ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަން ޗައިނާއަކަށް ނެތްކަމަށް އެމެރިކާ އިން ބުނެފިއެވެ.

އެމެރިކާގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ އޯޝަންސް، ފިޝަރީޒް އެންޑް ޕޯލަރ އެފެއާޒް އަރްވިސް ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ކުރަމުންދާ ތުހުމަތުތަކަށް ގާނޫނީ އެއްވެސް އަސާސެއް ޗައިނާއިން ފޯރުކޮށްދެވިފައި ނުވާކަމަށެވެ.

ދެކުނު ޗައިނާ ކަނޑުގެ ބޮޑު ބައެއް ޗައިނާއިން މިލްކުވެރިކަމަށް ބުނުމަކީ 1982 ވަނަ އަހަރު އެކުލަވާލި ކަނޑުގެ މުއާހަދާގެ ގާނޫނާ ފުށުއަރާ ކަމެއް ކަމަށް އެމެރިކާގެ ޚާރިޖިއްޔާއިން ބުނެއެވެ.

ސްޕުޓްނިކްއާ ހަވާލާދީ ކޮންސްޓެންސް އަރްވިސް ވިދާޅުވީ އެމެރިކާއިން ތަކުރާރުކޮށް ބުނަމުން ދަނީ ޗައިނާއިން އެގައުމުގެ މެރިޓައިމް ކްލެއިމްތަކަށް އެއްބާރުލުން ދިނުމަށް ގާނޫނީ އެއްވެސް އަސާސެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

އަރްވިސް ވިދާޅުވީ، އެމެރިކާއިން އަދިވެސް ޗައިނާއަށް ގޮވާލަމުންދަނީ، މަޖުބޫރުކުރުމުގެ ހަރަކާތްތައް ހުއްޓާލުމަށް ކަމަށެވެ. އަދި ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ދައްކާ ވާހަކަތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގައި އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވެސް ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ ވަނީ ވިދާޅުވެފަ އެވެ.

ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންގެ ހުކުމުގައި ޗައިނާގެ މެރިޓައިމް ކްލެއިމްތަކަށް ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށް ބުނެފައިވީ ނަމަވެސް، ސްޕްރިޓްލީ އާކިޕެލަގޯއަކީ އެ ގައުމުގެ ސަރަހައްދެއް ކަމަށް ޗައިނާއިން ދެކެއެވެ.

އާދީއްތަ ދުވަހު އެމެރިކާގެ މަތިންދާ ބޯޓް އުފުލާ މަނަވަރުތައް ދެކުނު ޗައިނާގެ ކަނޑުގެ ސަރަހައްދުތަކަށް ވަދެފައިމިވަނީ ޗައިނާއާއި ޓައިވާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ނޭވީ ކެރިއަރ ސްޓްރައިކް ގްރޫޕްތައް ކަމަށްވާ ކާލް ވިންސަން އާއި އަބްރަހަމް ލިންކޮން ގުޅިގެން މެރިޓައިމް އިންޓަރގްރޭޓެޑް އެޓް ސީ އޮޕަރޭޝަންސް ހަރުދަނާކުރުމާއި، ހަނގުރާމައިގެ ތައްޔާރީޙާލަތުގައި ތިބުމުގެ މަޤްޞަދުގައި އޮޕަރޭޝަންތައް ހިންގާނެކަމަށް އެމެރިކާގެ ނޭވީ ކެރިއަރ ސްޓްރައިކް ގްރޫޕްސްއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަހަރިީ

    އެމެރިކާއަށް ހުރިހާ ބިމަކާއި ތަނެއްދީ.، ނުލިބިއްޖެޔާ ބޮންއަޅާވެސް ހޯދާނެ

    19
    2
    • ސޭކް

      ޗައިނާއަކާއި ނުކުޅެވޭނެެ. ޜަޝިޔާ ޗައިނާ އެކައްޗަކަށްވެ ތަޅައި ތިރރި އަރުވާލާނެ.
      އެމެރިކާ ހަނގުރާމައެއް ފަށާއިރަށް އިރާނާއި ހިޒްބުލާ އިިން އިޒްރޭލަށް ހަމަލަދޭނެ.

  2. ތުއްތުނާ

    އެކަނޑުގެމިލްކުވެރިކަންވެސް އެމެރިކާއަށްދޯ ؟؟ ދުނިޔޭގެމިލްކުވެރިކަންވެސް އެމެރިކާއަށް؟

    19
    2