އިންޑިޔާއާއި ދެކޮޅަށް ވާހަކަ ދައްކާފައިވާ 20 ޔޫޓިއުބް ޗެނަލަކާއި 2 ވެބްސައިޓެއް ބްލޮކް ކުރުމަށް ފަހު އިންޑިޔާއާއި ދެކޮޅަށް ވާހަކަ ދައްކާ ޗެނަލްތަކާއި ވެބްސައިޓްތައް ބްލޮކް ކުރާނެ ކަމަށް އިންޑިޔާގެ ސަރުކާރުން އަންގައިފިއެވެ.
އިންޑިޔާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރ އަނޫރާގު ޓާކޫރު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ އިންޑިޔާއާއި ދެކޮޅަށް ވާހަކަ ދައްކާ ޗެނަލްތަކާއި ދެކޮޅަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.
''އެފަދަ މީހުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އަޅުގަނޑު އަންގައިފިން. ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ވެސް މިކަން އެނގިފައިވާތީ އުފާކުރަން. ޔޫޓިއުބުން ވެސް ކުރިއަށް ނުކުމެ އެފަދަ ފަރާތްތަކުގެ ޗެނަލްތައް ބްލޮކް ކޮށްދީފި'' މިނިސްޓަރ އަނޫރާގު ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނުގައި އިންޑިޔާއާއި ދެކޮޅަށް ވާހަކަ ދައްކައި ދޮގު ޚަބަރު ފަތުރާ ފަރާތްތަކާއި މެދު މިގޮތަށް ފިޔަވަޅު އެޅިގެންދާނެ ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރގެ ވާހަކައިގައި އިންޑިޔާގެ ސިފައިންނާއި އިންޑިޔާގެ ބައެއް މުހިންމު ތަންތަނާއި ދަނޑުވެރިންގެ މުޒާހަރާ ތަކާއި ބެހޭގޮތުން ދޮގު ޚަބަރު ފަތުރާފައިވާ 20 ޔޫޓިއުބް ޗެނަލަކާއި ދެކޮޅަށް ފިޔަވަޅު އަޅާފައިވާނެ ކަމަށް ފާހަގަ ކުރެއްވިއެވެ. އަދި މި ޚަބަރުތައް ފަތުރަނީ ޕާކިސްތާނުގައި ތިބި ގުރޫޕަކުން ކަމަށް ވެސް މިނިސްޓަރ ތުހުމަތުކުރެއްވިއެވެ.
މި ޗެނަލްތައް ސަބްސްކްރައިބް ކޮށްފައިވާ މީހުންގެ އަދަދު 35 ލައްކައަށް އަރައެވެ. އަދި މި ވީޑިއޯތައް ބަލާފައިވާ މީހުންގެ އަދަދަކީ 55 ކްރޯރް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
އެންމެ ބޮޑު ޑިމޮކްރަސީ ޔޯ!!ޑިމޮކްރަސީގެ ބަފާ ޔޯ.ލަދު ކޮބާ؟؟ ކިޔާނަން / ލިޔާނަން.ބްލޮކްކޮށްބަލަ. ވ.ވެދުން
މޯދީ އައިފަހުން ޑިކްޓޭޓަރޝިޕެއް އެތާ އޮންނަނީ. މޯދީއަށް ފާޑުކިޔާ ނޫސްތައްވެސް ބަންދުކޮށް ޓީޥީ ޗެނެލް ތަކަށް ވެސް ބިރު ދައްކަ މުން ދަނީ . މަރާލީ ކިތައް ނޫސް ވެރިން ކަމެއް ނޭނގެ އެމީހުންގެ ޕާޓީ މީހުނަށް ފާޑުކިޔާތީ
އިންޑިޔާ އައުޓް // އިންޑިޔާ އައުޓް //
ޙައްދު ފަހަނަ އެޅި ހިންދޫންގެ ހާލަތު.
އިންޑިއާ އައުޓް// އިންޑާ އައުޓް// އިންޑިއާ އައުޓް
މި މީހުންގެ ހަލާކު އައިސް ކައިރިވެއްޖެ
ދެން ޕީޕީތައް އަތްޖަހާ
އިންޑިއާގެ ތިޔަ ބުދު ދީން ތަކަށް އަޅުކަން ކުރާ އެންމެން ވަނީ ހަލާކުގެ ތެރެއަށް ވެއްޓިފަ ! ދެން އޮތީ އެފަދަ މީހުން ނެތިދިއުމުގެ ވަގުތު ޖެހުން ! އެވަގުތު ޖެހުނީމާ ލަހެއްފަހެއް ނެތި އެބައިގަޑު ނެތި ހިގައިދާނެ !
މަ ބަލާނަން ޔޫޓިއުބަށް ބްލޮކްކުރެވެނީތޯ މަށަށް ހުޅުވެނީތޯ. ކުޅިސަމާ ދައްކާލާނަން ޓިއުބޭޢަށް. ހުސް ހިންދީ ފިލްމް ލާނީވެސް
އެއީ |ދިމޮކްރަސީގެ ބަފައިބެ