ޗައިނާއިން ސްރީލަންކާއަށް އެއް މިލިއަން މެޓްރިކް ޓަނުގު ހަނޑޫ ހިލޭ ދޭން ނިންމައިފިއެވެ.

ލަންކާގެ މަޖިލީހުގެ މެމްބަރު ބަންޑޫލާ ގުނަވާޑޭން އާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއަހަރުގެ މާޗް މަހުގެ ތެރޭގައި ދިނުމަށް ނިންމާފައިވާ މި ހަނޑޫ އަކީ ދެގައުމުގެ ދެމެދުގައި ރަބަރު ހަނޑޫ ޕެކެޓް އުފެއްދުމަށް 70 އަހަރު ފުރުމާއި ގުޅިގެން ދޭ ހަނޑޫ އެވެ.

މިނިސްޓަރ ބުނެފައިވަނީ އެ ހަނޑޫ އޭޕްރިލް މަސް ނިމުމުގެ ކުރިން އެގައުމަށް ލިބޭނެ ކަމަށެވެ.

ދެގައުމުގައި ރަބަރު ހަނޑޫ ޕެކެޓް އުފެއްދުމަށް 70 އަހަރު ފުރުން ފާހަގަ ކުރާއިރު، މި މަހުގެ 10 ވަނަ ދުވަހު ޗައިނާގެ ފޮރިން މިނިސްޓަރު ވާންގ ޔީ ވަނީ މި ދުވަސް ފާހަގަ ކުރުމަށް އެގައުމަށް ޒިޔާރަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ދިވެހިރާއްޖޭގެ ވެރިކަމުގައި ތިބި ސޮހޮލުންނަކަށެއް ނޭނގެ ދޯ އިންޑިއާއަށް އަޅުވެތިވުން ނޫން ކަމެއް ކުރަން. ކީއްވާނީ ޗައިނާއިން މިގައުމަށް ވެސް ހައެއްކަ މިލިއަން ޓަނުގެ ހަނޑު ހިލޭ ހޯދިއްޔާ.

    20
    4
    • ނިޒާރުބެ

      ޗައިނާއިން ނަގާފައޮތް ލޯނުތަކަށް ލުޔެއްހޯދަން ލަންކާއިން އާދޭސްކުރީމަ އެހާވަރުބައެއްވިއްޔާ ކީއްތަވާނި ހިންދެމިލެވޭވަރު ކޮށްލަދިންނަމަ އެންމެމުއްސަނދި ގައުމާއެކު ކޯލިޝަންހަދައިގެންވެސް ހާލުގަޖެހުނުދުވަހު ވީއެއްވެސްކަމެއްނެތް

      4
      13
  2. އިބުރާޙިމް ސަލީމް

    އަދަދު އެ އޮތީ ރަގަޅަކަށް ނޫން، 70 މިލިޔަން ޓަނުގެ ހަނޑޫ ލަންކާގެ ރައްޔިތުންނަކަށް ނުކެވޭނެ. ލައްކާގެ އާބާދީގެ ކޮންމެ ބޮލަކަށް 3 ޓަނު ހަނޑޫވީމަ ފުކެއް ބޮޑުހެން ހީވަނީ

    2
    1
    • ނުދަންނަމީހާ

      އެއްމިލިއަން ޓަނުގެ ހަނޑޫ ދެނީ. ދެގައުމުގައި ރަބަރު ހަނޑޫ ޕެކެޓް އުފެއްދުމަށް 70 އަހަރު ފުރުން ފާހަގަ ކުރަނީ. އަޅެ ހަމައެކަނި ސުރުޚީ ބަލާލިނަމަވެސް ދޯ!

  3. ޓ

    70 އަހަރޭ އޮތީ...1 މިލިއަން ޓަނޭ އޮތީ

  4. ޜ

    ލޯނުތަކަށް ލުއި ދިނޭ ނޭނގިގެން ތިޔާ އުޅެނީ

    • މައިޓީ

      ލައިން އޮފް ކްރެޑިޓް ގެދަށުން ލަންކާއަށް ތެޔޮގަންނަން އަވަށްޓެރި އިންޑިއާއިން 500 މިލިއަން ޑޮލަރުގެ އެހީދޭން ނިންމުމުން ޗައިނާޔާ ގުޅުންބޭއްވުމުގެ މާބޮޑުބޭނުމެއް ލަންކާއަކަށް ނެތްދޯ

    • އިސްމާއިލް

      ބައެއްމީހުންނަށް އެނގޭ ލަދުގަންނަންވެސް އެކަމު މީންއެއްޗަކު އަނގައިންދެރަނުވާނެ ތިޔަ ބޮޑުއިގްތިސޯދުގެ ވެރި ޗައިނާއަށް ބަރޯސާވި އެންމެގައުމެއް ބިކާރީވީމަ ލޯލާރިއެއްވެސް ދިއްކޮށްނުލި ލަންކާގެ ބިންތަކުގަ ބިލިއަނުން އިންވެސްޓުކޮށް އަނދުންއަޅުވާއުޅުނި ކޮންފަދަބޮޑު ހިކުމަތެއްގަކަން ސާފުވާވަރު ވެއޖެއްނު

      1
      1