއެކު ފަށާފައިވާ އޮޕަރޭޝަނުގެ ދެ ފިޔަވައްސެއް މިހާރުވަނީ ނިމިފައެވެ.

އޮޕަރޭޝަނުގެ ދެ ފިޔަވައްސެއް ނިމިފައިވާއިރު، ދެ ދުވަހުން، ހޮހޮޅައިގެ ތިބި ކުދިންގެ ތެރެއިން އަށް ކުއްޖަކު ވަނީ ސަލާމަތްކޮށްފައެވެ.

މި ވަރުގަދަ އޮޕަރޭޝަނުގައި އެކި ޤައުމުތަކަށް ނިސްބަތްވާ 90 ޑައިވަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. ހަމައެހެންމެ، މައިދާނުގައި، އަވަސް އަދި އެހެނިހެން އެހީތައް ފޯރުކޮށްދިނުމަށް 1000 މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ކުދިން ސަލާމަތްކުރުމުގެ އޮޕަރޭޝަން ރޭވިފައިވާ ގޮތުން، ކުދިން ތިބި ސަރަޙައްދުން، ހޮހޮޅައިގެ ބޭރަށް ކޮންމެ ކުއްޖަކާއެކުވެސް، ތަޖުރިބާކާރު ދެ ޑައިވަރުން އަންނާނެއެވެ. ޑައިވަރުންނާއެކު މި ކުދިން އަންނައިރު، ކޮންމެ ކުއްޖެއްގެ މޫނުގައިވެސް، މުޅި މޫނު ފޮރުވޭވަރުގެ މާސްކެއް އަޅާފައިވާއިރު، ވައިފުޅިވެސް ގުޅާފައިވެއެވެ.

ހޮހޮޅައިން ނެރުމަށްފަހު، ދެން ކުދިން ގެންދަނީ ހޮހޮޅައިގެ ކައިރީގައި ހުންނަ ވަގުތީ ހޮސްޕިޓަލަކަށެވެ. އެމްބިއުލާންސްގައި އެތަނަށް ގެންދާއިރު، އެއަށްފަހު ހެލިކޮޕްޓަރުގައި ކުދިން ގޮވައިގެން ޝިއަންގ ރާއީ ހޮސްޕިޓަލުގެ ކައިރީގައި ހުންނަ، އަސްކަރީ ވައިގެ ބަނދަރަކަށް ޖައްސައެވެ. އެތަނުން، ހޮސްޕިޓަލާ ހަމައަށް، ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކަކާއެކު ކުދިން ހޮސްޕިޓަލަށް ގެންދަނީ އެމްބިއުލާންސްގައެވެ.

މިއަދުވެސް، ހޮހޮޅައިގައި ތާށިވެފައި ތިބި ކުދިންތަކެއް ސަލާމަތް ކުރާނެކަމަށް ބެލެވެއެވެ. އެވަގުތަކަށް އެތައް ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ާއަލީ

    ލިޔުމުގެ މަުލޫމާތު ނުބައި ރަނގަޅު ގޮތަކީ 2 ދުވަހުން 8ކުދިން

    • ޚަ

      2 ދުަވަހުން 8 ކުދިން ކަމަށް އޮތީވެސް

  2. ހައިދަރު

    ރަގަޅު ދެދުވަހުން 8 ކުދިން ނަމަވެސް ވަގުތުނޫހުން މި ހަބަރު ވަގުތުން ވަގުތަށް ގެނެސް ދޭތީ ވަރަށް ބޮޑަށް އުފާކުރަން

  3. ކޢނޖ

    އަދިވެސް ތަނެއް އޮތިޔާ ބޯމަހާލާތި އިންޒާރަކަށް ބެލުމެއްނެތި

  4. ޔޫސުފް

    ލިޔުމުގައިވެސް އޮތީ ދެ ދުވަހުން 8 ކުދިން ކަމަށް... ރަނގަޅަށް ކިޔާފަ ކޮމެންޓް ކުރައްވާ!

  5. އާމިރު

    ކިހިނެތްވާނެވާ ފަލަސްތީނުގެ ކުދިންގެ މައުލޫމާތު ބުރޭކިންނިއުސްގައި 24 ގަޑިއިރު ގެނެސްދިނުން...

  6. Anonymous

    ކިހިނެއް އަސްލު މި ކުދިން ތިހާ އަޑީގަ އޮތް ހޮހޮޅައަކަށް ވަނީ.. އަދި ތާށި ވި ގޮތުގެ ތަފްސީލެއް ބުނެލަ ދިބާ ޕްލީސް...؟

    • Anonymous

      އެކުދިން އެ ތަން ބަލަން ވެގެން ވެދީ ދެން އެމީހުން ނުކުންނަން އުޅުނުތަނާ ވާރޭ ވެހެން ފެށީ ދެން އެ މީހުންނަށް ނުނުކުމެވުނު

  7. ފާލިހް

    ވަގުތު ނޫހުން ތިކުރާ މަސައްކަތަށް ހަމަ ސާބަސް. އިރުކޮޅަކާ މި ލިންކް ރިފްރެޝް ކޮށްކޮށް މިއިންނަނީ

  8. ޢިއްސާ

    ވަގުތު ބެސްތް

  9. މީހާ

    ޥަގުތު ނޫހައް ޝުކުރިއްޔާ