އަންހެނުންނާއި، ކުޑަކުދިންގެ ހައްގުތައް ނެގެހެއްޓުމަށް އދއިން ތާލިބާނުންނަށް ގޮވާލައިފިއެވެ.

އަންހެނުންނާއި ކުޑަކުދިންގެ އަސާސީ އިންސާނީ ހައްގުތައް ތާލިބާނުން ދަމަހައްޓަން ޖެހޭ ކަމަށް ބުނެ، އަދ އިން ވަނީ ކާބޯތަކެތި ގަތުމަށް އާއިލާތަކުން ކުޑަކުދިންނާއި، ކިޑްނީ ވިއްކާލުން ހުއްޓުވުމަށް ހިފަހައްޓާފައިވާ އަފްޣާނިސްތާނުގެ ފައިސާތައް ދޫކޮށްލުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ އިންސާނީ އެހީގެ ހާލަތު ގޯސްވަމުންދާ މި ދަނޑިވަޅުގައި، ފަގީރު އެތައް މިލިއަން ރައްޔިތުންނެއް އަފްޣާނިސްތާނުގައި ދިރިތިބުމަށް ހަނގުރާމަކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ތާލިބާނުންނަށް އިލްތިމާސް ކުރަނީ ހުރިހާ އަންހެނުންނާއި، ކުޑަކުދިންގެ ހައްގުތައް ނަގަހައްޓައިދިނުމަށް،"އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ގުޓަރޭސް ވިދާޅުވިއެވެ. އަދި އަންހެން އެކްޓިވިސްޓުން ތަކެއް ހައްޔަރުކޮށް، ބަންދުކޮށްފައިވާ ކަމުގެ ރިޕޯޓްތައް ލިބެމުންދާތީ، އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި، އެމީހުން ދޫކޮށްލުމަށް އެދިފައިވެއެވެ.

ވޯލްޑް ބޭންކާއި، އެމެރިކާ ސަރުކާރުން ފްރީޒްކޮށްފައި ހުރި އެހީގެ ފައިސާ ދޫކޮށް، އަފްޣާނިސްތާނުގެ ރައްޔިތުންނަށް އެހީތެރިވުން އިތުރުކުރުމަށް އދއިން އެދިފައިވެއެވެ.

މިދިޔަ އަހަރު އަފްޣާނިސްތާނުގެ ކޮންޓްރޯލް ތާލިބާނުންގެ ޖަމާއަތުން ހޯދާފައިވާއިރު އެގައުމުގެ ސަރުކާރުގެ މިލްކުވެރިކަމުގައި އެހެން ގައުމުތަކުގެ ބޭންކުތަކުގައި ހުރި ފައިސާގެ ތެރެއިން އެމެރިކާއިން ފްރީޒް ކޮށްފައިވާ ދިހަ ބިލިއަން ޑޮލަރު ހޯދުމަށް ތާލިބާނުން މަސައްކަތް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.