ތޫފާން ރާއީގެ ސަބަބުން ފިލިޕީންސްގެ 1.5 މިލިއަން ގެދޮރު ސުންނާފަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައިއެފްއާރްސީ) އިން ބުނާ ގޮތުގައި ސުޕަ ޓައިފޫން ރާއީ މިދިޔަ ޑިސެމްބަރު މަހު ފިލިޕީންސްގެ އެކި ހިސާބުތަކަށް އެރުމުގެ ސަބަބުން އެގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެގޮތުން، އެ ތޫފާނުގައި 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އައިއެފްއާރްސީން ބުނެއެވެ.

އައިއެފްއާރުސީން މިއަދު ނެރުނު އަޕްޑޭޓެއްގައި ބުނެފައިވަނީ، އައިއެފްއާރުސީގެ އެސެސްމަންޓްތަކުން މި ތޫފާނުގެ ސަބަބުން 1.5 މިލިއަން ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ދައްކާ ކަމަށެވެ.

ރާއީ އަކީ ގަޑިއަކު 193 ކިލޯމީޓަރު (ގަޑިއަކު 120 މޭލު) ބާރުމިނުގައި ވައިޖެހުނު ތޫފާނެކެވެ. މި ތޫފާނަށް ފަހު، ބިންގަނޑު ކަނޑައިގެން ގޮސް އެތައް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. އަދި އެތައް ހާސް އިމާރާތް ވަނީ ބިމާ ހަމަވެފައެވެ.

ތިން ސަތޭކަ އަށްވުރެ ގިނަ މީހުން ތޫފާނުގައި ވަނީ މަރުވެފައެވެ.

ސިއަރްގޯގެ ޕްރޮވިންޝަލް ސަރުކާރުން ބުނީ، ސްކޫލްތަކާއި ޓައުން ހޯލްތައް ހިމެނޭ ގޮތަށް އެ ރަށުގައި ހުރި އިމާރާތްތަކުގެ 90 އިންސައްތައަށް ވުރެ ގިނަ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އައިއެފްއާރުސީން ބުނީ 24 މަސް ދުވަހުގެ ތެރޭގައި 400،000 އަށް ވުރެ ގިނަ މީހުންނަށް އެހީތެރިވުމަށް 22 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ފައިސާ ބޭނުންވާ ކަމަށެވެ.

ބައިނަލްއަގުވާމީ އެހީދޭ ޖަމްއިއްޔާއިން ބުނީ އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ ރައްކާތެރި ހިޔާތައް އަލުން ބިނާކުރުމުގެ އިތުރުން، ގެދޮރު ގެއްލުނު އާއިލާތަކަށް ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފޯރުކޮށްދިނުމާއި، ފާހަނާ ސެޓްތަކުން ފެށިގެން ނިދާ ކިޓާއި ފޭރާން ފަދަ ސާމާނު ފޯރުކޮށްދިނުން ކަމަށެވެ.

ތޫފާން ރާއީއަށް ފަހު ފިލިޕީންސް ރެޑް ކްރޮސް އިން ވަނީ އިމަޖެންސީ ބޯހިޔާވަހިކަން ދީގެން 36،000 މީހުންނަށް އެހީފޯރުކޮށްދީ، ވަގުތީ ހިޔާތައް ބިނާކުރުމަށް ކޮންސްޓްރަކްޝަން ސާމާނާއި ތާރުއަޅާ ސާމާނު ވެސް ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސައިނާ

    މިޔަނަން ކިޔާ އެއްޗެއް ކުރީގެ ހަރުރާފިޔާ ހުރި ބިމުގައި ހަދާފައިވާ ބަކަރި ކޮއްޓެއްގައިވެސް އުޅޭ ކަމަށް ވަނީ!