ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ޗައިނާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންނަށް ވުރެ އިތުރު ވެއްޖެއެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 106595 އަށް އަރާފައެވެ. ޗައިނާ އިން މިހާތަނަށް ކޮވިޑަށް ފައްސިވެފައި ވަނީ 105258 މީހުންނެވެ.

އެންމެ ފަހުގެ ބޯހިމެނުން ދައްކާ ގޮތުގައި ޗައިނާގެ އާބާދީ 1.4 ބިލިއަނަށް އަރައެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއިއެކު ރާއްޖޭގެ އާބާދީ އަކީ އެންމެ ފަސްލައްކައެވެ.

ޗައިނާ އަކީ އެންމެ ފުރަތަމަ ކޮވިޑް-19 ފެނުނު ގައުމެވެ. ގޮތްނޭނގޭ ބައްޔެއް ޗައިނާގެ ވޫހާންގައި ފެތުރެމުންދާ ކަމަށް ފުރަތަމަ ރިޕޯޓް ކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު އެވެ. ރާއްޖެ އިން ކޮވިޑް-19 ފެނުނީ އޭގެ ގާތްގަނޑަކަށް ފަސްމަސް ދުވަސް ފަހުން 2020 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.

ރާއްޖެ އަކީ މިހާރު 116 ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ގައުމެވެ. ޗައިނާ އޮތީ މިލިސްޓްގެ 117 ވަނައިގައެވެ. މިލިސްޓްގައި ޖުމްލަ 224 ގައުމެއް ހިމެނެއެވެ.

ކޮވިޑް-19 އަށް މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ އެމެރިކާ އިންނެވެ. އެމެރިކާ އިން މިހާތަނަށް 67.6 މިލިއަން މީހުން ކޮވިޑަށް ފައްސިވެފައި ވެއެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވާ އިންޑިއާ އިން މިހާތަނަށް 37 މިލިއަން މީހުން ކޮވިޑަށް ފައްސިވެފައި ވެއެވެ.

ދުނިޔެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު 332 މިލިއަނަށް އަރައެވެ. އޭގެތެރެއިން 5.5 މިލިއަން މީހުން ވަނީ ކޮވިޑްގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަލިބެއްޔާ

    މީވެސް ދެން ހަބަރެތަ؟
    އަބަދުވެސް މި ބަލަނީ ސަރުކާރަށް ސަރުކާރު އަގުވައްޓާލެވޭތޯ

    2
    24
  2. ވަމުންދިޔަގޮތް

    ވާނެ އެތި ވަނީ. ދުނިޔޭތެރޭގައި ކޮވިޑްގެ ހާލަތު ނުބައިން ނުބަޔަށް ބަދަލުވަމުން ދާކަން އެނގޭ އިރުވެސް ރާއްޖޭގައި ގައިދުރުކަމަކަށް މާސްކްއެޅުމަކަށް ފަރުވާލެއް ނުބަހައްޓައި ދޭސީންނާއި ބިދޭސީން ރަށުތެރޭގައި އުޅެމުން ގެންދިޔައިރު އެ މަންޒަރު ފެނުނު ކަމާބެހޭ އެއްވެސް ފަރާތެއްނެތް. ވީމާ ވާނެގޮތްވީ. ފުރަތަމައިނުން އަމަލުކުރި ގޮތަށް މާސްކުއެޅުމާއި ގައިދުރުކަމާއި ސެނިޓައިޒްކުރުމުގެ ކަންތައް ހިންގައި ބެލެހެއްޓިއެއްޗަކީނަމަ މިއަދުގެ ހާލަތަށް ވެއްޓުމަކީ ވަރަށްދުރުކަމެކޭ ބުނަންޖެހެނީ.

    16
    6
  3. Anonymous

    އެކަމަކު އަދިވެސް ސްކޫލްތައް ބަންދުކުރާކަށް ނޫޅޭދޯ. ކުދިންނަށް ގޮތްގޮތްވާންފެށީމާ ތެޅިގަންނާނެ.

