އެމެރިކާގައި ކޮވިޑް-19 އާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެމެރިކާގެ ރައީސް އަށް ލަފާ އެރުވުމުގައި އެންމެ އިސްކޮށް ހުންނަ ސައިންސްވެރިޔާ ޑރ.އެންތަނީ ފައުޗީ އާއި އޭނާގެ އަނބިމީހާ އަށް ކޮވިޑްގެ ތެރޭގައި އެތައް މިލިއަން ފައިސާއެއް ލިބި ދެމަފިރިންގެ މުއްސަނދިކަން އިތުރުވެފައިވާކަން ހާމަވެއްޖެއެވެ.
ޑރ.ފައުޗީ އަކީ އެމެރިކާގެ ނޭޝަނަލް އިންސްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީސްގެ ޑިރެކްޓަރެވެ. އަދި ކޮވިޑް ކޮންޓްރޯލް ކުރުމަށް އެމެރިކާ ސަރުކާރުން އަޅާ ފިޔަވަޅުތައް ނިންމުމަށް މަޝްވަރާ ކުރާ ވައިޓްހައުސްގެ ޓާސްކްފޯސްގައި އެންމެ އިސްކޮށް ހުންނަވަނީ ވެސް އޭނާ އެވެ.
ހުކުރު ދުވަހު އެމެރިކާގެ ސެނެޓް މެންބަރެއް ކަމަށްވާ ރޮޖާ މާޝެލް ވަނީ ޑރ.ފައުޗީގެ މާލީ ބަޔާން އާއްމު ކުރައްވާފައެވެ. އެމާލީ ބަޔާނުން އެނގޭ ގޮތުގައި ޑރ.ފައުޗީގެ ދެމަފިރިން ވަނީ 2020 ވަނަ އަހަރު 10 މިލިއަން އެމެރިކާ ޑޮލަރު (153 މިލިއަން ރުފިޔާ) އެކި ފަންޑުތަކުގައި އިންވެސްޓް ކޮށްފައެވެ.
ޑރ.ފައުޗީގެ ދެމަފިރިންގެ ނަމުގައި އިންވެސްޓް ކޮށްފައިވާ ފައިސާ އަކީ ޑރ.ފައުޗީގެ އެއްއަހަރު ދުވަހުގެ މުސާރައަށް ވުރެ އެތައް ގުނައެއް ބޮޑު އަދަދެކެވެ. އޭނާ އަށް އެއްއަހަރު ދުވަހުން މުސާރައިގެ ގޮތުގައި ލިބެނީ 434312 އެމެރިކާ ޑޮލަރެވެ. (އެއީ ދިވެހި ރުފިޔާ އިން 67 މިލިއަން ރުފިޔާއެވެ.)
ޑރ.ފައުޗީ ވަނީ އެތައް ފަންޑެއްގައި އިންވެސްޓް ކޮށްފައިކަން އޭނާގެ މާލީ ބަޔާނުން އެނގެއެވެ. އޭގެތެރޭގައި ޕިންމްކޯ އިންވެސްޓްމަންޓް ފަންޑާއި ޕެކްސް އެލެވޭޓް ގްލޯބަލް ވްމެންސް ލީޑާޝިޕް ފަންޑް ވެސް ހިމެނެއެވެ.
ޑރ.ފައުޗީގެ މާލީ ބަޔާން މީގެ ކުރިން އާއްމު ކޮށްފައެއް ނުވެއެވެ. ނަމަވެސް މިދިޔަ ހަފްތާގައި އެމެރިކާގެ ސެނެޓަށް ހާޒިރުކޮށް އޭނާގެ މާލީ ހިސާބުތަކާއި ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ވަނީ އެމައުލޫމާތު އާއްމުކޮށް ފެންނަން ހުންނާނެ ކަމަށް ވިދާޅުވެފައެވެ.
މިހާރު ސެނެޓްގެ ބައެއް މެންބަރުން ވަނީ ޑރ.ފައުޗީ ސެނެޓްގައި ދޮގު ހަދާފައިވާ ކަމާއި އަދި އޭނާގެ މާލީ ހިސާބުތަކަށް ބަލާއިރު އޭނާގެ ނަޒާހަތްތެރިކަން ގެއްލިފައިވާ ކަމަށް ވެސް ބުނަމުންނެވެ.
