ދެކުނު އެފްރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގައި އަލިފާން ރޯވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކޭޕްޓައުންގައި ހުންނަ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ. އަދިވެސް އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި އިތުރަށް އަނދަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ގާނޫނު ހަދާ މަޖިލީހުގެ ފުރާޅުމަތިން އަލިފާންގަނޑު ފެންނަން އެބަހުއްޓެވެ. ދެކުނު އެފްރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި އަލިފާން ނިއްވުމުގައި އަލިފާން ނިއްވާ ގިނަ އަދަދެއްގެ މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ.