އަފްއާނިސްތާނުގައި ވެރިކަން ކުރާ ތާލިބާނުން 3،000 ލީޓަރުގެ ބަނގުރާ އަތުލައިގަނެ އެތަކެތި ނައްތާލައިފިއެވެ.

ވެރިކަމާ ހަވާލުވި ފަހުން އަފްޣާނިސްތާނުގައި މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ފަރާތްތައް ހައްޔަރުކުރުމުގެ ގިނަ އޮޕަރޭޝަންތައް ތާލިބާނުން ވަނީ ހިންގައިފައެވެ.

މީސްމީޑިއާގައި އާންމުވި ވީޑިއޯއެއްގައި ފެންނަނީ ތާންގީތަކެއްގައި ހުރި ރާ ކޯރަކަށް އަޅަމުންދާ ތަނެވެ. އަދި ރަލަކީ އިސްލާމްދީނުގައި ހަރާމް އެއްޗެއް ކަމަށް ވީޑިޔޯގައި ބުނަމުންދާއަޑު ވެސް އިވެއެވެ.

މި ބަނގުރާތައް ނައްތާލީ ކޮން އިރަކު ކަމެއް އަދި ސާފު ވެފައި ނުވި ނަމަވެސް އާދީއްތަ ދުވަހު ތާލިބާނުންގެ އިންޓެލިޖެންސް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޖަމާއަތުން ހިންގި އޮޕަރޭޝަންގެ ތެރެއިން ތިން ޑްރަގް ޑީލަރަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ތާލިބާނުން ވެރިކަން އަތުލި ފަހުން، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ވެސް ހިމެނޭ ގޮތަށް، އެ ގައުމުގައި ހިންގާ އޮޕަރޭޝަންތައް ވަނީ އިތުރުވެފައެވެ.

ތާލިބާނުންގެ ސަރުކާރުގެ ވުޒާރާ ފޮރ ޕްރޮމޯޝަން އޮފް ރިވެތި އަހްލާގާއި ވައިސް ޕްރިވެންޝަން އޮފް ވައިސް އިން ވެސް ވަނީ އަންހެނުންގެ ހައްގުތައް ހިފަހައްޓައި ގިނަ ގައިޑްލައިންތަކެއް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލޮލް

    ތީ ކޮރޯނާ ވައިރަސް މާސް ވައިރަސް ނައްތާލުންކަހަލަ ކަމެއް

    5
    5
  2. ނައްތާލުންކަހަލަ

    ބަނޑައް އަޅާތޯ ނައްތާލީ؟

    6
    6
    • ނަން

      ކަލޭ ކަނު ތަ؟

      5
      1
  3. ލޫލް

    "ވުޒާރާ ފޮރ ޕްރޮމޯޝަން އޮފް ރިވެތި އަހްލާގާއި" މީހަމަ އެވުޒާރާގެ ނަންތަ؟

    • އާނ

      މިއައީ ތިހެން އަހަން

  4. ރަން ރީނދޫ

    މުރައިދޫ ގަނޑުވަރު ބުއްޅަބެ ނިކަން މޭކަރާނެ.