ތައިލެންޑުގެ ތަމް ލުއާން ހޮހޮޅައިގައި ތާށިވެފައިތިބި ކުދިން ސަލާމަތް ކޮށް ނިމުމާއެކު ވަގުތުން ހޮހޮޅައިގައި ފެންބޮޑުވި ކަމަށް ތައިލޭންޑްގައި މިކުދިން ސަލާމަތް ކުރުމަށް ހަރަކާތްތެރިވި އޮފިޝަލުން ވިދާޅުވެއްޖެއެވެ.

މިކުދިން ސަލާމަތް ކުރުމަށް ކުރިއަށް ގެންދިޔަ ބޮޑު އޮޕަރޭޝަންގައި އާއްމު ފަރުދުންގެ ހައިސިއްޔަރުން ބައިވެރިވި އަދި އެކަމުގެ އިންޗާޖް ކަމުގައި ހުންނެވި ތައިލޭންޑްގެ ޗައިން ރައިންގް ޕްރަވިންސްގެ އެކްޓިން ގަވަރނަރ ބުނެފައިވަނީ ހޮހޮޅައިގައި ތާށިވި ހުރިހާ ކުދިން ސަލާމަތް ކުރުމަށްފަހު އެންމެ ފަހަށް އިން ކޯޗު ނެރުނު ތަނާހެން ހޮހޮޅައިގައި އަނެއްކާވެސް ފެންބޮޑުވި ކަމަށެވެ.

ގަވަރުނަރ ބުނެފައިވަނީ އެދުވަހު ހޮހޮޅަ ހުރި ސަރަހައްދަށް ވަރަށް ބޯކޮށް ވާރޭ ވެހުނު ކަމަށާއި ނަމަވެސް މިވާރޭގެ ސަބަބުން ހޮހޮޅައިގައި ފެންބޮޑު ނުވެ ހުރީ ފެންހިންދާ މެޝިންތަކުގެ ސަބަބުން ކަމަށެވެ. އަދި ކޯޗް ހަމަ ސަލާމަތްކުރި ހިސާބުން މި ޕަންޕުތައް ހަލާކުވި ކަމަށާއި އަދި ހޮހޮޅައިގައި ފެންބޮޑުވި ކަމަށެވެ.

ގަވަރުނަރ ބުނެފައިވަނީ ވަގުތުން މުޅި ސަރަހައްދު ހުސްކުރަން ޖެހުނު ކަމަށާއި އަދި ބައެއް ސާމާނުތައްވެސް ހޮހޮޅައިގައި ބަހައްޓާފައި އަންނަން ޖެހުނު ކަމަށެވެ. މިގޮތުން 300 ޑައިވް ކުރުމަށް ގެންގުޅޭ އޮކްސިޖަން ޓޭންކް ހޮހޮޅައަށް ދޫކުރަން ޖެހުނު ކަމަށް ބުނެފައިވެއެވެ.

ގަވަރުނަރ އިތުރަށް ބުނެފައިވަނީ މިކުދިން އަވަހަށް ސަލާމަތް ކުރުވުމަކީ ނަސީބެއް ކަމަށާއި ނޫން ނަމަ މިކުދިންނަށް މިހާރު ފަތާފައި އައި ދުރުމިނުގެ ދެ ގުނަ ދުރަށް ފަތަން ޖެހޭނެ ކަމަށެވެ، އަދި މިކުދިންގެ ހާލަތަށް ބަލައި މިއީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ގަވަރުނަރ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ފާރިޝް

  ޢަލްޙަމްދުލިއްލާހި

 2. މަރުހަބާ

  ތީ ވަރުގަދަ ހޮހޮލެއްދޯ! ފަލަސްތީނު ގައި ބަޔަކު މަރާ ހުސްކުރާއިރުވެސް މިވަރަކައް ބަކަކު މީހުން ނޫލޭ

 3. ހައިދަރު

  އަލްހަމްދުލިއްﷲ

 4. މަރީ

  އަލްހަމްދުލިއްލާހި