އިންޑޮނޭޝިއާއަށް 6.6 މެގްނެޓިއުޑް ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

ރާއްޖޭގައި ހުންނަ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ކުރި ޓްވީޓެއްގައި ވިދާޅުވީ، މި ބިންހެލުން އައިސްފައި ވަނީ އިންޑޮނޭޝިއާގެ ސުންޑާ ސްޓްރޭޓަށް ކަމަށެވެ.

އައްޑޫ ސިޓީއާ 3657 ކިލޯ މީޓަރު ދުރަށް އައި މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުފެންނަ ކަމަށް މެޓް އޮފީހުން ވިދާޅުވެފައި ވެއެވެ.

އިންޑޮނޭޝިއާގެ މީޓިއޮރޮލޮޖީ، ކްލައިމެޓޮލޮޖީ އެންޑް ޖިއޯފިޒިކްސް އެޖެންސީން ބުނީ، އެ ބިންހެލުމުގެ އަސަރު ވެރިރަށް ޖަކާޓާއަށް ކުރި ކަމަށާއި، ނަމަވެސް ސުނާމީ އެލާޓް ނެރެފައި ނުވާ ކަމަށެެވެ.

އެ އެޖެންސީގެ އިސްވެރިޔާ ޑިކޮރިޓާ ކަރުނާވަތީ ވިދާޅުވީ، ސުނާމީގެ އެއްވެސް އުއްމީދެއް ނެތްކަމަށް މެތަމެޓިކަލް މޮޑެލްތަކުން ދައްކާއިރުވެސް ސަރުކާރުން ކަނޑުގެ ސަތަހަ މޮނިޓަރ ކުރަމުންދާ ކަމަށެވެ.

އޭނާ ވަނީ މި ބިންހެލުމަށް ފަހު އާފްޓާޝޮކްތައް އަތުވެދާނެ ކަމަށް ބަލައި ރައްޔިތުން ސަމާލުވެ ތިބުމަށް ނަސޭހަތްތެރިވެފައެވެ.

އިންޑޮނޭޝިއާއަކީ އައްމުކޮށް ބިންްލުން އަންނަ ގައުމެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ބިންހެލުމަށްފަހުވެސް ވަރަށްގިނަ އާފްޓަރޝޮކް އެބައާދެ.

    4
    1