ޒިނޭ ކުރި ކަން ސާބިތުވި އިންޑޮނޭޝިއާ އަންހެނެއްގެ ގައިގައި 100 އެތިފަހަރުން ހައްދު ޖަހައިފިއެވެ.

އިންޑޮނޭޝިއާގެ ކޯޓަކުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ، ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ކުށުގައި 100 ފަހަރު އަންހެން މީހާގެ ގައިގައި ހައްދު ޖަހަން އަމުރުކޮށްފައެވެ. އަދި އޭނާ ގުޅުން ހިންގި ކަމަށް ބުނާ ފިރިހެން މީހާ ކުށަށް އިއުތިރާފް ނުވުމުން އޭނާގެ ގައިގައި ޖަހާފައި ވަނީ 15 އެތިފަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑޮނޭޝިއާގެ ކޮންޒަވޭޓިވް އަޗޭ ޕްރޮވިންސްގައި މިކަން ހިނގިރު، އެ ސްޓޭޓަކީ ޝަރީއާ ގާނޫނަށް ތަބާވާ ސްޓޭޓެކެވެ. އަދި އެ ސަރަހައްދުގައި ހައްދު ޖެހުން ފަދަ އަދަބުތައް ދިނުމަކީ އާންމު ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭއެފްޕީން ރިޕޯޓުކޮށްފައިވާ ގޮތުގައި އަންހެން މީހާގެ ގައިގައި ޖަހާފައިވަނީ ކައިވެނިން ބޭރުން ގުޅުން ހިންގި ކަމުގެ ކުށުގައެވެ. އަދި އޭނާ ވަނީ ފިރިހެން މީހާ އާއިއެކު ޖިންސީ ގުޅުން ހިންގި ކަމަށް އިއުތިރާފްވެސް ވެފައެވެ.

އެ އަންހެން މީހާގެ ގައިގައި ހައްދު ޖެހުން ކުރިއަށް ދިޔަ ގަޑީގައި މަންޒަރު ބަލަން ތިބި މީހުން ބުނާ ގޮތުގައި، އޭނާގެ ގައިގައި ޖަހަމުން ދިޔަ ވަގުތު ވޭނުގައި އުޅޭތީ، ވަގުތުކޮޅަކަށް އެކަން ހުއްޓުވަން ޖެހުނެވެ.

އިރުމަތީ އަޗޭގެ ޕްރޮސެކިއުޓަރގެ އޮފީހުގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިވިޝަންގެ ވެރިޔާ އިވާން ނައްޖާރު އަލާވީ އޭއެފްޕީއަށް ވިދާޅުވީ، ކައިވެނިވެސް ކޮށްގެން އުޅޭ އެ އަންހެން މީހާއަށް އަދަބު ދީފައި ވަނީ ކައިވެނިން ބޭރުން ޖިންސީ ގުޅުން ހިންގިކަމަށް ތަހުގީގުގެ ތެރެއިން އިއުތިރާފުވުމުން ކަމަށެވެ.

އެ ތުހުމަތު ކުރެވޭ ކައިވެނި ކޮށްގެން އުޅޭ އެ ފިރިހެން މީހާގެ މައްޗަށްވެސް ވެސް 30 އެތިފަހަރުން ހައްދު ޖެހުމަށް ހުކުމް ކުރި ނަމަވެސް އޭނާގެ ގައިގައި ޖަހާފައި ވަނީ 15 ފަހަރެވެ. އެއީ ހުރިހާ ތުހުމަތަކަށް އިންކާރު ކުރާތީއާއެކު، އޭނާ އަސްލު އެ ކުށް ކުރީ ތޯ ނުވަތަ ނޫންތޯ ފަނޑިޔާރުންނަށް ކަނޑަނޭޅޭތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންސާނީ ހައްގުތަކާއި މަދަނީ ހައްގުތަކަށް މަސައްކަތް ކުރާ ގިނަ ޖަމާއަތްތަކުން މިފަދަ ކަންކަމާއި ވަރަށް ބޮޑަށް ދެކޮޅަށް ވާހަަކަދައްކާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޙާލަތު

    "އިންސާނީ ހައްގުތަކާއި މަދަނީ ހައްގުތަކަށް މަސައްކަތް ކުރާ ގިނަ ޖަމާއަތްތަކުން މިފަދަ ކަންކަމާއި ވަރަށް ބޮޑަށް ދެކޮޅަށް ވާހަަކަދައްކާކަން ފާހަގަކޮށްލަން ޖެހެއެވެ" މީ ކޮންމެހެން ފާހަގަކުރަންޖެހޭ ކަމެއްނޫން...ކޮސްގޮވާ މީހުންގެ ވާހަކަ ގެންނާކަށް ނުޖެހޭ. އެއަށްވުރެ ބުނަންޖެހޭނީ، މިއީ އިސްލާމް ދީނުގައި އަންގަވާފައިވާ އެންމެ އިންސާފުވެރި އެންމެ މަސްލަޙަތު ހުރި ގޮތްކަމުގަ. އެކަމަށް ދަލީލުކުރާ ޤުރްއާންގެ އާޔަތެއް ނޫނީ ޙަދީޘެއް ވެސް ގެނެވިދާނެ މިކަހަލަ ކަންކަމުގަ.

