ޓްރަމްޕް އެމެރިކާގައި މިހާރު ކުރިޔަށް ގެންދަމުންދާ، ބޭރު ގައުމުތަކުން އެމެރިކާއަށް އަންނަ ގަނޫނާހިލާފަށް އެތެެރެވާ ހިޖުރަވެރިން ބޭރުކުރުމުގެ ސިޔާސަތަށް, ނޮބެލް ޕްރައިޒް ލިބިފައިވާ މަލާލާ ފާޑު ވިދާޅުވެއްޖެއެވެ.

ޓްރަމްޕު "ޒީރޯ ޓޮލެރަންސް" ގެ ނަމުގައި ހިންގަމުންދާ ހަރުކަށި މި ސިޔާސަތުގެ ދަށުން ހިންގުނު އޮޕަރޭޝަންތަކުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެތަށް ދަރީންނަކާއި މައިންބަފައިންނެށް ވަކިވެގެން ދިޔުމެވެ. އެގޮތުން މޭ މަހުގައި އޮޕަރޭޝަން ހިންގަން ފެށުނީއްސުރެ ދެހާސް ތިންސަތޭކައަށްވުރެ ގިނަ ކުޑަކުދިން ވަނީ އެކުދިންގެ މައިންބަފައިންނާ ވަކިވެފައެވެ. މިކަން މަލާލާ ސިފަކޮށްފައި ވަނީ ނުލަފާ އަދި ލާއިންސާނީ އަމަލު ތަކެއްގެ ގޮތުގައެވެ.

"މިއީ ނުލަފާ، ހަމަހަމަކަމެއްނެތް ލާއިންސާނީ އަމަލެއް. މިފަދަ ކަމެއް އެހެން މީހަކު ކޮށްފާނެ ކަމަށް އަޅުގަނޑު ހީވެސް ނުކުރަން" ބުދަ ދުވަހު ސައުތް އެމެރިކާގައި އަންހެން ދަރިވަރުންގެ ތައުލީމު ކުރިއެރުވުމަށް މަލާލާ ކުރައްވަމުން ދިޔަ ފުރަތަމަ ދަތުރުގެ ތެރެއިން ވާހަކަދައްކަވަމުން މަލާލާ ވިދާޅުވިއެވެ.

އަދި ހާލުގައި ޖެހިފައިވާ ކުދިން އެކުދިންގެ މައިންބަފައިންނާ އެއްކޮށް ދިރިއުޅުމުގެ ފުރުސަތު ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މަލާލާ ބުންޏެވެ.

ސައުތް އެމެރިކާއަށް މަލާލާ ކުރައްވަމުންދާ މި ދަތުރުގެ މައިގަނޑު ބޭނުމަކީ އޭނާގެ ތައުލީމު ފޯރުކޮށްދިނުމަށް ހިންގާ ޖަމިއްޔާގެ މަސައްކަތްތަށް ލެޓިން އެމެރިކާގައި ތައާރަފްކޮށް ފުޅާކުރުމެވެ. އެގޮތުން އޭނާ ލަނޑުދަނޑި ހިފާފައިވަނީ ލެޓިން އެމެރިކާގެ އެންމެ ބޮދު އިގްތިސާދުކަމުގައިވާ ބްރެޒިލް އިން އެގައުމުގެ އާންމު ތައުލީމުގެ ނިޒާމަށް ކުރާ ޙަރަދުތައް އިތުރުކުރުވުމެވެ.

ނަމަވެސް އާންމު ދަރަނިތަށް ކުޑަކުރުމަށްޓަކައި ފެޑެރަލް އެކައުންޓުތަށް ފްރީޒް ކޮށްފައިވާ ބްރެޒިލް އަށް މިކަން ވާނީ ދަތިކަމަކަށެވެ. އަދި މަލާލާ އުންމީދުކުރަނީ އޭނާގެ މިމަސައްކަތުން 1.5 މިލިއަން އަންހެންކުދިންނަށް ތައުލީމު ހާސިލުކުރާނެ ކުލާސްރޫމާއި ވަސީލަތްތަށް ހޯދައިދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިހާރު މިމަންޖެ ހަޑިވެއްޖެ! ކުރިން މަވެސް ހަމަ ކރިޔާ ސަލަމަތްވީ!