އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ މީސް މީޑިއާ އެޕްލިކޭޝަން އަންނަ މަހު އިފްތިތާހު ކުރަން ނިންމައިފިއެވެ.

އެޕަލް އިންކް (އޭއޭޕީއެލް) އިން ބުނާ ގޮތުގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާ މީޑިއާ ވެންޗާ ކުންފުނިން އެ ކުންފުނީގެ މީސް މީޑިއާ އެޕް "ޓްރޫތު ސޯޝަލް" ލޯންޗް ކުރަން ރާވާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

ޓްރުތު ސޯޝަލް، ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ގްރޫޕް (ޓީއެމްޓީޖީ) އަދި ޓްވިޓާގެ ބަދަލުގައި އުފައްދާފައިވާ (ޓީޑަބްލިއުޓީއާރް-އެން) އެމެރިކާގެ ޕްރެސިޑެންޓްސް ޑޭގެ ކުރިން ޕްރީއޯޑަރަށް ލިބެން ހުންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓްވިޓާ ގޮތަށް މި އެޕްގައި ވެސް އެހެން މީހުން ފޮލޯ ކުރުމާއި ޓްރެންޑިން މައުޟޫތަކަށް ހާއްސަ ފީޗާސްތައް ލިބޭނެއެވެ. ޓުވީޓްގެ ބަދަލުގައި މި އެޕްލިކޭޝަނުގައި ބޭނުން ކުރާނީ "ޓްރޫތު" އެވެ.

މި އެޕް ލޯންޗް ކުރާނީ މެޓާ ޕްލެޓްފޯމްސް އިންކް (އެފްބީ) އާއި ޓްވިޓާއިން ޓްރަމްޕް ބޭން ކުރިތާ 13 މަސް ދުވަސް ފަހުންނެވެ. ފޭސްބުކް އަދި ޓްވިޓާ އިން ޓްރަމްޕް ބޭން ކުރީ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމަށް ބުނެ ސާބިތު ނުހިފޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އެމެރިކާގެ ކެޕިޓޮލްއަށް ޖެނުއަރީ 6 ވަނަ ދުވަހު ދިން ހަމަލާގައި ބައިވެރިވުމަށް އޭނާގެ ސަޕޯޓަރުންނަށް ހިތްވަރު ދިނުމުންނެވެ.

މިކަމާއި ގުޅިގެން ޓީއެމްޓީޖީ އާއި އެޕަލް އިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު