އިންޑިއާގައި މުސްލިމް އަންހެން ކުދިން ބުރުގާ އަޅައިގެން ކޮލެޖުތަކުގެ ކްލާސްރޫމްތަކަށް ވަނުން މަނާ ކޮށްފިއެވެ.

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުގެ ދެކުނުގެ އުދުޕީ ޑިސްޓްރިކްޓްގައި ހުންނަ ސަރުކާރުން ހިންގާ ވިމެންސް ކޮލެޖެއްގައި ކިޔަވާ ހަ މުސްލިމް ދަރިވަރަކު ބުރުގާ އަޅާފައި ތިބުމުން، ކްލާހަށް ނުވައްދައި ދަރިވަރުން ބޭރުގައި ވަނީ ބައިތިއްބައިފައެވެ. ރިޕޯޓުތައް ބުނާގޮތުން އެ ކޮލެޖުން މިފަދައިން އަމަލު ކޮށްފައިވަނީ އެ ކޮލެޖުގެ އެޑްމިނިސްޓްރޭޝަން އުސޫލުތަކާއި ދެކޮޅުވާކަމަށް ތުހުމަތުކޮށެވެ.

ކޮންމެ ދުވަހަކު ކޮލެޖަށް މި ދަރިވަރުން ދިޔަކަމުގައި ވިޔަސް، ކްލާހަކަށް ނުވައްދާ ކަމަށް ބުނެފައި ވެއެވެ. މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުން ދަރިވަރުން ކިޔަވަމުންދަނީ ސިޑިމަތީގައި ތިބެގެންނެވެ. އަދި ހާޒިރީގައި އެކުދިން ކްލާހަށް ހާޒިރުވެފައިނުވާ ކަމަށް ނޯޓް ކޮށްފައިވާ ކަމަށް ވެސް ދަރިވަރުން ބުނެފައިވެއެވެ. ދަރިވަރުން ބުނަނީ އަހަރީ އިމްތިހާނުގައި ބައިވެރިވުމަށް ހާޒިރީގެ ވަކި އިންސައްތައެއް ނަގާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

ކޮލެޖުގެ ޕްރިންސިޕަލް ރޫދްރޭ ގޮއުޑާ މީޑިއާއަށް މައުލޫމާތުދެމުން ވިދާޅުވިގޮތުގައި ކްލާސްރޫމްތަކުގައި ބުރުގާ އަޅައިގެން ދަރިވަރުންނަށް ނުތިބެވެނީ ޔުނީފޯމުގައި ބުރުގާ ހިމެނިފައިނުވާތީ ކަމަށެވެ. އަދި އެޑިއުކޭޝަނުން ނެރެފައިވާ އެންގުންތަކަށް އެ ފަރާތްތަކުން ތަބާވަމުންދާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ބުރުގާ އަޅައިގެން ކްލާހަށް ވަދުން މަނާކުރުމުގެ ސަބަބުން އިންޑިއާގައި ރުޅިވެރިކަން އިންތިހާއަށް ބޮޑުވެފައި ވާއިރު، ކިޔަވާ ކުދިންނާއި، އެ ކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން އަންނަނީ ކޮލެޖް އެޑްމިނިސްޓްރޭޝަނުން މުސްލިމުންނާއި މެދު ތަފާތުކުރުންތަކެއް ގެންގުޅެމުންދާ ކަމަށް ތުހުމަތު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނނނ

    ތިއޮތީ ދެން ބޮޑުތަން އައިސްފައި. ބަލަކަލޭމެން ކިތަންމެ ފުުއްޕިއަސް ﷲ އެކަލާނގެ ދީން ކުރިއަރުވާނެ......އެކަން އެއޮތީ ޤުރުއާން ގައި އަންގަވާފަ

    22
    1
  2. ސަމާސާ

    Same thing will happen to Komandoo Dhaairaa.
    This agents of New Delhi based office are importing indian military.
    India Out

    8
    1
  3. Anonymous

    އަމިއްލަ ޤައުމުގައި އުފަންބިމުގައި މުސްލިމުން އުޅޭ ޙާލު
    އެހެން ޤައުމުތަކުގެ މުސްލިމުންނަށް ކިހާވަރަކަށް ހެޔޮއެދޭ ނެބާ

    18
  4. mI

    😞

    12
    1
  5. Anonymous

    އަދި ހެދުން ލައިގެން ކިޔަވަންދިއުން ވެސް މަނާކުރާނެ. ގެރިމޯދީ ހަލާކުކުރައްވާށި.

    24
    1
    • ޢަހުމަދުވަގާރު

      ekamaku nukurahvaeyhnu

  6. hamadhu

    Aslu rangalhu kameh

    14
  7. އލ

    ފަގުޑި އަޅާ ކުދިންނަށް ތި ގަވައިދު އޮވޭބާ؟ ނޫން ދޯ. އިންޑިއަންސް ހޭޓް މުސްލިމްސް. އެހެންވެ ބުނަނީ އިންޑިޔާ އައޫ……ޓް!

    13