އެމެރިކާ ސިފައިން މިދިޔަ އަހަރު އަފްޣާނިސްތާނުން ފޭބި ދުވަސްވަރު ޑްރޯން ހަމަލާއެއްދީ އަފްޣާނިސްތާންގެ އެއްއާއިލާއެއްގެ ދިހަ މެންބަރުން މަރާލި މަންޒަރު ފެންނަ ވީޑިއޯ ޕެންޓަގަން އިން އާއްމުކޮށްފިއެވެ. އެހަމަލާގައި މަރުވި ދިހަ މީހުންގެ ތެރޭގައި ހަތް ކުޑަކުދިން ހިމެނެއެވެ.
އެމެރިކާ އިން ހަމަލާ ދިން މަންޒަރު ފެންނަ ޑްރޯން ފުޓޭޖް ޕެންޓަގަން އިން އާއްމުކުރީ އެވީޑިއޯ އާއްމު ކުރުމަށް އެމެރިކާގެ ނޫހެއް ކަމަށްވާ "ދަ ނިއުޔޯކް ޓައިމްސް" އިން އެދުމުންނެވެ. އެނޫހުން ވީޑިއޯ އާއްމު ކުރުމަށް އެދުނީ އެމެރިކާގެ މައުލޫމާތު ހޯދުމުގެ ގާނޫނުގެ ދަށުންނެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި އެމެރިކާ އިން ހަމަލާ އަމާޒުކުރީ ގެއެއް ކައިރީގައި މަޑުކޮށްފައި އޮތް ވެހިކަލަކަށެވެ. އެހަމަލާ އެމެރިކާގެ ޑްރޯނަކުން ދިނުމާއިއެކު ބޮޑު އަލިފާންގަނޑެއް ރޯވާ މަންޒަރު ވެސް ވީޑިއޯ އިން ފެނެއެވެ.
މިހަމަލާ އެމެރިކާ އިން ދިނީ މިދިޔަ އަހަރުގެ އޮގަސްޓް 29 ވަނަ ދުވަހު އެވެ.
އެމެރިކާ އިން އަފްޣާނިސްތާންގެ އެއްއާއިލާއެއްގެ ގިނަ މެންބަރުންތަކެއް މަރާލުމަށް ފަހު ފުރަތަމަ ބުނީ އެހަމަލާ ދިނީ އެހަމަލާ ދިނީ ހަނގުރާމަވެރިން ދަތުރު ކުރަމުން ދިޔަ ވެހިކަލަކަށް ކަމަށެވެ. އެވެހިކަލަކީ ކާބުލްގެ އެއާޕޯޓް ކައިރީގައި ގޮވުމެއް ގޮއްވާލުމަށް ގޮވާތަކެތި ހަރުކޮށްފައި އޮތް ވެހިކަލެއް ކަމަށް ވެސް އެމެރިކާ އިން އޭރު ބުންޏެވެ.
ނަމަވެސް ފަހުން އެމެރިކާ އިން އެއްބަސްވެފައިވާ ގޮތުގައި އެއީ ލިބުނު ރަނގަޅު ނޫން އިންޓެލިޖެންސް މައުލޫމާތަކަށް ބިނާކޮށް ދެވުނު ހަމަލާއެކެވެ. ހަމަލާގައި މަރުވި މީހުންނަކީ ހަނގުރާމަވެރިންނަށް ގުޅުމެއް ނެތް އާއްމުން ކަމަށް ވެސް އެމެރިކާ އިން އެއްބަސްވެފައި ވެއެވެ.
ކުށެއްނެތް ބަޔަކު މަރާލެވުނު ނަމަވެސް މިހަމަލާ ދިނުމުގައި ބައިވެރިވި އެމެރިކާ ސިފައިންގެ އެއްވެސް މީހަކަށް އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ވަނީ ބުނެފައެވެ.
އެމެރިކާ އިން ކުށެއް ނެތް އެތައް ބަޔަކު މަރާލި މައްސަލައިގައި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމާއަތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ނަމަވެސް އެކަމަށް އެމެރިކާ ސަރުކާރުން އެއްވެސް ސަމާލުކަމެއް ދީފައެއް ނުވެއެވެ.
އަފްގާނު މީހުން އަފްގާނު މީހުން މިސްކިތުގަ ތިއްބާ މަރާ ވީޑިޔޯއެއް ނެތްތަ
އަފްގާނުގަ މީހުން މަރާހެދީ އެމެރިކާ ސިފޭން އަރާފަ
މިސްކިތް ގޮއްވަނީ ކޮންބައެއްބާ
އިންސާނީ ޙައްޤު އޮންނާނީ އެމެރިިކާ ބޭނުންވާގޮތަކަށް.
ވ ދެރަ. އެކަމަކު އަދި އެއަށްވުރެ މާ ދެރަ ތިކަން ފެންނަ ބަލާނެ އިދާރާއެއް މި ދުނިޔޭގަ ނެތީމަ... ބޭނުން ކަމެއް ކޮށްފަ އެމެރިކާއާ އިސްރާހެލް އެ ތިބެނީ ހުރިހާ ކަމަކުން ރެކިގެން. އައިސީސީއަކީ ނަމެއްގަ އޮންނަ ތަނެއް.
ތިއަށްވުރެ ގިނައިން އަފްގާން މީހުން އަފްގާން މީހުން މަރާ. އެކަހަލަ ވީޑިއޯ އެއް ބޭނުންވަނީ. ތީކީ އެއްވެސް އުރަތްޕެއް ހުރި ވީޑިއޯއެއް ނޫން