ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި ބަލިން ދިފާއުވުމަށް އުފައްދާ ވެކްސިންގެ ދިރާސާއަކަށް ގެންގުޅުނު އެއް ރާމާމަކުނު ފިލައިފިއެވެ.

މި ރާމާމަކުނު ފިލާފައި ވަނީ އިތުރު ރާމާމަކުނު ތަކަކާއެކު އެމެރިކާގެ ޕެންސިލްވޭނިއާގެ ހައިވޭއަކުން ލޮރީއެއްގެ ތެރޭގައި ދަތުރު ކުރަމުން ދަނިކޮށެވެ. މި ލޮރީ ކުނި ޕިކަޕެއްގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި ބައެއް ރާމާމަކުނުތަކަށް މަގުތަކަށް ނުކުމެވޭ ގޮތްވިއެވެ. އެ ލޮރީގައި 100 ރާމާމަކުނު ތިއްބެވެ.

ޕެންސިލްވޭނިއާ ސްޓޭޓްގެ ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައި ވަނީ ހުކުރު ދުވަހު ކަމަށެވެ. މި އެކްސިޑެންޓާ ގުޅިގެން ހަތަރު ރާމާމަކުނެއް ފިލާފައިވާއިރު އޭގެ ތެރެއިން މިހާތަނަށް އަތުލައިގަނެވިފައި ވަނީ އެންމެ ތިން ރާމާމަކުނެވެ.

މި ހުރިހާ ރާމާމަކުނުތައްވެސް ވެކްސިން ތަހުލީލުކުރުމަށް ބޭނުންކުރަނީ އެމެރިކަން ވެޓެރިނަރީ މެޑިކަލް އެސޯސިއޭޝަންގެ ގައިޑްލައިންތަކާ އެއްގޮތަށް އިންސާނިއްޔަތުކަމާއެކު ކަމަށް ކަމާބެހޭ ފަރާތްތަކާއި ހަވާލަދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ގެއްލިގެން ހޯދަމުންދާ ރާމާމަކުނާ ކައިރި ނުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފައިވާއިރު އެ ރާމާމަކުނު ފެނިއްޖެ ފަރާތެއް ނަމަ ވަގުތުން ފުލުހުންނަށް އެކަން އެންގުމަށް އެ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ބުނީ މި ރާމާމަކުނުތަކަކީ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމެއް ކަމަށްވާ މޮރިޝަސްއިން ނިއުޔޯކް އަށް ވައިގެ މަގުން ގެނެސްފައިވާ ރާމާމަކުނުތަކެއް ކަމަށެވެ. އަދި މި ރާމާމަކުނުގެ ޝިޕްމަންޓް ދަތުރުކުރަމުން ދިޔައީ ސީޑީސީގެ ހުއްދަ އޮންނަ ކަރަންޓީން ފެސިލިޓީއަކަށް ކަމަށް ފުލުހުން ބުނެއެވެ.

މި ރާމާމަކުނު ހޯދުމުގެ މަސައްކަތް ފުލުހުން ހުއްޓުމެއްނެތި ކުރަމުންދާއިރު ކޮވިޑް ވެކްސިން އުފެއްދުމަށް ރާމާމަކުނުގެ ޑިމާންޑު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ރިޕޯޓުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަދީފް

    ހެހެހެހެހެ.ފޮޓޯގަ އިން މަކުނު ހާދަ ސަޅިއޭ.ލޮލް

  2. އަސްލަމް

    އޭތި މިވަގުތުވީ ރާއްޖޭގެ އަތޮޅުތެރޭ ރަށެއްގައި.

  3. އެޅައި

    ރާއްޖޭގަ ރައްޔިތުން މަޖިޅިހުގަ ރައީސަކަށް އެބައުޅޭ ތިކަހަލ އެއްޗެއް ....ބަލަންވީނު!! އޭތިތޯ!!!

  4. ބޫސްޓަރ ޑޯޒް

    ތީ ވ. ބުއްދިވެރި މަކުނެއް.

  5. ދުމައިން

    ދެންއަނެއްކާ އަނެއް ކަންތަށް. ތި މަކުނު ވަކި ކުރާނެ ގޮތެއް އަހަރެެމެންނަކަށް ނޭގެ. ތީގެ ސަބަބުން އަނެއްކާ އަނެއް ވައިރަހެއް އުފެދިފެތުރިގަންނަންވީ. ކުއްވެރިވަނީ ޗައިނާ، އީރާނު ، ރަޝިއާ ފަލަސްތީނު ކަހަލަ ގައުމެއް. މިގައުމުގެ ފޮރިން މިނިސްޓަރަކަށް ތިޔަ އެތި ވެސް އައިސްދާނެ ދޯ ދުވަސްގަނޑަކަށް ފަހު. ހަމަ ވެދާނެ ދޯ؟

  6. Anonymous

    ސަޅި. ފެނިއްޖެއްޔާ ވަކިވާނެބާ؟