ކޮވިޑް-19ގެ އާ ވައްތަރެއް ކަމަށްވާ އޮމިކްރޮންގެ ވެސް އާ ވައްތަރެއް ފެނިއްޖެއެވެ.

މީގެ ކުރިން ސައިންސްވެރިން ދައްކަމުން އައީ ކޮވިޑް-19 މިއުޓޭޓްވެ އެކި ކަހަލަ ވޭރިއެންޓް ނުވަތަ ވައްތަރުތައް އުފެދެމުން އަންނަ ވާހަކައެވެ. އެހެން ނަމަވެސް ކޮވިޑްގެ ވޭރިއެންޓެއް މިއުޓޭޓްވެ އިތުރު ވޭރިއެންޓެއް އުފެދުމާއި އެކީ ބިރުވެރިކަން ވަނީ އިތުރުވެފައެވެ.

އިނގިރޭސިވިލާތުގެ ހެލްތް ސެކްރެޓަރި އޭޖެންސީން ބުނެފައިވަނީ އަލަށް ފެނިފައިވާ އޮމިކްރޮންގެ ވައްތަރަށް ދީފައިވާ ނަމަކީ "ވޭރިއެންޓް އޮފް އަންޑަ އިންވެސްޓިގޭޝަން" ނުވަތަ BA.2 ކަމަށެވެ.

އޮމިކްރޮން އަށް ސައިންސްވެރިން ދީފައިވާ ސައިންޓިފިކް ނަމަކީ BA.1 އެވެ.

އެ އޭޖެންސީން ބުނެފައިވަނީ މި ވައްތަރު ޖެހިފައިވާ މީހުންގެ އަދަދުތައް މަދު ކަމަށާއި މި ވައްތަރާއި ގުޅިގެން ހަދަން ޖެހޭ ތަހުގީގުތައް މިހާރު ހަދަމުން އަންނަ ކަމަށެވެ.

މި ވައްތަރަށް އެންމެ ފުރަތަމަ މީހަކު ފައްސިވެފައިވަނީ އިނގިރޭސިވިލާތުން މި މަހުގެ 10 ވަނަ ދުވަހު ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އެހެން ކަމުން އިނގިރޭސިވިލާތުގެ ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ލަފާ ކޮށްފައެވެ.

އޮމިކްރޮންގެ އާ ވައްތަރާއި ބެހޭ ގޮތުން މައުލޫމާތު ތަކެއް ނޭނގުނު ނަމަވެސް އޮމިކްރޮން ފެތުރޭ މިންވަރު އެހެން ވޭރިއެންޓްތަކަށް ވުރެ އަވަސް ކަން ގިނަ ބަޔަކަށް އެނގެއެވެ. އެހެން ކަމުން އޮމިކްރޮން އިން އުފެދިފައިވާ ވައްތަރު އެއަށްވުރެ ހަލުވި ކަމާއި އެކީ ފެތުރި އާންމުން ނުރައްކަލަށް ހުށަހެޅިދާނެ ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޖީހާންކޮއެ

    ވިޔާފާރީގެ ތަފާތު ބްރޭންޑްތައް މިހެން ކީއްވެބާ މި ނުކިޔަނީ.... ޑރ.ން ވިޔަފާރިވެރިންނާ ގުޅިގެން ހިންގާ ބޮޑު ޖަރީމާގަނޑު ފަޅާއަރާ ދުވަސް ވަރަށް ގާތުގައި އޮތީ ، ރައްޔިތުން ބިރުދައްކައިގެން ރުފިޔާ ހޯދަން ކުރާކަމެއް މީ .... އެޗް.ޕީ.އޭ ޑރ ންގެ ޓީމަށް ޕީސީއާރު ހަދައިގެން ލިބޭ އާމްދަނީ ފަޅާ އަރުވާލަން މި ރެޑީވަނީ ، ވިސްނާވެ ތިބޭތި ސައްޙަ ޑޮކިޔުމެންޓާ އެއްކޮށް ރައްޔިތުންނަށް ހާމަ ކުރާނީ....

    51
    3
    • Anonymous

      ވެއިޓިންގ އީގަރލީ

    • ކިއުން ތެރިއެއް

      ޖީހާން ކޮއެގެ މަސައްކަތައް ކާަމިޔާބީ އެދެން

  2. މަ

    މިކަން ނިމޭނެ؟

    21
  3. ޒާ

    މިހާރުދެން ތީ ބޮޑުގުޅަ. ކާކުތަ ތިކަމާ ކަންބޮޑުވެ އުޅެނީ؟

    28
  4. ސަދޫމު ސިޓީ

    ދުނިޔެ ނިމުމަކަށް އަންނަނީ ދެން ހެޔޮކަމެތް ކުރެވޭތޯ ބަލަންވީ އެހެން ނަމަވެސް މި ރާއްޖޭގަވެސް މީހުން ދުނިޔޭގެ އުފަލާހަދައިގެން އުޅޭތަންފެންނަނީ އިސްލާމްދީނުގެ ރީތި އުސޫކުތަަށް މުގުރާލާ ދީނަށް ހަޖޫޖަހާ މަލާމާތްކޮށް ހިތުހުރި ކަމެތް ކުރާއިރުވެސް ހަމަ ހެވިފަ އަތްޖަހަންތިބޭތަން ފެެނިގެން ދަނީ ކާކަށްތޯ ޔަގީންކަމެތް އޮތީ އެންމެ 5 މިނެޓުގަވެސް މި ދުނިޔޭގަ ހުރެވޭނެކަމެތް މުޅި ގައުމުގަ ބަލިމަޑުކަން އެކިވަށްތަރުގެ ބަލިތަށް

    52
    1
  5. ރަބަރޭ

    ކޮރޯނާގެ މުޅިންއާ ވައްތަރެއް ކޮރޯނާގެ މުޅިންއާ ބުރޭންޑެއް މިހާރު ފެނިގެން އެބައުޅޭ އެމެރިކާއިން ތިޔަޖެހި އެއްވެސް ޑޯޒެއް ބޫސްޓަރ ޑޯޒެއް މިއާވަށްތަރަކަށް ނުގުޑާނެ ޖެހޭނީ 4 ވަނަ ޑޯޒް ވެސް ޖަހަން މިހާރު އިޒުރޭލު މީހުން 5 ވަނަ ޑޯޒް ޖަހައިފި 6 ވަނަ ޑޯޒް ޖެހުމަން ތައްޔާރު ވަނީ

  6. އާދަނުބެ

    ވިހެއީދޯ

  7. 🙄

    ނޮޓް އިންޓަރެސްޓެޑް

  8. Anonymous

    ހަހހަހަހަ އަނެއްކާ ވެކްސިން ހަދަން ފަށާ

  9. 🙄

    ދެން ދޯ 🚑