އާދަޔާހިލާފަށް ސްނޯފައިބާ ސައުދީއަރަބިއްޔާގެ ހަ ސަރަހައްދެއްގައި ބޭރަށް ނުކުމެ އުޅުމަށް ދަތިވެއްޖެ އެވެ.

ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރާގޮތުގައި ހުކުރު ދުވަހުން ފެށިގެން ސައުދީއަށް އާދަޔާ ހިލާފަށް ސްނޯ ފައިބަމުން ދާއިރު އެންމެ ފަހުން އެގައުމަށް މިވަރަށް ސްނޯފައިބާފައިވަނީ ކޮންއިރަކުކަންވެސް ނޭނގޭ ކަމަށެވެ.

ސައުދީގެ އުތުރުގެ ހަ ސަރަހައްދަކަށް ފައިބަމުންދާ ސްނޯގެ ސަބަބުން އެއްވެސް ގޮތަކަށް ބޭރަށް ނުކުމެ އުޅެން ފަސޭހަ ނޫންކަމަށް މީޑިޔާތަކުން ބުނެއެވެ. އެގޮތުން ބައެއް ހިސާބުތަކުގެ ފިނިހޫނުމިން މައިނަސް ތިން ޑިގްރީއަށް ގޮސްފައިވާއިރު މިއީ ސައުދީ ފަދަ ހޫނު ގައުމެއްގައި ދިރިއުޅޭ ބަޔަކަށް ދަތިކަމަކަށް ވަނީ ވެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި އުތުރު ބޯޑަރު ސަރަހައްދުގެ ތުރާއިފް ސިޓީގައި ބުދަ ދުވަހު މައިނަސް ހަ ޑިގްރީ ސެލްސިއަސް އަށް ފިނިހޫނުމިން ރެކޯޑް ކުރެވިފައިވެއެވެ. މިއީ ފާއިތުވި 30 އަހަރުގެ ތެރޭގައި ސައުދީން މިހާތަނަށް ރެކޯޑް ކުރި އެންމެ ދަށް ފިނިހޫނުމިންކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާއިން މައުލޫމާތު ދެއެވެ.

ހުކުރު ދުވަހު އުރުދުންގެ ބޯޑަރު ކައިރީގައި އޮންނަ ތުރާއިފްގައި ރެކޯޑް ކުރެވިފައިވާ ފިނިހޫނުމިން މައިނަސް ތިން ޑިގްރީ ސެލްސިއަސްގައެވެ. އުރުދުންއާއި އުރުދުން ގުޅޭ ބޯޑަރުގައި އޮންނަ ޤުރައިތު ސިޓީގެ ފިނިހޫނުމިން ވަނީ މައިނަސް 2 ޑިގްރީއަށް ދަށަށް ގޮސްފައެވެ. އުތުރުގެ ސަރަހައްދުތަކުގައި ވެސް ހައިލްގައި ވެސް ކަން އޮތީ ހަމަ މިފަދަ ގޮތަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނޭޝަނަލް ސެންޓާ އޮފް މީޓިއޮރޮލޮޖީ (އެންސީއެމް)ގެ ރިޕޯޓެއްގައި ބުނެފައިވާގޮތުން މިހާރު ސައުދީއަށް ކުރިމަތިވެފައިވާ ފިނި މޫސުމުގެ ސްނޯގެ ސަބަބުން ހަފްތާ ބަންދުގައި ގިނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޑިރާސަ

  މުހައްމަދުގެ ޖަރީމާތަކުގެ ނަތީޖާ ،، އިލާހީ ކޯފާއަށް ބެލުމެއްނެތި މުޙައްމަދު ހުޅަނގާއި ގުޅިގެން ޖަރިމާ ހިންގަނީ

  15
  3
 2. އައްޔާ

  ސައިންޓިސްޓުން ބުނަނީ ދުނިޔެ ހޫނުވަނީއޭ! ދެން ކީއްވެޔޯ އަބަދު ހޫނު ތަނެއް ފިނިވެގެންގޮސް ސްނޯ ފައިބަނީ!

  16
  4
 3. ޖާނޭ

  ﷲގެ މުޢުޖިޒާތާއި ރަސޫލާގެ ހަދީޠުފުޅު ތަކުގެ ތެދުކަމާއި މަތިވެރިކަން. މީގެ 1400 އަހަރު ކުރިން އެކަލޭގެފާނު ހަދީޠް ކުރައްވާފައިވާ ބަސްފުޅު ހަނދުމަކޮށްލައްވާ! ދުނިޔެ ނިމުން ގާތްވެއްޖެކަމުގެ ބައެއް ޢަލާމާތް ތަކުގެ ހަދީޠް ފުޅު ތަކުގައި ސައުދީ އެރޭބިއާ އަށް ސްނޯބޭބުމާއި ކޯރުތައް ފުރި އުޖާލާވެގެން ދިއުން ހިމެނއެވެ. ﷲ އަކްބަރް. ﷲ އަކްބަރް.

  20
  5