ނުވާހާސް އަހަރުވެފައިވާ އިންސާނީ ކަށިތަކެއް، ބަންޑުންވެފައިވާ ހޮހަޅައަކުން ފެނިއްޖެ އެވެ.

އެ ހޮހަޅައަކީ މެކްސިކޯގައި ހުންނަ ހޮހަޅައެކެވެ. ދުނިޔެއަށް އެ ހޮހަޅަ މަޝްހޫރުވެފައިވައިވަނީ "ބަންޑުންވެފައިވާ ދުނިޔޭގެ އެންމެ ބޮޑު ހޮހަޅަ"އިގެ ނަމުންނެވެ.

އެ ހޮހަޅަ ދިރާސާކުރުމަށް ދިޔަ އާކިއޮލޮޖިސްޓުން ބުނެފައިވާ ގޮތުގައި، އެންމެ ފަހުން ދުނިޔެއަށް ކުރިމަތިވި އައިސް އޭޖްގެ ދުވަސްވަރުގައި ދުނިޔޭގައި އުޅުނު ޖަނަވާރުތަކާއި އިންސާނުންގެ ކަށިތަކެއް އެ ހޮހަޅައިން ވަނީ ފެނިފައެވެ.

ތަޖުރިބާކާރުން ގާބޫލު ކުރާ ގޮތުގައި އެ ހޮހަޅައަކީ އެ ޒަމާނުގައި ކުރިމަތިވި ހޫނުމޫސުންތަކާއި ޑްރޯޓްތަކުގައި ފެން ބުއިމަށް އޭރު އެސަރަހައްދުގައި ދިރިއުޅުނު ދިރުންތަކުން ބޭނުން ކުރަމުން އައި ހޮހަޅައެކެވެ. އަދި ދުވަސްތައް ހޭދަވަމުން އައިއިރު އެތަނުގައި ހުރި ފެނުގެ ލެވެލް މަތިވަމުން އައިސް މުޅިތަން ބަންޑުންވީ ކަމަށް އެފަރާތްތަކުން ދެކެއެވެ.

މީގެ އިތުރުން، އެ ހޮހަޅައަކީ މީގެ 11،700 އަހަރު ކުރިން އުފެދިފައިވާ ހޮހަޅައެއް ކަމަށްވެސް އެފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތަށް ނިންމައި އެތަނަކީ ދުނިޔޭގައި މިހާރު އޮތް އެންމެ އަގުހުރި އާކިއޮލޮޖިކަން ސައިޓުކަމުގައި ތަޖުރިބާކާރުން ވަނީ އެތަން ކަނޑައަޅާފައެވެ.