ކޮވިޑް-19ގެ ބޫސްޓާ ޑޯޒުން އިމިކްރޮން ޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެނދުމަތި ކުރާ މީހުންގެ 90 އިންސައްތަ ދައްކޮށްދޭ ކަމަށް އާ ދިރާސާއަކުން ބުނެފިއެވެ.

އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އާންމު ކޮށްފައިވާ މި ދިރާސާގައި ވަނީ ކޮވިޑްގެ އިތުރު ރާޅާފައި އެކީ ގިނަ ބަޔަކު ބޫސްޓާ ޑޯޒު ޖަހަން އިލްތިމާސް ކޮށްފައެވެ. އަދި ބޫސްޓާ ޑޯޒުގެ ސަބަބުން ތިމާއަށް ރައްކާތެރިކަން އިތުރަށް ލިބޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ފެނުނު އޮމިކްރޮން ވޭރިއެންޓް ޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެނދުމަތި ކުރާ މީހުންގެ އިންސައްތަ އެހެން ވޭރިއެންޓްތަކަށް ވުރެ މަދުވި ނަމަވެސް ބައެއް ގައުމުތަކުގައި މި ބަލި ޖެހިގެން ގިނަ ބަޔަކު ވަނީ އެނދުމަތި ކޮށްފައެވެ.

އެމެރިކާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 210 މިލިއަން މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ކޮށްފައިވާ 39.5 އިންސައްތަ މީހުން ބޫސްޓާ ޑޯޒު ފުރިހަމަ ކުރަން ޖެހެއެވެ.

ސީޑީސީގެ ދިރާސާގައި ބުނެފައިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒުން ރައްކާތެރިކަން ގިނަ ބަޔަކު ލިބުނުކަން އެނގިގެންދާ ކަމަށާއި އެހެން ކަމުން ބޫސްޓާ ޑޯޒުން ވެސް އިތުރު ރައްކާތެރިކަން ލިބޭނެ ކަމަށެވެ. އަދި ބޫސްޓާ ޑޯޒު ޖެހުމުން އޮމިކްރޮން ޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެނދުމަތި ކުރާ މީހުންގެ އަދަދު 90 އިންސައްތަ ދަށްކޮށްދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮރަލް

    ސައިޑް އިފެކްޓް ވެސް ކިޔާ ދީބަލާށެވެ. ވެކްސިން ދިނީމަ ދުވަސް ކޮޅަކުން އާޑޯޒް އެއް ޖަހަން ޖެހެނީ ބާރު ދެރަ ވާތީ އެވެ. ބޫސްޓަރ ޑޯޒް ވެސް ޖަހާ ދުވަސް ކޮޅު ރަނގަޅު ވާނެ އެވެ.

    2
    1
  2. Anonymous

    ހުސް ފޭކު ދެންކިޔާނީ މަހަކު އެއްފަހަރުއޭ.

  3. ބީރުމީހާ

    ތިޔާ ބުނާ ބޫސްޓާސް ޖަހައިގެން މިއުޅެނީ ނުތެދުވެ 3ދުވަސްވީ

  4. 😐😐

    ސީޑިސީ، އެފްޑީއޭ، ފައުޗީ މިއެންމެނދަނީ ހުރިހާކަމެއް އޮޅުވާލަމުން.