    39
    3
  2. ާަމަރީ

    ހުރިހާ އަނިޔާއެއް އަންހިންމީހާއަށް.. އެކަމު ދެމީހުންވެގެން އެކަމެއްކުރަނީ..

    24
    9
    • މަބުނީ

      މަރީ ދެލޯފުޅާ..ތިކަމާ ކަންބޮޑުނުވޭ..ފިރިހެންމީހާ ދުނިޔޭގެ ލަދަށް އިއުތިރާފް ނުވެ އުޅުނަސް އޭނަ އެކުރި ކުށަށް އަދަބު ލިބޭނެ.. އޭނަ އުންމީދުވެސް ނުކުރާފަދަ ގޮތަކަށް މިދުނިޔޭގަވެސް އަދި އާޚިރަތް ދުވަހުވެސް އެކަމުގެ އުޤޫބާތާ ކުރިމަތިލާން ޖެހޭނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫން...އެކަމަކު އިޚްލާސްތެރި ތައުބާއަކުން ތައުބާ ވެއްޖެނަމަ މާތްﷲ އެއަޅެއްގެ ފާފަތައް ފުއްސަވާ ދެއްވާނެކަމީވެސް ޤަބޫލުކުރަން ޖެހޭ ހަޤީޤަތެއް.

      15
      3
  3. ތެދު

    ﷲއަކްބަރް އިސްލާމްދީންއަކީ އެއްމެމަތިވެރިދީން
    ލާދީނީން ވަރައް ގައިހިރުވާނެ.

    33
    3
  4. ސަރޫބީ

    މި ކަން ކަން ކޮޕީ ކުރާކައް ނޭނގޭނެ މި ރާއްޖެއިން

    28
    1
  5. ޙަނާ

    މިރާއްޖޭގައި ބޮޑެތި ބޭފުޅުން ސްޓޭޓް މިނިސްޓަރުން އަދި ކުދިން ގެސްޓް ހައުސް ތަކައް ގޮވައިގެން ދިޔަޔަސް މައްސަލަ ނުބަލާނެ އެހެން ވީމަ އޯކޭނު...

    20
    2
  6. ސާރާ

    ރާއްޖޭޭގަ ވެސް ޒިނޭޭ ކުރާާ މީީހާާގެ ގައިގައި ހައްދު ޖަހާާނަމަ ދެވަނަ މީީ ހަކަށް ޒިނޭޭ ކުރާކަށް ނުކެރޭޭނޭ.

    25
    3
  7. ޝަރީޢާ

    ޝަރީއާގަ އޮންނަނީ ކައިވެނިކޮށްގެން އުޅޭ މީހުން ޒިނޭކުރީމަ ރަޖަމް ކުރުން ކަމަށް މަ ހީކުރީ

    25
    4
    • މަބުނީ

      ރަނގަޅު ވާހަކައެއް..ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގަވެސް ކައިވެނި ކޮށްގެން ހުރެ ޒިނޭކުރި ކަމަށް އަމިއްލައަށް އިއުތިރާފްވި އަންހެނަކަށްވެސް ހުކުމް ކުރެއްްވީ ތިބުނިހެން.

  8. ތޭރިއެމްވީ

    އެހިސާބުން ނިމުނީ ނޫންތޯ. އިސްލާމީ ޝަރީޢަތް ކިހާ ލުއިތޯ. ވަޟުޢީ ޤާނޫނުންނަމަ 15 އަހަރުގެ ޖަލުޙުކުމެއް. ﷲ ގެ ޝަރީޢަތަށްވުރެ ފުރިހަމަ އިންސާނުންނަށްވެސް ލުއި ޝަރީޢަތެއް ނުވެ. ﷲ އަކްބަރު

    17
  9. Anonymous

    އަދި އޭނާ ގުޅުން ހިންގި ކަމަށް ބުނާ ފިރިހެން މީހާ ކުށަށް އިއުތިރާފް ނުވުމުން އޭނާގެ ގައިގައި ޖަހާފައި ވަނީ 15 އެތިފަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ.
    އަންހެންމީހާ އެކަނި ޒިނޭކުރެވޭތަ؟!