އިނގިރޭސިވިލާތިުގެ ރާނީ އެލިޒަބަތު އަވަހާރަކޮށްލާނެ ކަމަށް ބުނެ ތައްޔާރު ކޮށްފައިވާ ވީޑިއޯއެއްގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

އިނގިރޭސި ފުލުހުން އިއްޔެ ވިދާޅުވީ، މި ވީީޑިއޯއަކީ ކްރިސްމަސްއާ ދިމާކޮށް ރާނީ ހުންނެވި ވިންޑްސާ ގަނޑުވަރަށް ގަވާއިދާ ހިލާފަށް ހަތިޔާރާ އެކު ވަތް މީހެއް ތައްޔާރު ކޮށްފައިވާ ވީޑިއޯއެއް ކަމަށެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯއިން ފެންނަނީ ޖަޝްވަންތު ސިންގް ޗެއިލް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހުރީ ކަޅުކުލައިގެ ހޫޑީއެއް ލައިގެން ކްރޮސްބޯއެއް ހިފައިގެންނެވެ. އޭނާ ވަނީ ކެމެރާއަށް ކުރިމަތިލައި، ރާނީއަށް ވަރުގަދަ އިންޒާރެއްގެ މެސެޖު ދީފައެވެ.

ޑިއޯގައި އޭނާގެ އަޑު ބަދަލުކޮށްފައި ވާއިރު، އޭނާ ބުނީ އެއީ އިންޑިއާގެ ސިކް ދަރިކޮޅުގެ މީހެއް ކަމަށެވެ. އަދި ބޭނުން ވަނީ 1919 ވަނަ އަހަރު އިނގިރޭސިވިލާތުން އިންޑިއާ ހިފައިގެން އުޅުނު އިރު ސިކް މީހުންނާ ދެކޮޅަށް ހިންގި ގަތުލުއާއްމުގެ ބަދަލު ހިފަން ކަމަށް ބުންޏެވެ.

"އަހަރެން ކުރި ކަންތަކާއި އަހަރެން ކުރާނެ ކަންތަކަށް މަޢާފަށް އެދެން. ޝާހީ އާއިލާގެ ރާނީ އަވަހާރަކޮށްލަން އަޅުގަނޑު މަސައްކަތް ކުރާނަން. އެއީ 1919 ވަނަ އަހަރު ޖަލްލިއަންވާލާ ބާގް ގައި ހިނގި ބަޑިޖެހުމުގެ ހާދިސާގައި މަރުވި މީހުންގެ ބަދަލު ހިފުމުގެ ގޮތުން،" އޭނާ ބުނެފައިވެއެވެ.

މި ހާދިސާ އާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 19 އަހަރުގެ މީހެކެވެ. އަދި އެމީހާއަށް މިހާރު ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. އިތުރަށް ފުލުހުން ބުނީ، އެ ހާދިސާއާ ގުޅޭ މައުލޫމާތު ޝާހީ އާއިލާގެ މެމްބަރުންނާ ހިއްސާކޮށްފައި ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާައަޙްމަދް

    ރާނީ ރީބްރޭންޑް ކޮއްލީތޯ؟

    1
    1
  2. ާައަޙްމަދް

    ރާނީ ރީބްރޭންޑް ކޮއްލީތޯ؟
    ސަޅި ކުލައެއް!

    2
    1
  3. ދެކޭގޮތް

    އެނެހެން ދެން ސިނަގ ގެ ވިސްނުމާއި ފިކުރު ގޯހެއްނޫން.. އިނގިރޭސިން ކުރީމަ އޯކޭ.. މީހުނަ މެރިޔަސް، އަޅު ވެތިކުރުވިޔަސް، ނުހައްގުން ކިތައްގައުމުގެ ކިތައް އާއިލާ ފަނާކޮށްލީ..

    3
    1