ތައިލެންޑުގެ ހޮހޮޅައިން ސަލާމަތްކުރި ދެ ކުއްޖަކަށް ނިއުމޯނިޔާ ޖެހިފައިވާކަމަށާއި އިތުރު ހަ ކުއްޖަކަށް ހައިޕޮތަރމިއާ ޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ދެ ކުއްޖަކަށް ނިއުމޯޯނިޔާ ޖެހިފައިވާކަން، ބައެއް މަސްދަރުތަކާ ހަވާލާދީ ބައިނަލްއަޤުވާމީ ނޫސްތަކުން ބުނެފައިވާއިރު، މީގެކުރިންވެސް، ނިއުމޯނިޔާގެ އަލާމާތްތަކެއް ފެނުނުކަމަށް ބުނެ، ސަލާމަތް ކުރި ކުދިންތަކަކަށް އެންޓިބަޔޮޓިކް ދީފައިވެއެވެ.

ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އެކުދިންނަށް ބަލި ޖެހިފައިވީކަން، ހާމަވެފައިވަނީ ނެގި އެކްސްރޭ ތަކަކުންނެވެ.

ޞިއްޙީ މާހިރުން ބުނާގޮތުގައި ނިއުމޯނިޔާ އަކީ އިންސާނާގެ ފުއްޕާމޭގައި އިންފެކްޝަން އުފެދުމުގެ ސަބަބުން ޖެހޭ ބައްޔަކެެވެ. ބެކްޓީރިޔާ، ވައިރަސް ނުވަތަ ފަންގީ ގެ ސަބަބުން މި އިންފެކްޝަން ޖެހޭއިރު، އެކަމުގެ ސަބަބުން ފުއްޕާމޭގައި، އަލްވެއޮލީ ނަމަކަށް ކިޔާ ސެކް ތަކެއްގައި އިންފެކްޝަން އުފެއެވެ.. އަލްވެއޮލީގައި އުފެދޭ އިންފެކްޝަންގެ ސަބަބުން ނޭވާލުމަށް ދަތިތަކެއް ކުރިމަތިވާނެކަމަށް ޞިއްޙީ ފަރާތްތަކުން ބުނެއެވެ. އަދި، މިއީ ފަސޭހަކަމާއެކު ގައިންގަޔަށް އަރާ ބައްޔެއްވެސްމެއެވެ.

އެފަރާތްތަކުން ބުނާގޮތުގައި ހައިޕޮތާމިޔާ އަކީ ހަށިގަނޑު ހޫނުކޮށްދޭ މިންވަރަށް ވުރެ އަވަހަށް ހަށިގަނޑުން ހޫނު ބޭރުވާނަމަ، ދިމާވާ ހާލަތެކެވެ. މިކަން ކުރިމަތިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ފިނި ތަންތަނުގައި، އެތަންތަނުގެ ފިނިހޫނުމިނަށް އެކަށީގެން ނުވާ ހެދުން އަޅައިން އުޅުން ހިމެނެއެވެ.

މި ކުދިންގެ ފަރާތުން، އެހެން ބަޔަކަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި، އެކުދިންނަށް ފަރުވާ ދެމުންދާ ޝިއަންގ ރާއީ ހޮސްޕިޓަލުގައިވަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، އެހެން މީހުންނާ ވަކިން ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލުގައި ޚާއްޞަ އިންތިޒާމުތަކެއްވެސް ވަނީ ހަމަޖައްސާފައެވެ. ހަމައެހެންމެ، އެކުދިންނާ، ސީދާކޮށް އެއްވެސް ފަރާތަކާ ބައްދަލުކުރުމުގެ ފުރުޞަތުވެސް ދީފައި ނުވެއެވެ.

މިއަދު ސަލާމަތްކުރި ތިން ކުދިން އަދި ޝިއަންގ ރާއީ ހޮސްޕިޓަލަށް ގެންގޮސްފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ނުޒު

    މިކުދީންނާއި ބެހޭ ތާރީހީ ފިލްމެއް ހެދުން ރަނގަޅު.

    • ޒުނު

      ނަހުލާ މިހާރު ތައްޔާރުވަމުންދަނީ ފިލްމް ހެދުމަށް... ފިލްމުގެ ނަމަކީ " އެ ހޮހޮޅަ 13"

      • ހުސޭނުބޭ

        ހުނހު! 13 ހޮހަޅަ!

      • ޖޮއްބެ

        އުނހު ދަރީނދޫ ލާދީނީ ހޮހޮޅަ.

    • ކައިލީ

      ނޫނޭ.... އެ ހޮއެވަޅު 13..

      • މާރިޔާ

        ނޫނޭ. ގުނަވަންތައް ހޭލާ ހޮހަޅަ.

    • ކަމަނަ

      ތި މީހުންނަށް ކޮން ކަމެއްތަ؟ ހަމަ ނަހުލާއަށް ދޯ ހަމަ އިނގޭނީ އޭނާ ހަދާ ފިލްމަކަށް ކިޔާނެ ނަމެއް.

  2. ޭޑެވިލް

    ކިހާ ބޮޑު ބަޖިޔާއެއް އެއްވެސް ނޫހަކުން ނުބުނޭ ތިހެން .. ކަލޭމެން ޖެއްސި އެއްޗެތަ؟ދޮގު ހަބަރު ނުލިޔެ ލޯތައް ސާފްކޮއްލަބަ

  3. މުކި

    މިއުޅޭ ދީނީ ގަމާރުންގެ ޒަމާނުގައިނަމަ ބުނާނެ އެކުދިން އެހުރީ ހޮހޮޅައިން ޖިންނި އަވަލާފައޭ ނޫނީ ސިހުރު ޖެހިފައޭ. ސައިންސާ ޓެކްނޮލޮޖީއިން އިނގޭނީ ކަންކަމުގެ އަސްލު. ޑެއަތް މައްޗަށް ނަގައިގެންނެއްނޫން

    • ކިޔާ

      އަސްލުވެސްތަ؟؟؟އެކަމަކު ކޮމެންޓުކިޔާލީމަ ދޭހަވަނީ ތިބަސް ރައްދުކުރި ފަރާތްތަކަށްވުރެ ތިބަސްބުނި ފަރާތުގެ ގަމާރުކަމާއި ޖަހިލުކަން ބޮޑުކަން.