ޑރ.ފައުޗީ އެމެރިކާގެ ޕަބްލިކް ހެލްތު ދާއިރާގައި މަސައްކަތް ކުރައްވާތާ 50 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެމެރިކާގެ ކުރީގެ ރައީސް ރޮނަލްޑް ރޭގަން އިން ފެށިގެން މިހާތަނަށް އެމެރިކާގެ ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންނަށް ލަފާއަރުވާ ހާއްސަ އެޑްވައިޒަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރައްވާފައިވެއެވެ.
ކޮވްޑް އިޒް އަ ސްކޭމް. ވެކްސިންއާއި، ޓެސްޓް ކިޓްތަކާ ޕީސީއާރް ޓެސްޓްތައް ވިއްކަން ނެރެގެންއުޅޭ ރޯގާއެއް. މުޅި ދުނިޔެއަށް ފަތުރަނީ ގަސްތުގަ.
ބިންތު ފަންގިނެގީމާ އެނގޭނީ ކެޔޮކޭވަރު. އެހެންބަޔަކު ވެރިކަމަށް އައިސްގެން އެނގޭނީ ކޮވިޑް މުއްސަނދިކަން. މިރާއްޖޭގައިވެސް ......
އެމެރިކާގައި ކޮވިޑް-19 އާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެމެރިކާގެ ރައީސް އަށް ލަފާ އެރުވުމުގައި އެންމެ އިސްކޮށް ހުންނަ ސައިންސްވެރިޔާ ޑރ.އެންތަނީ ފައުޗީ އާއި އޭނާގެ އަނބިމީހާ އަށް ކޮވިޑްގެ ތެރޭގައި އެތައް މިލިއަން ފައިސާއެއް ލިބި ދެމަފިރިންގެ މުއްސަނދިކަން އިތުރުވެފައިވާކަން ހާމަވެއްޖެއެވެ.
—————————————————-
މިހެންވެ އަހަރުމެން މިބުނަނީ ކޮވިޑް19އަކީ ޖަރީމާއެކޭ މަކާރާއި ހީލަތުން ފުރިފައިވާ ވިއަފާރިއެކެ….އުފައްދައިގެން އުޅޭ ސިއްޙީބިރުވެރިކަމެކޭ….
ބެނުމަކީ ބޭހައި ވެކްސިން ވިްކައިގެން މިބައިމީހުން މުސްހަނދިވުމެވެ.
434312 އެމެރިކާ ޑޮލަރު 67 މިލިއަން ރުފިޔާއަަށް ވާނެ ގޮތެއް ނޭނގުނު..
ބުލެކު މާކެޓު އަގުން އެވަރު
six million six hundred ninety-seven thousand ninety-one
ރާއްޖޭ ވެންޓިލޭޓަރު ވަގާއި ޕީސީއާރު ޓެސްޓު ވަގަށްވުރެ ފަހަތުގައި ފައުޗީ އަދި ތި އުޅެނީ
ކޮވިޑް މާފެޔާ މެޑްސިން ، ކޮވިޑް 19 އަކީ އިންސާނުން ޓުރެފިކް ކުރަން ބަޔަކު މީހުން ޖަހާ ސަކަރާތެއް، މަގުފޭރުން ވައި ފޭރުން ކަނޑު ފޭރުން !
ރާއްޖޭގެ ހާލަތެއްނޭގޭދޯ ،
މިރާއްޖޭގަ ވެންޓިލޭޓަރު ނުއަގުގައި ގަނެ ބޮޑު އަގުގައި ފައިދާހޯދި ވަގުންވެސް މުއްސަނދިކަންމަތީ އަބަދު ތިބެވޭނެބާ ވެރިކަމުގެ އާރާއި ބާރުގަ މިއަދު މަށްސަލައޮށްބާލިޔަސް ރައީސްޔާމީން ވެރިކަމަށް އަރާ ނުފުރޮޅާނެ އެއްމެގަލެއްވެސް ނުބާއްވާނެ ހަނދާނާއި ތާރީހަށް މިކަން ބާއްވާ.