އިންޑިއާގެ ބޮޑެތި ސިޓީތަކުން އަންނަ ހަފްތާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރު ވެދާނެ ކަމަށް ތަޖުރިބާކާރުން ލަފާ ކޮށްފިއެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ފަހުކޮޅުން ފެށިގެން ދުވާލެއްގެ މައްޗަށް އެންމެ ގިނަ އަދަދަކަށް ކޮވިޑް ވޭދަނަތައް ރިޕޯޓުކުރާ ގައުމެެއްގެ ގޮތުގައި އިންޑިއާ ފާހަގަ ކޮށްލެވެެއެވެ.

މިއަދު ވެސް އެގައުމުން 247,417 މީހުން ކޮވިޑް-19 އަށް ފައްސިވެ، ރިޕޯޓު ކޮށްފައިވެއެވެ. މިއާއެކު، މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 36.32 މިލިއަނަށް އަރައިފައެވެ.

ފެޑެރަލް އަދި ސްޓޭޓްތަކުގެ ސިއްހަތާ ބެހޭ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިހާރު އެ ގައުމަށް ކުރިމަތިވެފައިވާ ކޮވިޑް-19 ތިންވަނަ ރާޅުގައި މިދިޔަ އަހަރުގެ އެޕްރީލް/މެއި އާއި އަޅާ ބަލާއިރު، ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މަދެވެ.

އަށްޑިހަ އަށް ވުރެ މަދު މީހުން ކޮވިޑް-19 އަށް ފައްސިވެ ރިޕޯޓު ކުރަމުންދިޔަ ޑިސްޓްރިކްޓްތަކުން ވެސް ކޮވިޑް-19 އަށް ފައްސިވާ މިންވަރު މިހާރު އިތުރުވާން ފަށާފައިވާތީ އިންޑިއާގެ ހެލްތް މިނިސްޓްރީއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދިއްލީ ހިމެނޭ ގޮތަށް ގިނަ ސިޓީތަކާއި ސްޓޭޓްތަކުން ވަނީ ރޭގަނޑުގެ ކާފިއު ވެސް އިއުލާންކޮށްފައެވެ. އަދި ދިއްލީ ހަފްތާ ބަންދުގައި އެއްކޮށް ލޮކްޑައުންކޮށް، އޮފިސްތަކާއި، ކެފޭ/ރެސްޓޯރެންޓްތައް ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އިސްލާމްދީނުގެ ޢަދުއްވު ލާދީނީ ގެރިމޯދީ މުސްލިމުންނަށް އަނިޔާވެރިވަނީ. މާތް ﷲ އޭނާގެ ކިބައިން ބަދަލުހިއްޕަވަނީ. އޭ ގެރިމޯދީ! ކަލޭ އަދިވެސް ހޭއަރާކަށެއްނުވޭތަ؟