ބާރުގަދަ ތޫފާނަ "މާރިޔާ" ޗައިނާ އާއި ދިމާލަށް މިސްރާބު ޖަހައިފިއެވެ.

"މާރިއާ" ގެ ނަމުން ނަންދީފައިވާ މި ތޫފާން މިރޭގެ ވަގުތެއްގެ ޓައިވާނަން ކައިރިން ދަތުރު ކުރާއިރު މިރޭ އިރާކޮޅު ނޫނީ މާދަމާގެ ވަގުތެއްގައި ޗައިނާއަށް އަރާނެކަމަށް އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ އިންޒާރު ދީފައެވެ.

މޫސުމާއި ބެހޭ އިދާރާއިން ވަނީ މިއީ ވަރަށް ނުރައްކާތެރި ސުޕަ ޓައިފޫނެއްކަމަށް ބުނެފައެވެ. އަދި ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ދޭ އިންޒާރުގައި ސީރިއަސްކޮށް ހިފުމަށް އެދުމަށެވެ.

ތޫފާން މިހާރު މިސްރާބު ޖަހާފައި ހުރީ ޝަންހާއީ ހުރަސްކޮށް އުތުރުގެ ހިސާބުތަކަށް ކަމަށް އެ އިދާރާ އިން ބުންޏެވެ.

މިތޫފާނުގެ ސަބަބުން ބޮޑެތި ގެއްލުން ތަކެއް ލިބޭނެކަމަށް ބެލެވޭއިރު ތޫފާންގައި ބާރަށް ވައިޖެހި ބިންގަނޑު ކަޑައިގެންގޮސް ބޯކޮށް ވާރޭ ވެހި ފެންބޮޑު ވާނެކަމުގެ އިންޒާރު ވަނީ ދީފައެެވެ.

ގަނޑުއަކު 100 މޭލު ބާރުމިނުގައި ދަތުރުކުރަމުންދާ މި ތޫފާނުގެ އަސަރު ވަނީ ޖަޕާނަށްވެސް ކޮއްފައެވެ. އެގޮތުން ޖަޕާނުގެ ހުޅަނގުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 158 އަރާފައެވެ.

ވިއްސާރައާއި ގުޅިގެން އެތައް ބަޔަކު ހާލުގައި ޖެހިފައިވާތީ، ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވަނީ ޔޫރަޕް އަދި މެދުއިރުމައްޗަށް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލް ކުރެއްވުމަށްފަހު، ވިއްސާރައާއި ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ފުޅާ ކުރެއްވުމަށް ނިންމަވާފައެވެ.

ހުޅަނގު މޫސުމުގައި ވަރުގަދަ ތޫފާންތަކާ ކުރިމަތިލާން ޗައިނާއަށް އާއްމުކޮށް ޖެހެއެވެ. އެހެންވެ، އެ ގައުމުން ވަނީ ރައްކާތެރިކަމުގެ ދާއިމީ ފިޔަވަޅުތައް ވެސް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފޭސް

    ކީއްވެ މާރިޔާ ޗައިނާ އާއި އަޅައިގަނެގެން ތިއުޅެނީ

    • ހުސޭނުބޭ

      އެއީ ބުއްޅަބޭ މާރިޔާއަށް އަންގާފައި އޮތީ ސްޕޯކްސްޕާޒަންކަމުގެ މަޤާމުގައި ހުންނައިރު ޗައިނާއާ އަޅާގަތުމަށް އަންގާފައި ވާތީ!

  2. ހަނީފާ

    ތީގެ ތޫފާނެއް މަލެ ގަވެސް އެބައުޅޭ އޭގެ ބަލާވެރިކަން އަހަރެމެނަށާ ޗައިނާއަށް ޖެހިގެން މިއުޅެނީ

  3. ކަނބުލޮ

    ތިބުނާ މާރިޔާ ނަކަށް ކިޔާ ތޫފާނެއް މި ދިވެހިރާއްޖެއަށް ވެސް ލަިގަނެފަ އޮތީ

  4. ޔާނު

    މާރިޔާ އަރާނެތާ އޭނަ ނިކަންތަންނަނައް އަރާހިތްވެޔޭ މާރިޔާއަކީ ނިކަންހޭލާމީހެކޭ

  5. ެެފފ

    ދެން ޗައިނާ ނިމްމާލާފަ އިންޑިޔާ ދޭ އޭރުން މި ދުނިޔެ އަމާންވާނެ