ތައިލޭންގެ ހޮހޮޅައެއްގައި ދެ ހަފްތާއަށްވުރެ ގިނަ ދުވަހު ތާށިވެފައި ތިބި ކުދިންތައް ސަލާމަތް ކުރުމަށްފަހު އެކުދިން ހޮސްޕިޓަލަށް ގެންދިޔަ ފަހުން ފުރަތަމަ ފަހަރަށް އެކުދިންގެ ފޮޓޯތައް އާއްމުކޮށްފައެވެ. އެކުދިންގެ ފޮޓޯތައް އާއްމުކޮށްފައިވަނީ ތައި ނޭވީ ސީލް އިންނެވެ.

މިފޮޓޯތަކުން ފެންނަ ގޮތުގައި މިކުދިން ތިބީ ބިއްލޫރި ޖަހާފައިވާ ތަނެއްގެ ތެރޭގައެވެ. އަދި މިކުދިންނަށް އެހީތެރިވުމަށް ނަރުހުން ދަނީ ހަރަކާތް ތެރިވަމުންނެވެ. މިކުދިން ތިބީ ޚާއްސަ ހެދުމެއް ލައްވާ މޫނުގައި މާސްކްވެސް އަޅުވާފައެވެ. އަދި މިކުދިންނަށް އެހިތެރިވާ ނަރުހުންވެސް ތިބީ މާސްކް އަޅުވާފައެވެ.

ހޮހޮޅައިގަތި ތާށިވި ކުދިން ހޮސްޕިޓަލްގައި

މިކުދިންގެ މައިންބަފައިންނަށް މިކުދިންނާއި ބައްދަލު ކުރުމުގެ ފުރުސަތު މިހާތަނަށް ދީފައިނުވާއިރު، ހަތް ދުވަސް ވަންދެން މިކުދިންނަށް ފަރުވާން ދޭން ޖެހިދާނެ ކަމަށް ހޮސްޕިޓަލްގެ އޮފިޝަލުން ވިދާޅުވެއެވެ.

ހޮހޮޅައިގަތި ތާށިވި ކުދިން ހޮސްޕިޓަލްގައި

ހޮހޮޅައިގައި ތާށީވެފައިވަނީ އުމުރުން 11 އަހަރާއި 16 އަހަރުގެ ކުދިން ތަކަކާއި އެކުދިންގެ ކޯޗާއިއެކު ޖުމްލަ 12 މީހުންނެވެ. ބޮޑު ކާމިޔާބު އޮޕަރޭޝަނަކަށްފަހު މިކުދިން މިހޮހޮޅައިން ސަލާމަތް ކުރެވުނީ ތިން ދުވަސް މަތިންނެވެ.

ހޮހޮޅައިގައި ތާށިވުމުގެ ސަބަބުން ލުއި ވުމުގެ އިތުރަށް އިތުރު ސިއްޙީ މައްސަލަތައް މިކުދިންނަށް ދިމާވެފައިވެއެވެ. މިގޮތުން 3 ކުއްޖަކަށް ނިއުމޯނިޔާ ޖެހިފައިވާ ކަމަށް އޮޕިޝަލުންނާއި ހަވާލާދީ ބޭރުގެ މީޑިޔާތަކުން ބުނެއެވެ. ނަމަވެސް ސިއްޙީ މާބޮޑު މައްސަލަތަކެއް ނެތް ކަމަށް އޮފިޝަލް ވިދާޅުވެއެވެ.

މިއީ މިހާތަނަށް ކުރެވުނު އެންމެ ބޮޑު ރެސްކިއު އޮޕަރޭޝަންކަން ފާހަގަ ކޮށްލެވެއެވެ.