ތައިލެންޑުގެ ހޮހޮޅައެއް ތާށިވި އެންމެން ސަލާމަތްކޮށްފިއެވެ. 12 ވަނަ ކުޅުންތެރިޔާއާއި ކޯޗު ސަލާމަތްކޮށްފައިވަނީ ދެންމެއެވެ.
"ވައިލްޑް ބޯރ" ސޮކަރ ޓީމް، ތައިލެންޑުގެ އުތުރުގެ ޝިއަންގ ރާއީ ސަރަޙައްދުގައި ހުންނަ ތަމް ލުއަންގ ހޮހޮޅައިގައި ތާށިވެފައިވަނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. މައުލޫމާތު ލިބޭ ގޮތުގައި ފުޓުބޯޅަ ޓީމުގެ 12 ކުޅުންތެރިންނާ ކޯޗު، އެތަނަށް ގޮސްފައިވަނީ ހޮހޮޅަތެރެ ބަލާލުމަށެވެ. އެތަނުގައި އެކުދިން ތާށިވެފައިވަނީ ބޯކޮށް ވާރޭވެހި، ހޮހޮޅައިގެ ބޭރުގައި ފެންބޮޑުވުމާ ގުޅިގެންނެވެ.
ފުޓުބޯޅަ ޓީމު ގެއްލިފައިވާކަން އެނގުނު ހިސާބުން ފެށިގެން، ތައިލެންޑްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އެކަމަށް އިޖާބަ ދީފައެވެ. އަދި، ދިރިހުއްޓާ އެމީހުން ސަލާމަތް ކުރެވޭތޯ، ކުރެވެން ހުރި ހުރިހާ މަސައްކަތެއް، އެފަރާތުން ދިޔައީ ކުރަމުންނެވެ.
މިއަދު ހުރިހާ ކުދިންނާއި ކޯޗު ސަލާމަތްކޮށްފައިވާއިރު، ފުރަތަމަ ހަތަރު ކުދިން ސަލާމަތްކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ. ހަމައެހެންމެ، ހޯމަ ދުވަހުވެސް ވަނީ އިތުރު ހަތަރު ކުއްޖަކު ސަލާމަތްކޮށްފައެވެ.
އެތައް ދުވަހަކު އެތައް ގޮތަކުންވެސް މަސައްކަތް ކޮށްގެން، ކުދިން ސަލާމަތް ކުރުމުގެ މަސައްކަތަށް އަލިމަގެއް ނުފެނުނެވެ. އެހެންކަމުގައިވިޔަސް، ކުރެވެން އޮތް ކޮންމެ ގޮތަކަށް އެކަން ކުރުމަށް، ތައިލެންޑުން ދިޔައީ މަސައްކަތް ކުރަމުންނެވެ.
މިކަމުގެ ދަތިތަކެއް ކުރިމަތިވަމުންދާކަން ތައިލެންޑުން ހާމަކުރުމާއެކު، ދުނިޔޭގެ އެތައް ޤައުމަކުން، މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހެޅިއެވެ. ހަމައެހެންމެ، ދުނިޔޭގެ މަޝްހޫރު ވިޔަފާރިވެރިންވެސް، މިކަމުގައި ހިލޭ ސާބަހަށް އެހީތެރިކަން ފޯރުކޮށްދިނެވެ. އެގޮތުން ބަލާއިރު، ޗައިނާ، އެމެރިކާ، އޮސްޓްރޭލިޔާ އަދި އިނގިރޭސިވިލާތުން ވަނީ މަސައްކަތަށް ފަންނީ އަދި އަމަލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި، ސްޕޭސްއެކްސް ކުންފުނީގެ ވެރިޔާ، އީލަން މަސްކް ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި މަސައްކަތުގައި ޖުމުލަ 1000 ޚިދުމަތްތެރިންނާއި 90 ޑައިވަރުން ހަރަކާތްތެރިވެފައިވެއެވެ. 1000 ޚިދުމަތްތެރިންގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ޞިއްޙީ އެހީތެރިން އަދި ތަރުޖަމާނުންނާއި ކައްކާއިން އަދި ޑްރައިވަރުންވެސް ހިމެނެއެވެ.
