އަފްޣާނިސްތާނުގެ ފިހާރަތަކަށްގޮސް އެ ފިހާރަތަކުގައި ބަހައްޓާފައި ހުންނަ ބުދުތަކުގެ ބޯ ވަކިކޮށްފައި ބެެހެއްޓުމަށް އެގައުމުގައި މިހާރު ވެރިކަން ކުރާ ތާލިބާނުން ފިހާރަތަކުގެ ވެރިންނަށް އަންގައިފިއެވެ.

ހުޅަނގު އަފްޣާނިސްތާނުގެ ފިހާރަތަކުގެ ވެރިންނަށް ތާލިބާނުން އަމުރުކޮށްފައި ވަނީ، އިންސާނީ ސިފަ ތަމްސީލުކުރާ ޝަހުސިއްޔަތުތައް، ބުދުތަކަކީ އިސްލާމީ ޝަރީއަތާ ހިލާފު އެއްޗެއް ކަމަށް ބުނެެއެވެ.

އެގޮތުން ހެރަތުގައި ހުންނަ ’ޝޮޕް ޑަމިސް‘ ގައި ހުރި ބުދުތަކެއްގެ ބޯ ވަކިކުރާ މަންޒަރު ފެންނަ ވީޑިއޯ ކްލިޕެއް މީސް މީޑިއާގައި ވަނީ އާންމުވެފައެވެ.

ހެރަތުގައި ހުންނަ އަފްޣާން ސަރުކާރުގެ މިނިސްޓްރ އަޒީޒް ރަހްމާން ވަނީ ބުދަ ދުވަހު ބޭރުގެ މީޑިޔާ އަކަށް ތާލިބާނުން މިފަދަ ކަމަކަށް އަމުރު ކުރިކަން ކަށަވަރުކޮށްދެއްވާފައެވެ.

ބައެއް ފިހާރަތަކުގެ ސޭޓުން އެމީހުންގެ ފިހާރަތަކުގައި ތިބި ބުދުތަކުގެ ބޮލުގައި ސްކާފް ނުވަތަ ކޮތަޅު އަޅައި ބޯ ނިވާކުރަން އުޅުނު އިރު އެވަރުން ނުފުދޭނެ ކަމަށް ރަހްމާން ވަނީ ބުނެފަ އެވެ. އޭނާ ބުނީ ބުދުތައް ތިބޭ ތަންތަނަށް ރަހުމަތުގެ މަލާއިތުން ނުވަންނާނެ ކާމަށް ދީނުގައި އޮންނަ ކަމަށެވެ.

މިދިޔަ އޮގަސްޓް މަހު ވެރިކަމަށް އައުމަށްފަހު ތާލިބާނުން ދަނީ އަފްޣާނިސްތާނުގައި ވެރިކަންކުރި އެމެރިކާ ސިފައިންގެ ވަސް އެގައުމުން ފިލުވައި އިސްލާމީ ޝަރީއަތް ތަންފީޒުކޮށް ޝަރީއަތާއި އެއްގޮތަށް ކަންކަން ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެގައުމުގައި ވަނީ ދީނީ މިނިވަންކަން ވަރަށް ބޮޑަށް ހަނިކޮށްފައެވެ.

ތާލިބާނުންނަކީ އިސްލާމީ ހަރުކަށި ފިކުރުގެ ބައެއް ކަމަށްބުނެ އަފްޣާނިސްތާނުގެ ރައްޔިތުން އަޑުއުފުލަމުންދާއިރު ދުނިޔޭގެ ގައުމުތަކުން އަދިވެސް ތާލިބާނުންގެ ސަރުކާރު ބަލައިނުގަންނަކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނުރަބޯ

    ދުނިޔެއަކުން ނޫޅޭ ތި ގަދީމީ ބޯދާ ހިޔާލުގެ މޮޔައިން ބަލައިގަންނާކަށް. ގްރޯ އަޕް

    8
    31
    • ފައުޒީ

      ދުނިޔެ ބަލާތޯ ނުބަލާތޯ އެއީ މުސްލިމުން ބަލަން ޖެހޭ ކަމެއް ނޫން. މުސްލިމުންނަށް އޮތީ ޤަދީމީ ޒަމާނުގަ ބާވައިލެއްވުނު ޤުރުޢާނާއި ސުއްނަތުގަ ބާރަށް ހިފުން. އަދި ރަސޫލާ (ސ.) ގެ ޙަދީޘްފުޅުތަކުގަ ބުދުތައް ތަޅާލުމަށް އައިސްފަ އޮވޭ.

      18
      3
    • ޙާލަތު

      އާޚިރަތުގަ އެނގޭނެ ކޮން ބައެއްކަން ބޯދާ ޚިޔާލުގަ ތިބީ... އޭގެ ކުރިން ހެޔޮވިސްނުން ދެއްވާ އަޅަމެންނަށް ހިދާޔަތު ދައްކަވާށި.އާމީން

      15
      3
  2. ބޮޑުބެ

    ރަނގަޅު ކަމެއް. ހަރުކަށްޓެއް ނޫން. ދީނުގަ އޮންނަ އެންމެ ރަނގަޅު ގޮތަކީ ތިއީ.

    31
    6
  3. ނަހްރުއްނީލް

    ދީނުގަ އޮންނަ އެންމެ ރަނގަޅު ގޮތް އެއީ ބޯދާ ގޮތްތަކަކަށް ހެދުމަކީ އަހަރެމެންގެ ޖާހިލުކަނ..ދީނީ ގޮތުން އޮތް ޖާހިލުކަން..ދީނުގަ އޮންނަގޮތް ދަސް ކުރަންވީ..ހިތަށް އެރިހާ ގޮތަކަށް އުޅެން ވިސްނުމަކީ އެއީ ތަހުޒީބެއްވެސް ނޫން..އަހަރެމެން ހިތަށް އެރިހާ ގޮތަކަށް އުޅެފަ ދީން އަހަރެމެންނާ އެއްގޮތަށް ބަދަލު ކުރާކަށް ނޫން ޖެހެނީ..ދީނާ އެއްގޮތަށް އަހަރެމެން ބަދަލުވާން ޖެހެނީ...

    14
    2
  4. ޙާލަތު

    ދުނިޔެއަކުން ކޮންމެހެން ބަލައިގަތުމަކީ މުޙިއްމު ކަމެއްނޫން... އާޚިރަތުގެ ކާމިޔާބީ އެއީ ކާމިޔާބަކީ އެއީ ހިތްވަރަކީ އެއީ މަތިވެރިކަމާއި ޢިއްޒަތަކީ. މިފަދަ ލިޔުމެއް ލިޔުއްވާއިރުވެސް ބަލައިލުންވެސް ރަނގަޅު ކަންނޭނގެ ދޯ ދީނުގަ އެކަން އޮންނަގޮތް...

    11
    2
  5. ތެދު

    ނުރަބޮލަށް ހެޔޮވިސްނުން ދެއްވާށި

    10
    1
  6. ތެދު

    ނުރަބޮލަށް ހެޔޮވިސްނުން ދެއްވާށި
    އަދި ޠާލިބާނުން ކުރާ މަސައްކަތުގައި ﷲ ބަރަކާތްލައްވައި އިސްލާމްދީން އިއްޒަތް ތެރި ކުރައްވާންދޭވެ

    9
    2