ބަންގްލަދޭޝްގައި އާއްމުން ދަތުރުކުރާ ތިން ބުރީގެ ބޮޑު ފެރީއެއްގައި އަލިފާން ރޯވެ، 37 މީހަކު ފިހިގެން މަރުވެއްޖެއެވެ.

މިއަދުގެ ފަތިހުގެ ވަގުތެއްގައި މި ހާދިސާ ހިނގާފައިވަނީ ވެރިރަށް ޑާކާގެ ދެކުނުން 250 ކިލޯމީޓަރު ދުރުގައި އޮންނަ ޖަލޮކާޓީ ކައިރިންނެވެ.

"އަޅުގަނޑުމެންނަށް ވަނީ 37 މީހެއްގެ ހަށިގަނޑު ފެނިފައި، މަރުވި މީހުންގެ އަދަދުތައް އިތުރުވެދާނެ ކަމަށް ބެލެވޭ. ގިނަބަޔަކު މަރުވެފައި ވަނީ އަލިފާނު ހާދިސާގައި، މަދު ބަޔަކު މަރުވެފައި ވަނީ ގެނބިގެން އެއީ އެތައް ބަޔަކު ސަލާމަތްވުމަށް ކޯރަށްވެސް ފުންމާލި". ފުލުހުންގެ ޗީފް މުއީނުލް އިސްލާމް އޭއެފްޕީ ނޫހަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ.

އިސްލާމް ވިދާޅުވީ، މި އަލިފާނުގެ ހާދިސާ ފެށިފައި ވަނީ އިންޖީން ރޫމުން ކަމަށް ބެލެވޭއިރު، މުޅި ފެރީއަށް އަލިފާން ފެތުރުނީ ކަމަށެވެ. މި ފެރީގައި ޑާކާއިން މީހުން ގޮވައިގެން އަވަށްތަކަށް ފުރި ފެރީއެކެވެ.

"އަޅުގަނޑުމެން ވަނީ 100 އެއްހާ ފިހިފައިވާ މީހުން ބަރިޝަލްގައި ހުންނަ ހޮސްޕިޓަލްތަކަށް ފޮނުވާފާއި". އޭނާ ވިދާޅުވިއެވެ.

މިހާރު މީސް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެނިގެން ދަނީ އެ ފެރީގައި ވަރަށް ބޮޑަށް ރޯވެފައިވާ ތަނެވެ.

މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން މިފަދަ ހާދިސާތައް ބަންގްލަދޭޝްގައި ހިނގާފައި ވެއެވެ.

ތަޖުރިބާކާރުން ވިދާޅުވަނީ، މިފަދަ ހާދިސާތައް ހިނގަން މެދުވެރިވަނީ މެއިންޓެނެންސް ދަށްވުމުގެ ސަބަބުންނާއި، ޝިޕްޔާޑްތަކުގައި ސޭފްޓީ ސްޓޭންޑަޑްތައް ނުހިފައްޓާތީ އާއި، ތޮއްޖެހުމުގެ ސަބަބުން ކަމަށެވެ. އަދި އާއްމުކޮށް ދިމާވަނީ އަލިފާނުގެ ހާދިސާތައް ކަމަށް ވެއެވެ.

އެގޮތުން މިދިޔަ ޖުލައި މަހު ފުޑް އެންޑް ބެވެރޭޖް ފެކްޓްރީއެއްގައި ރޯވެ 52 މީހަކު މަރުވެފައި ވެއެވެ. އަދި 2019 ވަނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި އެޕާޓްމެންޓްތަކެއްގައި ރޯވެ 70 މީހަކު މަރުވެފައި ވެއެވެ.

އަދި އޮގަސްޓް މަސް ތެރޭގައި ފަސެންޖަރުން އަރުވައިގެން ދަތުރު ކުރި ބޯޓަކާއި ކާގޯ ބޯޓެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި 21 މީހަކު މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ގޯވިންދާ

  ފެރީގައި ރޯވިއިރު ހަސީނާ މިއިނީ ރާއްޖޭގެ ހަސީން ގޮވައިގެން ބޮނޑިބަތްކައިގެން އުފާކުރަން

  3
  3
 2. Anonymous

  ހަސީނާ، ޗުއްޓީ ހޭދަކުރެވެން ނެތޭ، އަވަހަށް ރަށަށްދޭ..

  3
  2
 3. ހައްސަ

  ދެން ރާއްޖެ އަށް ބާއްވާ ފެރީގެ ހާލަތު...