އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދިމާވާ ގޮންޖެހުންތަކަށް ޖަރުމަނުން އެއްބާރުލުން ދިނުމަށް އިންޑިއާ އިން އެދިއްޖެއެވެ.

އިންޑިއާ އިން އެގޮތަށް އެދުނީ އިންޑޯ-ޕެސިފިކް ސަރަޙައްދުގައި އިންޑިއާ އާ ޔޫރަޕްގެ ބައިވެރިންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ޝައުގުވެރިކަން އިތުރުވަމުންދާތީ އެކަމަށް މަރުޙަބާ ކިޔުމުގެ ގޮތުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ދެއްކެވި ވާހަކަތަކުގެ ތެރެއިންނެވެ.

ފޮރިން ސެކްރެޓަރީ ވިދާޅުވީ، ނިއުދިއްލީއާއި ބާރލިންއިން އިންޑޯ-ޕެސިފިކް ސަރަޙައްދުގައި އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި "މަލްޓިލޭޓަރަލިޒަ" އާއި "ރޫލް އޮފް ލޯ މެޗް" ހަރުދަނާކުރުން ހިމެނޭކަމަށެވެ.

އަދި ކަނޑުގެ ސަރަހައްދުގައި ކުރިމަތިވާ ސަލާމަތީ ގޮންޖެހުންތަކާ ދެކޮޅަށް ދެ ގައުމުން ގުޅިގެން ކުރެވޭ މަސައްކަތުން މި ސަރަޙައްދުގެ ސަލާމަތީ މައްސަލަތައް ހައްލުކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ ގާނޫނުތަކުގެ މައްޗަށް ބިނާވެފައިވާ މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ޖަރުމަނުގައި އާ ކޯލިޝަން ސަރުކާރުން ދޭ އަހައްމިއްޔަތު ކަން އުފަލާއެކު ފާހަގަކުރާކަމަށް ފޮރިން ސެކްރެޓަރީ ވިދާޅުވިއެވެ.

ވާޗުއަލްކޮށް ބޭއްވި މި މަހާސިންތާގައި ޝްރިންގްލާ ދެއްކެވި ވާހަކަފުޅުގައި ދެގައުމުގެ ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމުގައި އިންޑިއާއިން ޖަރުމަނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވިދާނެކަން ފާހަގަކުރައްވާފައި ވެއެވެ.

މި ގުޅުން އިތުރަށް ބަދަހިކުރެވޭނީ ގަވާއިދުން މައުލޫމާތު ބަދަލުކުރުމާއި، އެއްގައުމު އަނެއް ގައުމަށް "ކެޕޭސިޓީ ބިލްޑް" ކުރުމުގެ މަސައްކަތްތަކާއި، "ބެސްޓް ޕްރެކްޓިސް" ހިއްސާކުރުމާއި، ’"ލްޓިލޭޓަރަލް ފޯރަމް"ގައި އެއްގައުމުން އަނެއް ގައުމަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެއްބާރުލުން ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝްރިންގްލާ ވިދާޅުވީ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ގައުމުތަކުގެ ހިއްސާއެއް އޮންނަން ޖެހޭއިރު މި ސަރަހައްދުން ބޭރުގައިވާ ގައުމުތައް ވެސް މި ހިއްސާގައި ހިމެނޭ ގޮތަށް، ހުރިހާ ގައުމަކުން ވެސް މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށް ގަބޫލުކުރަށްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އިންޑިޔާކަނޑުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއްވެސް ހައްޤަކާނުލައި އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުން. އެންމެ ފުރަތަމަ ޖަރުމަނުން ސަރުކާރުން އެމީހުންނަށް އަންގާ ރާއްޖެއިން ފައިބަން

    15
  2. ވވވވ

    އިންޑިޔާ ކަނޑު މިނަމަކީ ހަމައެކަނި ރަމްޒީ ނަމެއް. އެއީ އިންޑިޔާގެ އެކަނި ހަރުމުދަލެއްނޫން ޔޫރަޕާއި ޑީލް ހަދާކަށް.