މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19ގެ އާ ވައްތަރުކަމަށްވާ އޮމިކްރޮން އަށް ހާއްސަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް އިންޑިއާއިން ފަށައިފިއެެވެ.

މި މަސައްކަތް ކުރަމުން ދަނީ އިންޑިއާގެ ޖެނޯވާ ބަޔޯފާމަސޫޓިކަލްސް އިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިކަމާއި ގުޅޭ މައުލޫމާތު އެނގޭ މީހަކު ރޮއިޓާސް އަށް ބުނީ، މި ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މަހެއް ނުވަތަ ދެ މަސް ދުވަހުގެ ތެރޭގައި މި ވެކްސިން ތައްޔާރު ކުރެވޭނެ ކަަމަށެވެ.

ނަން ހާމަކުރަން ބޭނުން ނުވާ އެ މީހާ ބުނީ ބޫސްޓާ ނުވަތަ ސްޓޭންޑަޑް ވެކްސިނެއްގެ ގޮތުގައި މި އުފެއްދުން ބާޒާރަށް ކުރުމުގެ ކުރިން އިންޑިއާގައި ޓްރަޔަލް ބުރު ކުރިއަށްގެންދަން ޖެހިދާނެ ކަމަށެވެ.

ޖެނޯވާއިން އަދި މިކަމާއި ގުޅިގެން އެއްޗެއް ބުނެފައެއް ނުވެއެވެ.

އޮމިކްރޮންއަށް ހާއްސަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާއިރު، ފައިޒަރ އިންކް އިން މިދިޔަ ހަފްތާގައި ބުނީ، އާ ވޭރިއަންޓަށް އަމާޒުކޮށް އަލުން ތައްޔާރުކޮށްފައިވާ ކޮވިޑް ވެކްސިނެއް އަންނަ މާޗް މަހުގެ ތެރޭގައި ލޯންޗުކުރެވިދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަލއއ

    ކަންތަކާޖެހުނީ އޭ ދޯ!!! ދިވެހިން ގަޔަށް ތިއެއްޗެއް ޖަހާނީ ފުރަތަމަވެސް

    5
    1
  2. ފިޔަވަޅު

    hmm furathama ves dhivehinn test kuran. Meedhaa taketha mee

    4
    1