އަވަށްތެރި އިންޑިޔާގައި، އުމުރުން ދެ އަހަރުގެ ކުއްޖަކު ރޭޕުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. ރޭޕުކޮށްފައިވާ މި ކުއްޖާގެ ޞީއްޙީ ޙާލަތު ވަރަށް ދަށްކަމަށާއި އަދި އެކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށްވެސް މައުލޫމާތު ލިބެއެވެ.

އިންޑިޔާގެ ނޫސްތަކުން ބުނާގޮތުގައި އުމުރުން އެންމެ ދެ އަހަރުގެ މި ކުޑަ ކުއްޖާ ރޭޕުކޮށްފައިވަނީ އެކުއްޖާގެ އަވަށްޓެރި އެކެވެ. އެމީހާ މި ކުއްޖާ ގެންގޮސް މިކަން ކޮށްފައިވަނީ ގޭގެ ކައިރީގައި މަގުމަތީގައި ކުޅެން ހުއްޓާކަމަށްވެސް އެޤައުމުގެ މީޑިޔާތަކުން މިއަދު ބުނެފައިވެއެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި މި މީހާ، އެކުއްޖާ ރޭޕުކުރި ފަޅާ އަރާފައިވަނީ، މި ލަދުވެތި ޢަމަލު ހިންގަމުން ދަނިކޮށް ކުޑަ ކުއްޖާ ރޯ އަޑު، އެސަރަޙައްދުގައި ދިރިއުޅޭ އެހެން މީހުންނަށް އިވުމުންނެވެ. މީހުންނަށް އަޑު އިވުމުން، އެމީހުން އެގެއަށް ގޮސް ކުއްޖާވަނީ ސަލާމަތްކޮށްފައެވެ.

ކުއްޖާ ސަލާމަތްކުރުމަށްފަހު ފުލުހުންނަށް މައްސަލަ ހުށަހެޅިއެވެ. އަދި، ފުލުހުންވަނީ މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި، ހާލު ދެރެވަފައިވާ ކުޑަކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާކަމަށްވެސް އެޤައުމުގެ ނޫސްތަކުން މިއަދު ބުނެފައިވެއެވެ.

ނޫސްތަކުން އިތުރަށް ރިޕޯޓުކޮށްފައިވާ ގޮތުން، މި ޢަމަލު ހިންގާފައިވަނީ ކޮން އުމުރެއްގެ ކާކުކަމެއް، ފުލުހުން ނުވަތަ އެފަދަ ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވެއެވެ. އެހެންނަމަވެސް، މި މީހާ ހައްޔަރުކޮށްފައިވަނީ ކޮން ޤާނޫނެއްގެ ދަށުންކަން، ފުލުހުން ހާމަކޮށްފައިވާކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.

މީގެއިތުރުންވެސް ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ޢަމަލު ހިންގާފައިވާ މީހާ ހައްޔަރުކޮށްފައި ހުރި މީހާ ހުރި ޕޮލިސް ސްޓޭޝަނުގެ ބޭރަށް އެތައް ބަޔަކު އެއްވެ، އެމީހާއާ ދެކޮޅަށް އަޑު އުފުލައި، ގާ އުކާފައިވެއެވެ. އަދި، އެމީހާއަށް އަދަބު ދިނުމަށް، އާއްމު ރައްޔިތުންނާ ހަވާލުކުރުމަށްވެސް އެތައް ފަރާތަކުން ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މޯދީ އުޅެބަލަ ގެރިޔަށް އައިޑީކާޑު ހައްދަން މީހުންގެ ޅަދަރިން ދުނިޔޭގައި އުޅެން ދޫކޮށްލާފައި. މިވަރު މީހުން އެހެން ގައުމުތަކަށް ފާޑު ކިޔާއިރު މުންޑު ކުމާރު ލަދެއްނުގަނޭ..

    • ހަސަނު

      ތީހަމަތެދެއް