2035 ވަނަ އަހަރު އަންނަންވާ އިރަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އަމާޒުތައް ހާސިލްކޮށް، ގައުމުގެ އިގްތިސާދު ދެގުނައަށް އިތުރުކޮށްލުމަށް ކުދިން އުފަންވާ މިންވަރު އިތުރުކުރަން ޖެހެއެވެ.

އެ އަމާޒަށް ވާސިލުވުމަށްޓަކައި ބެއިޖިންއިން ދަނީ ލޯކަލް އެޑްމިނިސްޓްރޭޝަންތަކާއި ވިޔަފާރިތައް ކޯރަލް ކުރަމުންނެވެ. އަދި ތުއްތު ކުދިންގެ ނިސްބަތް އިތުރުކުރުމަށް ދަރިން ހޯދުމަށް ބާރުއެޅުމުގެ ގޮތުން މޯގޭޖްތަކުން ޑިސްކައުންޓް ދިނުމާއި، ދަރިން ތިބޭ މީހުންނަށް މުސާރަ ހިނގާގޮތަށް ޗުއްޓީ ދިނުމާއި، ބޭބީ ބޯނަސް ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިދިޔަ މެއި މަހުން ފެށިގެން ޗައިނާ އިން ވަނީ އާއިލާ ރޭވުމުގެ ހަރުކަށި ސިޔާސަތުތަކަށް ލުއިދީ، ތިން ދަރިން ލިބުމުގެ ހުއްދަ އާއިލާތަކަށް ދޭން ފަށައިފައެވެ.

ބެއިޖިންގައި ދަނޑުވެރިކަމާއި ޓެކްނޮލޮޖީގެ މަސައްކަތް ކުރާ ކުންފުންޏެއް ކަމަށްވާ ޑާބިނޮންގް ގްރޫޕަކީ ޗައިނާގައި ކުދިން އުފަންވާ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ. އެ ކުންފުނިން ދަނީ އަލަށް ދަރިން ލިބޭ ދެމަފިރިންނަށް އިނާޔާތްތައް ދެމުންނެވެ. އެގޮތުން، 90،000 ޔުއާން (14،100 އެމެރިކާ ޑޮލަރު) އާ ހަމައަށް ނަގުދު ފައިސާ އާއި، އާ މައިންނަށް 12 މަސް ދުވަހުގެ ޗުއްޓީއެއް އަދި ބައްޕައިންނަށް ނުވަ ދުވަހުގެ ޗުއްޓީއެއް ދެއެވެ.

ޗައިނާގެ ގާނޫނުގައި ބުނާގޮތުން ވިހެއުމާ ގުޅިގެން 98 ދުވަހުގެ ޗުއްޓީއެއް އަންހެން މީހާއަށް ލިބެއެވެ. ނަމަވެސް، ފިރިހެން މީހާއަށް ޗުއްޓީއެއް ކަނޑައެޅިފައެއް ނުވެއެވެ.

މިދިޔަ ޑިސެމްބަރު މަހު ޖިލިން އިން ވަނީ ކައިވެނިކޮށް، ދަރިއަކު ހޯދުމަށް ވިސްނަމުންދާ ދެމަފިރިންނަށް 200،000 ޔުއާން (31،500 ޑޮލަރު) އާ ހަމައަށް ލޯނު ދޭން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު