ހަންގޭރީގައި ކޮވިޑް-19 އިން ދިފައުވުމަށް ޖަހަމުންގެންދާ ވެކްސިންގެ ހަތަރުވަނަ ޑޯޒެއް ބޭނުންވާ ފަރާތްތަކަށް ދޭނެ ކަން އެ ގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

އެ ގައުމުން މިހާތަނަށް 1,318,093 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އަދި ކޮވިޑް ބަލީގައި 40،000 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

އެ ގައުމުން މިފަދަ ނިންމުމެއް ނިންމާފައި ވަނީ ކޮވިޑްގެ އާ ވޭރިއެންޓް ވަރަށް ބޮޑަށް ފެތުރެމުން އަންނަ ދަނޑިވަޅެއްގައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަންގޭރީގެ ބޮޑުވަޒީރު ވިކްޓާ އޯބާންގެ ޗީފް އޮފް ސްޓާފް ގެރެލީ ގުލިއާސް ވިދާޅުވީ އެ ގައުމުން ކޮވިޑް ވެކްސިންގެ ހަތަރުވަނަ ޝޮޓެއް އެކަމަށް އެދޭ މީހުންނަށް ދޭނެ ކަމަށެވެ.

"ޑޮކްޓަރެއްގެ މަޝްވަރާގެ މައްޗަށް ބިނާކޮށް ކޮވިޑް-19 ގެ ހަތަރު ވަނަ ޑޯޒެއް ކޮންމެ މީހަކަށް ވެސް ލިބޭނެ، މި ހަފުތާގައި އެކަމާ ގުޅޭ އެންގުން އާއްމު ކުރާނެ،"10 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ ގައުމުގެ ނޫސްވެރިންނާއި ބައްދަލުކުރައްވާ އޭނާ ވިދާޅުވިއެވެ.

ހަންގޭރީގައި ވެކްސިންގެ ހަތަރު ޑޯޒެއް ދޭން ނިންމާފައިވާއިރު، ޔޫރަޕިއަން ޔޫނިއަންގެ ޑްރަގް ރެގިއުލޭޓަރުން ވަނީ ހަތަރުވަނަ ޑޯޒެއްގެ ބޭނުންތެރިކަމާމެދު ޝައްކު އުފައްދާފައެވެ. އެގޮތުން މިހާރު އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ އޮމިކްރޮންއާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި ހަތަރުވަނަ ޑޯޒާއެކު އެއްވެސް އިތުރު ކުރިއެރުމެއް ލިބޭ ފަދަ ކަމެއް ނެތް ކަމަށް ބުނެފައިވެއެވެ.

ހަންގޭރީގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން ދިޔަ ނަމަވެސް، މާބޮޑެތި ފިޔަވަޅުތަަކެއް އަޅާފައެއް ނުވެއެވެ. އެގޮތުން އެ ގައުމުގައި މިހާރުވެސް ސްކޫލްތައް ހުޅުވައިގެން ދަރިވަރިންގެ ކިޔެވުމުގެ ކަންކަން ކުރިއަށްދާއިރު، ތަންތަން ދިއުމުގައިވެސް މަނަލެއް ނޫނެވެ. ނަމަވެސް އެތެރޭގެ ތަންތަނުގައި އުޅޭއިރު އާއި އާއްމު ދަތުރުފަތުރުތަކަށް ބޭނުން ކުރާ އުޅަނދުތަކުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރެވެ.

މިހާރު ވެކްސިންގެ ހަތަރު ވަނަ ޑޯޒް ދޭ ގައުމުތަކުގެ ތެރޭގައި ޗިލީ އާއި އިސްރާއީލް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަބަރޭ

    ކަލޭމެން ސައިންސް ވެރިން ޑޮކުޓަރުން ކޮވިޑޭ ކިޔައިގެން އިންސާނުން ގަޔަށް އެކިއެކި ފާޑުފާޑުގެ ވެކުސިން ޖަހާ އިންސާނުން ވަރަށްބޮޑަށް ޗެކުކުރެވިއްޖެ އަދިވެސް ކަލޭމެން ސައިންސް ވެރިން އިންސާނުން ޓެސްޓް ކުރުން އިންސާނުންގެ ދިފާޢީ ނިޒާމާއި ކުޅުން ހުއްޓާކަށް ނުވޭތަ ތިޔަހެން އިންސާނުން ޗެކު ކުރަނިކޮށް އިންސާނެއްގެ ގައިން ނުބާ ބަލިމަޑުކަމެއް ފެނިދާނެ

  2. ޖ

    މީދެންކިހާދެރަކަމެއް މިވެކުސިންޖަހަގަހާ އިންސާނުންހަލާކުވާން ފަށާފާނެއެއްނޫން

  3. ހަމަވާވަރު

    މިހާރު ދިހަމިލިއަންގެ އާބާދީއަކައް ހަތަރުވަނަ ޝޮޓް ޖަހަންއުޅޭއިރު ހަތަރުލައްކަ އާބާދީގަ ހަމަވާ މިދިވެހި ރާއްޖޭގަ މިއުޅެނީ ދެވަނަޑޯޒްވެސް މުޅި އާބާދީއައް އެއްކޮއް ނުދެވިގެން