މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮވިޑްގެ އެންމެ ފަހުގެ ވޭރިއެންޓް ކަމަށްވާ އޮމިކްރޮންގެ ފަހުން ވެސް އިތުރު ކަންބޮޑުވާވަރުގެ ވޭރިއެންޓްތައް އަންނާނެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ބޮސްޓަން ޔުނިވާސިޓީގެ އެޕިޑެމިއޮލޮޖިސްޓް ލިއަނާޑޯ މާޓިނޭޒް ބުނެފައިވަނީ އޮމިކްރޮން އަކީ ދުނިޔެ ބިރުގަންނަ އެންމެ ފަހުގެ ކޮވިޑްގެ ވޭރިއެންޓަށް ނުވާނެ ކަމަށާއި އޭގެ ފަހުން ވެސް އިތުރު ވޭރިއެންޓްތައް އަންނާނެ ކަމަށެވެ.

އޭނާ ބުނެފައިވަނީ އޮމިކްރޮން ހަލުވި ކަމާއި އެކީ ފެތުރޭ ކަމަށާއި އެގޮތަށް ފެތުރެމުން އަންނަ ކަމުގައިވާނަމަ އިތުރު ވޭރިއެންޓްތައ އުފެދުމުގެ ފުރުސަތު ވެސް ބޮޑުވާނެއެވެ.

ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ އިންފެކްޝަސް ޑިޒީޒް އެކްސްޕާޓެއް ކަމަށްވާ ޑރ ސްޓުއާޓް ކޭމްޕްބެލް ރާއީ ވިދާޅުވި ގޮތުގައި، އާ ވޭރިއަންޓްތައް އުފެދުމުގެ ފުރުސަތު އެންމެ ބޮޑީ ދިގު، ތަކުރާރުކޮށް އިންފެކްޝަންތައް ފެތުރޭ މީހުންނަށެވެ.

2019 ވަނަ އަހަރުގެ ފަހު ކޮޅު ފެނިފައިވާ ކޮވިޑް-19ގެ ފުޅާވެގެން އިތުރު ވޭރިއެންޓްތައް ވެސް ވަނީ އުފެދިފައެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ މިއުޓޭޓްވެ އުފެދިފައި ވަނީ ދެކުނު އެފްރިކާއިން ފެނުނު B.1.351 ނުވަތަ ބީޓާ ވޭރިއެންޓެވެ. އޭގެ ފަހުން އިނގިރޭސިވިލާތުން B.1.1.7 (އަލްފާ) ފެނުނުއެވެ. އަލްފާގެ ފަހުން އިންޑިއާއިން B.1.617.2 (ޑެލްޓާ)، ބްރެޒިލް އިން P.1 (ގާމާ)ގެ އިތުރުން ދެކުނު އެފްރިކާއިން އަނެއްކާ ވެސް B.1.1.529 (އޮމިކްރޮން) ފެނުނެވެ.

އޮމިކްރޮން އަކީ އެންމެ ފަހުން މިއުޓޭޓް ވެފައިވާ ވޭރިއެންޓަށް ވާއިރު، މި ވޭރިންޓް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑަށް ހަލަބޮލިވެފައި ވަނިކޮށް ސައިންސްވެރިން މިހާރު ވަނީ "ޑެލްމައިކްރޯން" ގެ ނަމުން ނަން ދެވިފައިވާ އާ ނުރައްކަލެއް އުފެދުމާ ގުޅިގެން އިންޒާރު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙްމަދް

    ބިސްއަޅުވާ ވިއްސާ އެއްޗެއްވީމާ ވާނެ އެހެން……..
    ތީ އަހަރުމެން ދައްނަ ތިއަރީ އެކެވެ.

  2. ހުސްނީ

    ރާވާ ނިމިފަ އިން އެއްޗެއް ތީ.

  3. ތުއްތުނާ

    ތިޔަކަންތައްތިއޮތީ ދިއްގަރުރިހާކުރަށްވެފަ!