ޓެކްނޮލޮޖީގެ ދާއިރާގައި ދުނިޔެ ކުރިއަރާގެން ދިޔަނަމަވެސް އެޕަލް އާ ވާދަކޮށްލެވޭ ވަރުގެ ކުންފުންޔެއް އަދި ދުނިޔޭގައި ނެތްކަމީ މީހަކު ދެބަސްނުވާނެ ހަގީގަތެކެވެ. އެޕަލް ކުންފުނީގެ ބާނީއާ ބެހޭގޮތުން ގިނަ ބަޔަކަށް ގިނަ މައުލޫމާތު އެގެއެވެ. އެހެންނަމަވެސް މިކަމަކީ ފޮރުވިފައި އޮތްކަމެއް ކަމެއް ނުވަތަ އެމެރިކާފަދަ ބާރުތަކުން ދުނިޔޭގެ މީހުންނަށް އެގެން ބޭނުން ނުވާ ވާހަކައެއް ކަމެއް ކަމެއް ނޭންގެއެވެ. މިދައްކަނީ ސުޓީވް ޖޮބްސްގެ ނަސްލުގެ ވާހަކެވެ.

ސުޓީވް ޖޮބްސްއަކީ އެމެރިކާގެ މުއްސަދި އާއިލާއަކުން އެޑޮޕްޓް ކުރި މީހެއްކަން ތާރީޚް ދިރާސާ ކުރައްވާ ބޭފުޅުން ލިޔުއްވާފައިވެއެވެ. ނަމަވެސް ސުޓީވް ޖޮބްސްއަކީ ސީރިޔާ ދަރިކޮޅުން އައިސް ހުރި މީހެއްކަން އެގޭ މީހަކު މަދެވެ.

ސުޓިވް ޖޮބްސްގެ އަސްލު ބައްޕައަކީ ސީރިޔާގެ މީހެއް ކަމަށްވާ އަބްދުލް ފައްތާހް ޖާންދަލީއެވެ. 1950ގެ އަހަރުތަކުގައި ފައްތާހް ސީރިޔާއިން އެމެރިކާއަށް ހިޖުރަ ކުރިއެވެ. ފައްތާހްގެ ބައްޕަގެއަކީ ސީރިޔާގައި މިހާރު އެންމެ ގަދައަށް ހަގުރާމަ ކުރަމުންދާ އެއްއަވަށް ކަމުގައިވާ ހޮމްސްއަށް ނިސްބަތްވާ މީހެކެވެ.

މިއަދު އެމެރިކާ މީހުނާ މުޅި ހުޅަގުގެ ޤައުމުތަށް ރެފިއުޖީންގެ ގޮތުގައި ސީރިއާއިން އެގައުމުތަކަށް އެތެރެވާ މީހުންގެ ސަބަބުން ޤައުމަށް ދިމާވެދާނެ ނުރައްކަލަކަށް ބިރުގަންނަ ވާހަކަ ދައްކަމުން ދާއިރު ސުޓީވް ޖޮބްސްގެ ބައްޕަމެން ފަދަ މީހުން އެމެރެކާއަށް ހިޖުރަކުރުން އޭރު މަނާނަމަ، މިއަދު ދުނިޔެ މިދެކޭ ފޯނުގެ އިންގިލާބް ދުނިޔެއަށް އަންނާނެ ކަމާމެދު ޝައްކު އުފެދެއެވެ