ޗައިނާގައި 6 އަހަރުގެ ކުޑަކުއްޖަކު ކުޅެނިކޮށް ވެއްޓި އަނގައަށް ފަސް އިންޗުގެ ކަށިގަނޑެއް ވަދެއްޖެއެވެ.

ޗައިނާގެ ނުސްތަކުން ރިޕޯޓު ކުރާ ގޮތުގައި ޒިއާއު ޔޫ ނަމަކަށް ކިޔާާ އެ ކުއްޖާގެ އަނގަޔަށް ވަނީ އޭނާގެ މާމަ ފަހަން ބޭނުން ކުރި ކަށިގަނޑެކެވެ. އެ ހާދިސާ ހިނގައިދިޔަ އިރު އެ ކުއްޖާ ހުރީ އެ ކުއްޖާގެ މާމައާއި ކާފަގެ ބެލުމުގެ ދަށުުގައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެ ހާދިސާ ހިނގީ ޒިއާއު ޔޫ އެ ކަށިގަނޑު ނަގައިގެން އެއާއެކު ދުވަނިކޮށް އަނގަވަތަށް ވެއްޓުމުންނެވެ. އަދި އޭނާ ވެއްޓުނު އިރު ކަށީގައި ހިފާާފައި ހުރި ގޮތުން އެ ކަށުގަނޑު އޭނާގެ އަނގައިގެ ތެރެއިން ބޮލުގެ ނާށިގަނޑު ފޫއަޅުވާލިއެވެ.

ޑޮކްޓަރުން ބުނި ގޮތުގައި އެ ކަށިގަނޑު ވަނީ ޒިއާއު ޔޫގެ ކަރުގެ ތެރެއިން އޭނާގެ ބޮލުގެ ނާށިގަނޑު ފޫއަޅުވާލައި އޭނާގެ މައިބަދައަށް ވަދެފައެވެެ. އެހެން ކަމުން އޭނާގެ ފުރާނައަށް އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ނުރައްކާވިއެވެ.

ޒިއާއު ޔޫގެ ކަރުން އެ ކަށިގަނޑު ނަގާފައި ވަނީ ތިން ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހުއެވެ. އެއީ އެ ހާދިސާ ހިނގިތާ 11 ގަޑިއިރު ފަހުންނެވެ. ކަށިގަނޑު ނަގާފައި ވަނީ އެންޑޯސްކޯޕީގެ އެހީގައެވެ. އަދި ސާޖަރީގައި އޭނާގެ މައިބަދައިގެ ގެއްލުން ވެފައިވާ މެމްބްރޭންއަށްވެސް ވަނީ ފަރުވާ ކޮށްފައެވެ.

މިހާރު ޒިއާއު ޔޫ އަށް ދަނީ ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާގެ މައިބަދައަށް ގެއްލުންވެފައިވާނަމަ ކޮންމެވެސް ކަހަލަ ނުކުޅެދުންތެރިކަމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު