ސުޕެއިންގެ ޝާހީ އާއިލާއަކަށް ބަދުބަސް ބުނިކަމަށް ބުނެ އެގައުމުގެ ރެޕްލަވަ ކިޔާ ލަވަކިޔުންތެރިއެއް ތިން އަހަރާއި 6 މަސް ދުވަހަށް ޖަލަށް ލާން އެގައުމުން ހުކުމްކޮށްފިއެވެ.

ސުޕެއިންގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިއެއް ކަމަށްވާ ވަލްޓޮނީސްގެ މައްޗަށް ސުޕެއިންގެ ސުޕްރީމް ކޯޓުން ނެރެފައިވާ މިހުކުމުގައި ބުނެފައިވަނީ އޭނާ އުފައްދާ މާސްމީޑިޔާގައި އާއްމު ކުރި މިލަވާގައި ޤައުމީ ސަލާމަތަށް ނުރައްކާތެރިވާފަދަ ބަސްތަކާއި، ޝާހީ އާއިލާއަށް ބަދުބަސްބުނެ، މީހުންގެ މެދުގައި ޝާހީ އާއިލާއާމެދު ނަފްރަތް އުފައްދާ، އަދި ޝާހީ އާއިލާއަށް އިންޒާރު ދީފައިވާކަމަށެވެ.

ވަލްޓޮނީސްގެ ދިފާއުގައި އޭނާގެ ލޯޔަރު ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ހުނަރުވެރިންގެ ހުނަރު ބަލައިގަތުގެ ޤާނޫނުން ލިބިދޭ ހައްގުތަކަށް ރިއާޔަތް ކުރުމަށް ސުޕްރީމް ކޯޓުގައި އެދުނުނަމަވެސް އޭނާއަށްވަނީ 3 އަހަރާ 6 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ވަލްޓޮނީސްގެ ލަވައިގައި ހިމަނާފައިވަނީ ޝާހީ ޚާންދާނާ ސައުދީ އަރަބިއްޔާ އާ އޮތީކޮންގުޅުމެއްހޭ ސުވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިނާ

    ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މެކުހަށް ޖަހާފަހުރި އިޔޫރަޕް ގެ ޙާލު