މި އަހަރު ހިފާ ދެވަނަ އިރުކޭތަ މާދަމާ ހެނދުނު ހިފާނެއެވެ.

މި އިރުކޭތަ ހިފަނީ ރާއްޖެ ގަޑިން 6:48 ހާއިރުއެވެ. އެހެންނަމަވެސް، މި އިރުކޭތަ ރާއްޖެއަށް ފެންނާނެ ކަމަށް ނުބެލެވެއެވެ.

މި އިރުކޭތަ ފެންނާނެކަމަށް ބެލެވެނީ އޮސްޓްރޭލިއާ އަށާއި ޕެސިފިކް ކަނޑާއި އިންޑިޔާ ކަނޑުގެ ބައެއް ސަރަޙައްދުތަކަކަށެވެ.

މި އިރުކޭތަ ބޮޑަށް ފެންނާނެކަމަށް ބެލެވެނީ އެންޓާޓިކާއަށް ނަމަވެސް އަންނަ މަސް ތެރޭ ހިފާނެ ކަމަށް ބެލެވޭ އިރުކޭތަ ބޮޑު ސަރަހައްދަކަށް ފެންނާނެއެވެ. އެގޮތުން ޔޫރަޕާއި އޭޝިއާ ސަރަހައްދުގައި މި އިރުކޭތަ ފެންނާނެކަމަށް ބެެލެވެއެވެ.

މިއީ މި އަހަރު ހިފާ ދެ ވަނަ އިރުކޭތައެވެ. ފުރަތަމަ އިރުކޭތަ ހިފާފައި ވަނީ މިދިޔަ ފެބްރުއަރީމަހުގެ 15 ވަނަ ދުވަހުއެވެ. ދެން އަންނަ އޮގަސްޓްމަހުގެ 11 ވަނަ ދުވަހުވެސް އިރުކޭތައެއް ހިފާނެއެވެ.

އިރުކޭތަ އަކީ ދުނިޔެ އާއި އިރާއި ދެމެދަށް ހަނދު ހުރަސްކުރާ ވަގުތު އެޅޭ ހިޔަނީގެ ސަބަބުން އަނދިރިވާ އަނދިރިވުމެވެ.