ހައިޓީއަށް 5.3 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމެއްގައި ދެ މީހަކު މަރުވެ، އެތައް ގެއެއް ސުންނާފަތިވެއްޖެއެވެ.

އޭއެފްޕީގެ ރިޕޯޓްތައް ބުނާގޮތުގައި، އެކަކު މަރުވެފައި ވަނީ ވެރިރަށް ޕޯޓް-އައު-ޕްރިންސްގެ ހުޅަނގުން 130 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަ އައްސޭރިފަށުގެ އަވަށެއް ކަމަށްވާ އަންސޭ-އަ-ވެއާއުގައި، ފާރެއް ވެއްޓިގެންނެވެ. ދެވަނަ މީހާ މަރުވެފައި ވަނީ ދެކުނުން 20 ކިލޯމީޓަރު ދުރުގައި އޮންނަ ފޮންޑްސް-ޑެސް-ނެގްރެސްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުންނެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ އަންހެނަކާއި ފިރިހެެނެކެވެ. އެ މީހުންގެ އުމުރުން ހާމަކޮށްފައި ވެއެވެ. މި ހާދިސާގައި 50 ވަރަކަށް މީހުންނަށް އެކި ވަރުގެ އަނިޔާތައް ވި ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ބިންހެލުމުގައި ނިޕްސް ޑިސްޓްރިކްޓްގައި 200 އެއްހާ ގެ ސުންނާފަތިވެ، 600 އެއްހާ ގެއަށް އެކިވަރުގެ ގެއްލުންތައް ލިބިފައި ވެއެވެ.

މި ބިންހެލުމަށް ފަހު އާފްޓާ ޝޮކްތައްވެސް އައިކަމަށް ރިޕޯޓްކޮށްފައި ވެއެވެ. އަދި ބިންހެލުމުގެ ކޮންމެވެސް ވަރެއްގެ އަސަރު މައި ސިޓީއަށްވެސް ކުރި ކަމަށް ބުނާއިރު، އޭގެ ފަހުން ބާރުމިނުގައި އާފްޓާޝޮކްތައް އައި ކަމަށް ބުނެފައި ވެއެވެ.

ހައިޓީއަކީ މީގެ ކުރިން ބިންހެލުންތަކެއް އައިސް ގެއްލުންތަކެއް ލިބިފައިވާ ގައުމެކެވެ. އެގޮތުން އެ ގައުމަށް 2010 ވަނަ އަހަރު އައި 7.2 މެގްނިޓިއުޑް ބާރުމިނުގެ ބިންހެލުމެއްގައި 2،200 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބައެއްގެ ގެދޮރު ސުންނާފަތިވިއެވެ.