ހޮހޮޅައިން ކޮންމެ ކުއްޖަކުވެސް ސަލާމަތްކުރެވިފައިވާއިރު، ކޮންމެ ކުއްޖަކުވެސް ފުރަތަމަ ގެންދަނީ ހޮހޮޅައިގެ ބޭރުގައި ހުންނަ ފީލްޑް ހޮސްޕިޓަލަކަށެވެ. ފީލްޑް ހޮސްޕިޓަލުގައި ފުރަތަމަ ބެލުންތައް ބެލުމަށްފަހު، ފުރަތަމަ އެހީ ފޯރުކޮށްދެއެވެ. އެއަށްފަހު ޝިއަންގ ރާއީ ހޮސްޕިޓަލަށް ގެންގޮސް، ފަރުވާގެ ކަންކަން ރަނގަޅަށް ފައްޓައެވެ.
ކޮންމެ ކުއްޖެއްގެވެސް ތަހުލީލުތަކެއް ކުރާއިރު، މިހާރު ބެލި އަށް ކުދިންގެ ތެރެއިން ދެ ކުއްޖަކު ނިއުމޯނިޔާ އަށް ޕޮޒިޓިވް ވެފައިވާކަމަށް މައުލޫމާތު ލިބޭއިރު، ހަ ކުއްޖަކުވަނީ ހައިޕޮތާމިޔާ އަށް ޕޮޒިޓިވް ވެފައެވެ.
މިއީ ދުނިޔޭގެ ތާރީޚުގައިވެސް ކުރިއަށް ގެންގޮސްފައިވާ އެންމެ ނުރައްކާތެރި އެއް ރެސްކިއު އޮޕަރޭޝަނެވެ.
އަލްހަމްދު ލިއްލާހު
ޢަލްހަމްދުލިﷲ
ޢަލްހަމްދުލިﷲ
الحمد لله ތިކަންކުރި މީހުންނަށް ޖަޒާއެއް ގޮތުން އިސްލާމްކަމުގެ ހިދާޔަތް ލިބުން މާތްﷲ ގެ ޙަޟުރަތުގައި އެދި އަޅުގަނޑު ދުޢާކުރަން
އާމީން
ޢާމީން
އާމީން
އަލްޙަމްދުލިﷲ.ދުރާއިގާތުން އެހީތެރިކަން ފޯރުކޮށްދިން ނަމޫނާ ޓީމަށް މަރުހަބާ.
އަލްޙަމްދުﷲ
މި މުހިއްމު މަސައްކަތް ކުރެވެމުނ ދިޔައިރު ވަގުތު ނޫހުން މި ހަބަރު ގެނެސް ދިން ފުރިހަމަ ކަމަށްޓަކައި ޝުކުރުވެރިވަން ސާބަސް ވަގުތު ނޫހުގެ ނޫސްޗެރިންނާ ސްޓަފުން
އަލްހަމްދުﷲ
الحمدلله
الحمدلله ހުރިޓީމުތަކަށް
އަލްހަމްދު ލިއްލާހު
الحمدلله
الحَمْدُ ِلله
އާމީން
އެކަލާނގެއީ ހުރިހާކަމަކައް ވެސް ކުޅަދުން ވަންތަ ރަސްކަލާގެެވެ. އާމީން.
ހިތްމަތާއެކު މަސައްކަތް ކުރެއްވި ހުރިހާޓީމައް ވެސް މަރުހަބާ. ވަރަތްވެސް އިބުރައް. ތެރި ފިލާވަޅެއް. ހެއުދުއާ ކުރަން.
ޢަލްހަމްދުލިﷲ