    19
    4
  4. ށުވޭސް

    ޢެއްމެ ވަޤުންވެސް ގިނައީ ރާއްޖޭގައި އޭގެތެރެއިން ވެރިކަންކުރި ވަގުންވެސް

    6
    17
  5. ކޮރަލް

    ގޭ ކޮޓަރި ތެރެއަށްވެސް ގެސްޓުން ވައްދަނީ އެވެ. ދެން އަންނަނީ ބަލި ހި
    ފައިގެންނެވެ. ތަފާތަކީ އެއީ އެވެ.

    23
    2
  6. ބުއްޅި

    ރާއްޖޭގަ އުޅެނީ ޖަރީމާ ކޮވިޑު

    21
    2
  7. ޖައްބު

    އަރަތެއް ،،،،،،.

    14
    1
  8. ރަން ރީނދޫ

    ދުނިޔޭގެ އެންމެ އާބާދީ ބޮޑީ ރާއްޖޭގެ. ކޯޗެއް އޮޅިގެން ތިއުޅެނީ. ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު ވެސް އޮތީ ރާއްޖޭގަ. މަށަށް ވެސް 25 ބުރީގެ ހޮހަޅަ އެޅިދާނެޔޯ. ޕަކާސް.

    25
    2
  9. ހަމްބުޅި

    ކޮއްމެ ތާކު ފިލާއޮތަސް ކޮވިޑް ހުރިހާ އެއްމެންނަށް ޖެހޭނެ. ބަލިޖެހިގެން ރަގަޅުވާނީ.

    4
    11
  10. ސސ

    ގިނަ ފަތުރު ވެރިންނާއި ލޭބަރުން ގިނައިން އަންްނަ ތަނެއްވީމާ ބަލި މީހުންވެސް ގިނަވާނެ !

    7
    4
  11. ޓްރަމްޕް

    ވާނެ އެއްޗެއް ވާން ދޫކޮށްލީމަ މިހެން ވެސް ވާނެ...

    3
    2
  12. ގ5ތ66

    އަދި އިވޭނެ ކޮވިޑު ތެރޭ އެންމެ ގިނައިން މުއްސަނދިވީ ދިވެހިންނޭ ކިޔާ އަޑު

  13. މިތުރާ

    ޜާއްޖޭގެ އާބާދީ އަކީ 4ލައްކަ ހަމަނު ވާ މީހުން އުލޭތަނެކޭ، ރާއްޖޭގެ އުޅޭ މީހުންގެ އަދަދު އުޅެނީ ޗައިނާ އަށް ވުރެން މަތީގަޔޭ، ވަގުތު ނިޔުސްއިން ރަގަޅު ސާ ވޭ އަށްކުރަން ފެނޭ، މާލޭގެ މީހުން ދިރިޢުޅޭ އަދަދު، މަގުމާތީގަ ވަންނާނެ ތަނެތް ނެތިފަ ތިބިމީހުންގެ އަދަދު، ކޯޓު ތަކުން މަގުމަތްޗަތް ރަށްށް ނުދެ ވޭ ގޮތަށް ހުކުމް ކޮށްފަތިބި މީހުންގެ އަދަދު، .ވެރިޔަކު ނެތް ގެރި ކޮށްޓެއްތީ، ނޭގެެ އިތުރު ވީ އަދަދާ މަދު ވި އަދަދު ވެސް ތިބުނާ އާބާދީ އަކުން، ކަންނެތް ބަޔެއްވެރިކަންކުރާތަނެއް ލޮލް

  14. ހަލިގަމު

    މިވަރު ވެގެން ދާއިރުވެސް ސްކޫލްތަށް ހުޅުވާފަ ހެޔޮނުވާނެ މިހާލަތުގަ ސްކޫލްތށް އޮންލައިން ކޮށްދެއްވަވާ

    4
    2