ކޮވިޑް-19ގެ ބަލިމަޑުކަން ނިމެން ގާތްވެސް ނުވާ ކަމަަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

ޖެނީވާގައި ހުންނަ ޑަބްލިއުއެޗްއޯގެ މައި މަރުކަޒުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓެޑްރޯސް އަދަނޮމް ގެބްރެޔެސޫސް ވިދާޅުވީ، މި ބަލިމަޑުކަން އަދި ނިމުމަކާ ގާތްވެސް ނުވާ ކަމަށެވެ. އޭނާ މިގޮތަށް ވިދާޅުވެފައިވަނީ ކޮވިޑްގެ ނުރައްކާތެރި ވޭރިއެންޓް، އޮމިކްރޮންގެ ވޭދަނަތައް އިތުރުވެފައިވެ، ބަލިމަޑުކަމުގެ ނުރައްކާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮވިޑްގެ އޮމިކްރޮން ވޭރިއަންޓަކީ ކުރީގެ ވޭރިއެންޓުތަކަށް ވުރެ ނުރައްކާ ކުޑަ ވޭރިއަންޓެއް ކަމަށް ދައްކާއިރު، މި ވޭރިއެންޓުގެ ސަބަބުން ބަލީގައި ބޮޑުވަރުވާ މީހުންގެ އަދަދު މަދުކަން ފާހަގަ ކޮށްލެވެއެވެ.

ކޮވިޑްގެ ބަލިމަޑުކަން ނިމުމަކާއި ގާތްވެފައިވާ ކަމާއި، ކޮވިޑަކީ އާދައިގެ ރޯގާއެއް ކަމަށް ބުނެ ގައުމުތަކުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދޭން ފަށާފައެވެ. މިކަމާއި ގުޅިގެން ޓެޑްރޯސް ވިދާޅުވީ ނުރައްކާނެތް މިންވަރަށް ހާލަތު އަދި ނުދާ ކަމަށެވެ. އަދި އޭނާ ވަނީ ބަލިޖެހޭ މީހުންގެ އަދަދާއި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާކަމުގެ އިންޒާރު ދީފައެވެ.

މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އެނގޭ ގޮތުގައި، ލިބެންހުރި ކޮވިޑް ވެކްސިންތަކުން ވެސް އޮމިކްރޮން ވޭރިއެންޓުން ދިފާއު ކޮށްދޭ މިންވަރު ކުޑައެވެ. ނަމަވެސް، ޓެޑްރޯސް ވަނީ ވެކްސިން ޖެހުމުގެ މުހިންމުކަން ފާހަގަކޮށް، ހަމަހަމަކަން ބޮޑު ގޮތެއްގައި ގައުމުތަކަށް ވެކްސިން ފޯރުކޮށްދީ، އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިނުމަށް ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނާހަމަތެދެއް؟؟

    އޭރުންތާ ކަލޭމެން އަށް އަދިވެސް ކެވޭނީ؟ މުއްސަނދިން މުއްސަނދިވަނީ.. ފަޤީރުން އިތުރަށް ބަނޑަށްޖެހެނީ.. ކޮވިޑް އަކީ ބޮޑުގޭމްއެއް..

    18
  2. ނާހަމަތެދެއް؟؟؟

    އޭރުންތާ ކަލޭމެން އަށް އަދިވެސް ކެވޭނީ؟ މުއްސަނދިން މުއްސަނދިވަނީ.. ފަޤީރުން އިތުރަށް ބަނޑަށްޖެހެނީ.. ކޮވިޑް އަކީ ބޮޑުގޭމްއެއް..

    18
  3. Anonymous

    އެކަން އެނގެޔޭ، ތި ޖަހާ ވެކްސިން ޖަހައިގެން މީހުންނަށް އިތުރު ބަލިތައް ޖެހި އަދި ދުނިޔޭގެ އާބާދީ ކަމުގައިވާ 7 ބިލިއަން މީހުންގެ ތެރެއިން 6 ބިލިއަން މަރުވަންދެން ތިކަން ހުއްޓާނުލާ ކުރިއަށް ގެންދާނެކަން އޮތީ މާކުރިން ވެސް އެނގިފަޔޭ. ކޮވިޑޭ ތިކިޔަނީ އާދައިގެ ރޯގާއަށޭ. އެއީ އެހެން އެއްޗެއް ނޫނޭ.

  4. އަޙްމަދް

    ކޮވިޑް-19ގެ ބަލިމަޑުކަން ނިމެން ގާތްވެސް ނުވާ ކަމަަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.
    ————————————_
    ދުނިޔެ މައްޗައް ދުވާލު އަރައިގެން އަށްނަނީ އިރުކަން އެނގޭ ފަދައިން އަހަރަުމެން ނަށް އެނގޭ ކަލޭމެން މިގޭމު ނުހުއްޓާނެކަން…..
    ކަލޭމެން އުފައްދާ ވެކްސިނާއި ބޭސް ވިއްކައިގެން ކަލޭމެން ބޭނުންވާވަރުގެ މަންފާއެއް ޙަސިލު ވީދުވަހަކުން ނޫނީ މީގޭމު ކަލޭމެން ނުހުއްޓާނެތެވެ.
    މިއީ ވެކްސިނާއި ބޭސް ވިއްކަން ވެގެން އުަފައްދައިގެން އުޅޭ ސިއްޙީބިރުވެރިކަމެކެވެ.
    ޢެހެނަސް ކޮވިޑް19އެކޭ ކަޔައިގެން އުފައްދައިގެން އުޅޭ މި ސިއްޙީބިރުވރިކަން ފަހަނައަލާ ގޮސް މީސްތަކުން މިކަމުން އަރާއިގައްނާނެ ދުވަސް މާދުަރަކުނެތެވެ.
    ޔޫރަޕު ބައެއްޤައު ތަކުން އިޓަލީ ޖަރުމަނު ފަދަ ޤައުމުތަކުގައި ކޮވިޑް 19 އާއި ދެކޮޅަށް ކުރާމުޒާހަރާތަކުން އެހުރީ ފެއްނާށެވެ.

  5. ހޭޖެހޭ

    ކަލޭގަޔަށް ތިޔަހުރިހާ އެއްޗެއް ޖަހައިގެން އޮއެބަލަ. އެއްދުވަހު ކިޔާ އެއްޗަކާ އަނެއް ދުވަހު ކިޔާ އެތި ދިމާނުވޭ. ކަލޭމެންގެމުސީބާތުން ސަލާމަތްވާނެ ވެކުސިނެއް ނެތްތަ. ބޮޑުވެއްޖެކަމެކޭ

  6. އަހައްމަދޫ

    މިމީހުން ކަމަކީ އިންޒާރުދީ މީހުން ބިރުގަންނަ ވާހަކަ ދެއްކުން، ދުވަހަކުވެސް މީހުން ހިތްހަމަޖެހޭ އުއްމީދު އާވާ ކަހަލަ ވާހަކައެއް ނުދައްކާ ލިބޭ ލާރިގަޑެއްގެ ބޮޑުކަމުން

  7. Anonymous

    ކަލެއައްލިބޭބައި މަދުވެދާނެތީދޯ