ޗައިނާގެ އެންމެ ބޮޑު ތެޔޮ ކުންފުނި ކަމަށްވާ ސިނޮޕެކް އިން ގާތްގަނޑަކަށް 100 މިލިއަން ޓަނުގެ ތެލާއި ގޭހުގެ ރިޒާވެއް ހޯދައިފިކަން އިއުލާން ކޮށްފިއެވެ.

ޗައިނާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ތެލުގެ ރިޒާވު ފެނިފައި ވަނީ ޗައިނާގެ ޓަރިމް ބޭސިން ސަރަހައްދުންނެވެ.

ސިނޮޕެކްސް އިން ބުނާ ގޮތުގައި މިހާރު ލަފާ ކުރެވޭ ގޮތުގައި އެކުންފުނިން ލަފާކުރާ ގޮތުގައި އެކުންފުނީގެ ޓަރިމް ބޭސިން ރިޒާވްގައި މިހާރު 88 މިލިއަން ޓަނުގެ ތެލާއި 290 ބިލިއަން ކިއުމިޓް މީޓަރުގެ ގުދުރަތީ ގޭސް ހުންނާނެ ކަމަށް ލަފާކުރެވެއެވެ. އަލަށް ފެނުނު ތެޔޮ ވަޅާއިއެކު ޗައިނާ އަށް ހަކަތައިގެ ޔަގީންކަން އިތުރަށް ލިބިގެން ދާނެ ކަމަށް ވެސް މީޑިއާތަކުން ބުނެއެވެ.

ސޮނޮފެކްސް އިން ބުނާ ގޮތުގައި އެންމެ ފަހުން ތެޔޮ ފެނުނު ސަރަހައްދުން ތެޔޮ ހޯދުމަށް ގިނަ، އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. އެއީ އެސަރަހައްދުގެ ބިންގަނޑު އޮތްގޮތުންނާއި އަދި ބިމު އަޑީގެ ހާލަތު ވެސް އޮތް ގޮތުންނެވެ.

ޓަރިމް ބޭސިން އިން ތެޔޮ ފެނުނު ނަމަވެސް އެވްރެޖް ގޮތެއްގައި ތެޔޮ ހުރީ 7300 މީޓަރު އަޑީގައި ކަމަށް ޗައިނާ އިން ބުނެއެވެ.

ޗައިނާގައި ތެލުގެ ވިޔަފާރި ކުރާ އެންމެ ބޮޑު ކުންފުނި ކަމަށްވާ ސިނޮޕެކްގެ އުތުރު ބްރާންޗްގައި އެކަނި ވެސް 1.67 ބިލިއަން ޓަނުގެ ސާފުނުކުރާ ތެލާއި 94.58 ބިލިއަން ކިއުބިކް މީޓަރުގެ ގުދުރަތީ ގޭސް ހުންނާނެ ކަމަށް ލަފާ ކުރެވެއެވެ.

ޗައިނާ އަކީ މުޅި ދުނިޔެ އަށް ބަލާއިރު އެމެރިކާ ފިޔަވައި ދެން އެންމެ ގިނަ އަދަދަކަށް ތެޔޮ ބޭނުން ކުރާ ގައުމެވެ. ޗައިނާގެ އިގްތިސޯދު ކުރިއަރަމުންދާ ނިސްބަތައް ބަލާއިރު ކުރިއަށް އޮތް އަހަރުތަކުގައި އެންމެ ގިނައިން ތެޔޮ ބޭނުން ކުރާ ގައުމަކަށް ޗައިނާ ވެގެން ދާނެ ކަމަށް ތަޖުރިބާކާރުން ލަފާ ކުރެއެވެ.

ތެޔޮ ހޯދަން ޗައިނާ އިން ކުރާ އިންވެސްޓްމަންޓްތައް ގިނަ ނަމަވެސް ޗައިނާ އަކީ މިހާރު އިއާދަ ކުރުވަނިވި ހަކަތައަށް އެންމެ ބޮޑަށް އިންވެސްޓް ކުރަމުން އަންނަ އެއްގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރެފްރީ

    ތިކަމާދެކޮޅަށް އެމެރިކާތެދުވާނެކަމަށްފެނޭ އަދި އެކުވެރިކުދިންކޮޅެެއްގޮވައިގެން ޗައިނާއަށް ބިރުދައްކަންވެސްއުޅޭނެ ..

    13
    4
  2. ޒިންދާބާދު

    ޗައިނާ ޒިންދާބާދު އިންޑިއާ އައުޓް ޗައިނާ ޒިންދާބާދު އިންޑިއާ އައުޓް ޗައިނާ ޒިންދާބާދު އިންޑިއާ އައުޓް ޗައިނާ ޒިންދާބާދު އިންޑިއާ އައުޓް ޗައިނާ ޒިންދާބާދު އިންޑިއާ އައުޓް ޗައިނާ ޒިންދާބާދު އިންޑިއާ އައުޓް ޗައިނާ ޒިންދާބާދު އިންޑިއާ އައުޓް ޗައިނާ ޒިންދާބާދު އިންޑިއާ އައުޓް ޗައިނާ ޒިންދާބާދު އިންޑިއާ އައުޓް ޗައިނާ ޒިންދާބާދު އިންޑިއާ އައުޓް ޗައިނާ ޒިންދާބާދު އިންޑިއާ އައުޓް ޗައިނާ ޒިންދާބާދު އިންޑިއާ އައުޓް ޗައިނާ ޒިންދާބާދު އިންޑިއާ އައުޓް ޗައިނާ ޒިންދާބާދު އިންޑިއާ އައުޓް ޗައިނާ ޒިންދާބާދު އިންޑިއާ އައުޓް ޗައިނާ ޒިންދާބާދު އިންޑިއާ އައުޓް ޗައިނާ ޒިންދާބާދު އިންޑިއާ އައުޓް ޗައިނާ ޒިންދާބާދު އިންޑިއާ އައުޓް ޗައިނާ ޒިންދާބާދު އިންޑިއާ އައުޓް ޗައިނާ ޒިންދާބާދު އިންޑިއާ އައުޓް ޗައިނާ ޒިންދާބާދު އިންޑިއާ އައުޓް

    13
    4
  3. ހޭބުއްދި

    އަދިވެސް މިތިބި ގަމާރުންތައް އިންޑިޔާ ވަރުބައެއްނެތިގެން ޗައިނާއައް އެއްޗިހި ގޮވައި އެމީހުންރުޅިއަރުވައި މަކަރުވެރި އިންޑިޔާފަހަތުން ދުވާނެ. ނޭގެ ހަމަ މިމީހުން އެބައިމީހުން ދެކެމިވާ ލޯތްބެއް.

    18
    4