ޓޮންގާއަށް އެރި ސުނާމީގައި ކަނޑުވި މީހަކު 27 ގަޑިއިރު ފަހުން ސަލާމަތް ވެއްޖެއެވެ.

އުމުރުން 57 އަހަރުގެ ނުކުޅެދުންތެރިކަން ހުންނަ ލިސާލާ ފޮލައު މީޑިއާ ތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ސުނާމީގައި ކަނޑުވެ އޭނާ 9 ފަހަރަށް އަޑިޔަށް ދިޔަ ކަމަށާއި އޭގެ ފަހުން އޭނާ ސަލާމަތް ވެފައިވަނީ ވަކަރުގަނޑެއް ކަހަލަ އެއްޗެއްގެ ސަބަބުން ކަމަށެވެ.

"އަޑިއަށް ދިޔަ 8 ވަނަ ފަހަރު ހީކުރީ ދެން އަޑިއަށް ގޮއްސިއްޔާ ނިމުނީއޭ. އެއީ އަޅުގަނޑުގެ އަށް ބަލިވެފައިވާތީ. ހަމަ އެކަނި ފެންގަނޑުގެ މަތީގައި އޮންނަން އެހީ ލިބެނީ އަތުގެ ސަބަބުން" ފައިގެ ވާގި ދޫވެފައިވާ ލިސާލާ ބުންޏެވެ.

އޭނާ ބުނީ، ނުވަ ވަނަ ފަހަރު އަޑިއަށް ދިޔަ ގޮތަށް އަތުގައި ޖެހުނީ ވަކަރުގަނޑެއް ކަހަލަ އެއްޗެއް ކަމުން އޭގައި ހިފައިގެން މައްޗަށް އެރުނު ކަމަށެވެ. އަދި އޭގެ ފަހުން އެއްގަމާއި ހަމައަށް ދެވެން ދެކަށް އޮތީ އޭގައި ހިފައިގެން ކަމަށް އޭނާ ބުންޏެވެ. އެގޮތުން 7.5 ކިލޯ މީޓަރަށް އޭގައި ހިފައިގެން އޭނާ ފެތި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނެފައިވަނީ ސުނާމީގެ ފުރަތަމަ ރާޅު އެރުމާއި އެކީ އޭނާ އެރީ އުސް ގަހަކަށެވެ. އެހެން ނަމަވެސް އޭނާ ތިރިއަށް ފޭބި ތަނުން ދެވަނަ ރާޅު އައިސް އޭނާ ކަނޑަށް ދަމައިގަތީ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޓޮންގާގެ ކަނޑު އަޑީގެ އަލިފާން ފަރުބަދައެއް ގޮވައި އުފެދުނު ސުނާމީގައި އެގައުމުން ތިން މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފައެވެ. އަދި މި ހާދިސާގައި އެގައުމުގެ ބައެއް އަވަށްތަކާއި ރިސޯޓުތައް ވެސް ސުންނާފަތިވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި އޭނާ ދިރިއުޅެމުން އަންނަ 60 މީހުންގެ އާބާދީ އޮންނަ އަޓާޓާ ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުރާބެ

    ކެރަފާ ނަޝީދާއި ހާދަ ވައްތަރު މީހެކޭދޯ.

  2. ޖާމުނަގަރް

    އަޑިގައި އޮތް ވަކަރެއްގަ ހިފައިން އަދިއެރީ މައްޗަށް !! ހާދަގަދައޭ